އދ.ކުނބުރުދޫގައި ބުޅަލެއްގެ ސިޒޭރިއަން ހަދައިފިއެވެ.

ސިޒޭރިއަން ހަދައިގެން ވިއްސާފައި ވަނީ އެރަށު، ޑޮކްޓަރު ގެންގުޅޭ ބުޅާ ކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

މިކަމާ ގުޅިގެން އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެރަށު ޑޮކްޓަރު ގެންގުޅޭ ބުޅަލުގެ ބަނޑުތެރޭގައި އޮތް ތިން ބުޅަލުގެ ތެރެއިން އެއް ބުޅާ މަރުވުމުން، އަނެއް ދެ ބުޅާ ސަލާމަތް ކުރުމުގެ ގޮތުން، އެ ބުޅާ ސިޒޭރިއަން ހެދުމަށް ބޭނުންވާ ބޭހާއި އިންޖެންޝަން އަދި އެ އަތޮޅު މަހިބަދޫގައި މަސައްކަތް ކުރާ އަންހެނުންގެ ޚާއްޞަ ޑޮކްޓަރު މިއަދު އެ ރަށަށް ގޮސް ކުނބުރުދޫ ޑޮކްޓަރު ދިރިއުޅޭ ގޭގައި އެކަން ކޮށްފައިވާ ކަމަށެވެ. އަދި ސިޒޭރިއަން ހަދައިގެން ސަލާމަތް ކުރި ދެ ބުޅަލުގެ ހާލުވެސް ރަނގަޅު ކަމަށް އެމީހާ މައުލޫމާތު ދިނެވެ.

"އަޅުގަނޑުމެންނަށްވެސް މިއަދު އެ ވާހަކަ އެނގުނީ. އެކަން ކުރަންވެގެން، ޑޮކްޓަރުވެސް ގެނައީ، މަހިބަދޫއިން. އެއީވެސް އިޖިޕްޓް ޑޮކްޓަރެއް. މިރަށުގަ ހުންނަނީވެސް އެ ޤައުމުގެ ޑޮކްޓަރެއް. ޑިންގީއެއް މިރަށުން ފޮނުވައިގެން ، ޑޮކްޓަރު އެރަށުން ގެނައީ." މިކަމުގެ މަޢުލޫމާތު ޙިއްޞާ ކުރަމުން އޭނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ކުނބުރުދޫ ކައުންސިލްގެ ރައީސް، އަޙުމަދު ނަސީމް ވިދާޅުވީ އެއީ އެރަށުގައި ހިނގައިގެން އުޅޭ ކަމެއް ކަމަށާއި އެކަމާ ގުޅޭ މަޢުލޫމާތު ފުލުހުންނާވެސް މިހާރު ޙިއްޞާ ކޮށްފައިވާ ކަމަށެވެ.

"މި ރަށުތެރޭގަ ވަރަށް ގަދަޔަށް އެ ވާހަކަ ދެކެވުނު މިއަދު. ދެން އެކަން ހިނގާފައިވޭތޯ އަޅުގަނޑުމެންވެސް ބެލިން. އެއީ ހިނގައިގެން އުޅޭ ކަމެއް. މަހިނބަދޫގައި ހުންނަ އަންހެނުންގެ ޙާއްޞަ ޑޮކްޓަރު އަޅުގަނޑުވެސް މިއަދު ދުށިން. ދެން އަޅުގަނޑުމެން މިހާރު ވާނީ އެކަން ފުލުހުންނާއިވެސް ޙިއްޞާކޮށްފަ. ޖަނަވާރުންނަށް އެފަދަ ކަންކަން ކުރުމާއި މެދު ކޮބައިތޯ އޮންނަ އުޞޫލުތަކަކީ އޮޅުން ފިލުވުމުގެ ގޮތުން " ރައީސް ވިދާޅުވިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުނބުރުދޫގައި ހުންނަ ޑޮކްޓަރަކީ، އެރަށު މީހަކާއި އިނދެގެން އުޅޭ މިސްރުގެ ޑޮކްޓަރެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކާފަ

    ތިދެން ބަޔަކު ޕޮލިހަށް އަންގަންޖެހޭ ކަމެއްތަ؟ ދެމައިން ސަލާމަތް ކުރެވެން އޮތް ގޮތަކަށް އެ ސަލާމަތްކުރީ.. މަރުވިނަމަވެސް ކަލޭމެން ބިނާނެ ބުޅާމަރަނީއޭ.. ޕެޓް ގެންގުޅެންޖެހޭ ގޮތަށް އެގެންގުޅެނީ.. ތިރަށުމީހުންނާއި ކައުންސިލްގަތިބި މީހުން ގޮފަޅައީ..

    22
    2
  2. އެންޖެލީނާ

    ތީގަ ކޮބާބާ މައްސަލަޔަކީ؟

    17
  3. ނަވްބެ

    ރ.ވާދޫ އަށް ފޮނުވަން ރަނގަޅުވާނެ ބޭބީ ބުޅާ ބޮޑުވީމަ....އެރަށުން މީދާ މަދުކުރަން......

    8
    5
  4. ދަންނަ ނުދަންނަ

    ފުރަތަމަ މިމަހުގެ 9 ވަނަ ދުވަހު އެއް ދެބުޅާ ވިއްސީ. ތިންވަނަ ބުޅާ ބަނޑަށްް މަރުވީ. އެ ބުޅާ ނަގަން ސިޒޭރިއަން ހެދީ. 10 ވަނަ ދުވަހު ހަވީރު.

    12
    1
  5. ރޯނު އެދުރު

    މީ ޕޮލިހަށް ހުށަހަޅަން ޖެހޭ ވަރުގެ ކަމެއްތަ؟
    ރަށްރަށު ވެރިންގެ ފެންވަރު މިފެންނަނީ

    48
    1
    • މީހާ

      ބުޅަލާ ހިނީގެ ހައްގުތައް އިންސާނުންގެ ހައްގައްވުރެ މަތިވާނެ.

      3
      6
  6. ޅޮލް

    ފުލުހުންނާ ހަމަޔަށް ދިޔައީޔޯ؟ ބުޅަލެއްގެ ފުރާނަ ސަލާމަތް ކުރިޔަސް ފުލުހުން ކޮއްޕަން ޖެހޭތެ.؟؟

    53
    1
    • ޯލޮލް

      ހާހާ

  7. މުގައްދަރު

    މިކަމުން ދޭހަވަނީ އިންސާނުންނައްވުރެ ޖަނަވާރުންވެސް ލޮބުވެތިކަން ތިޔަބުޅަލައް އޮޕުރޭސަން ކުރަން ރުފިޔާދިނީކާކުތޯ އެކަމަކު އިންސާނަކުދޭބަލަ ފުރަތަމެސް ރުފިޔާގެ ވާހަކަ ދައްކާނީ ރުފިޔާ ނުދައްކާ ހޮސްޕިޓަލުން ނުވެސްނެރޭނެ މަރުވީމަވެސް ނެރެވެނީ ރުފިޔާދައްކާފައި ބާތްކަރުތާހޭ

    11
    23
  8. Mazee

    ތީގަކޮބާ މައްސަލައެއް ސިޒޭރިއަން ހަދަން ޖެހުމުން ލަސްކުރުމަކީ ފުރާނަޔައް ގެއްލުންވާކަމެއް ބުޅަލަކަސް ހާދަ ތަދުވެސް ވާނެޔޭ ރަނގަޅުވީހީ ނުވިހާ އޮޕްރޭޝާންވެސް ކޮށްލިނަމަ

    24
  9. ބޮޑު ހަސްންބެ

    ތި ބުޅަލަށްދިންހާ އިއްޒަތާ ، ދަދަރާ، އަޅާލުން އާންމު ރައްޔިތުންނަށްވެސް ދީބަލަ. އާންމު ރައްޔިތުން ބަލިވީމަ ތިވަރަކުން ނޫޅޭ.ވަކިން ހާއްސަކޮއް ބަންގުލަދޭޝް ގެ ބޭފުޅެއް ބަލިވެގެން ގޮއްސިއްޔާ ތިބޭނީ މޫނު ހަދައިގެން. އިންސާނިއްޔަތުކަމަށް ވުރެން ޖަނަވާރިއްޔަތުކަން އިސްކުރާ ބައެއް ތީ.

    23
    1
  10. ނަން

    ޖަނަވާރަށް އަނިޔާ ކުރުން އެއީ މުސްލިމު ދިވެހިރާއްޖޭގައި އާދައިގެ ކަމެއް

    10
    4
  11. މަކިނބޫ

    އަސްލު ރާއްޖެތެރޭގަ ވެސް ވެޓް ކްލިނިކް ނޫނީ ހޮސްޕިޓަލްތައް އަޅީމަ ފަސޭހަ ވާނެ އެކަހަލަ ކުއްލި ހާލަތްތަކުގަ އަމަލު ކުރަން އަދި އެކަމަށް ހާއްސަ ޑޮކްޓަރުން ވެސް އެއިރުން ތިބޭނެ.

    22
  12. ަދސފރ

    ތިކަންވެސް ބޮޑު މައްސަލަޔަކަށް ތިހެދީ ؟
    ބުޅާ މެރުން، ބަނދެފައި ވަލުތެރެއަށް އެއްލާލުން އޯކޭ.
    ނަމަވެސް ފުރާނަ ސަލާމަތްކުރަން ކުރިކަމަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި ތިފޮނުވާލީ ފުލުހަށް.

    29
  13. ވަހީދު

    ޑޮކްޓަރުގެ ޒިންމާ ބަރާބަރަށް އަދާކޮށްފި ، ތި މައްސަލަ ބަލަން މަރު ކޮމެޓީއަށް ފޮނުވަން ފެނޭ

    21
  14. ޓިނު ވަގު

    ބައްޕަ ކަށަވަރު ކުރަންޖެހޭނެ... ފަހަރުގަ ޑޮކްޓަރގެ ޑީ.އެން.އޭ ނަގަން ޖެހިދާނެ... ދުރާލާ ރޭވިގެން ހިންގާފައިވާ ކަމެއް ތިޔައީ!!!

    6
    3
  15. ދަންނަ ނުދަންނަ

    ބަފައިންނަށް ނުދޭ ޤަދަރާ ލޯބި، ޖަނަވާރަކަށް!!!! ޑަކްޓަރުގެ އަނބި ކަނބުލެޔގެއަށް ހެޔޮ ވިސްނުން ދެއްވާ މައި މީހާއަށް ހެޔޮ ދަރިއެއް ކަމުގައި ލައްވަަށި. އާމީން

  16. ހެޔޮ ޢަމަލު

    ދީނީ ގޮތުންބަލާއިރު، އެޖަނަވާރަށް ދިމާވި މައްސަލަ އެ ބަލަހައްޓާ ފަރާތަށް އެގި އެހާލަތުގައި އެއަށް އަޅާނުލާ ދޫކޮށްގެން ނުވާނެ އަދި ކަމާއި ގުޅޭ ޑޮކްޓަރުން އެކަން ތިކުރީ އެއީ އެކަން ކުރަންވާ ގޮތް، އެއީ ސަވާބު ލިބޭނޭކަމެއް. އަދި މުހިންމު ހެޔޮ ޢަމަލެއް.

    11
  17. ވވވ

    ތިކަން ރަނގަޅު ފުރާނަ އިޒް ފުރާނަ

  18. މޯޑް

    ކަމެއްހިނގާ އިރަށް އެކަމަކާ ގުޅޭ ސާފުމައުލޫމާތު ނުހޯދާ ކިއުންތެރިންނަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތައް ނޫސްތަކުގަ މައުލޫމާތު ޖެހުމާއި ކޮމަންޓް ލިއުމަކީ ހިތާމަހުރިކަމެއް
    މައުލޫމާތު ވެސްމުޅިންރަނގަޅެއްނޫން އަދި ކޮމެންޓްތަށްވެސް މުޅިން ރަނގަޅެއްނޫން