ކާފިރުކަމުގެ މަތީގައި މަރުވެފައިވާ މީހަކަށް ހެޔޮދުއާ ކޮށްދިނުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫން ކަމަށް، ރާއްޖޭގެ މަޝްހޫރު ދީނި އިލްމުވެރިޔާ އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގާންދީގެ ހަނދާނީ ބިނާ ހުންނަ މަގްބަރާއަށް ޒިޔާރަތް ކުރައްވާ އެތަނުގައި ދުއާ ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުުމާއި ގުޅިގެން ޝެއިޚް އިލްޔާސް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގައިރު މުސްލިމުން ރުއްސަން ދީނުގައި ހުއްދަ ނޫން ކަންކަން ކުރުމަށްފަހު، ތިމަންނަ ލޯބިކުރަނީ އިސްލާމް ދީނަށޭ ބުނިކަމުގައިވިޔަސް ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.

މީގެ އިތުރުން ކިތަންމެ ގާތް މީހެއް ކަމުގގައި ވީނަމަވެސް، ކާފިރުކަމުގެ މަތީގައި މަރިވެފައިވާ މީހެއްގެ މައްޗަށް ހެޔޮދުއާ ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫންކަމަށް ޝެއިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައިސް ހިމެނޭގޮތަށް، މަޖިލީހުގެ ވަފުދެއް މިހާރު އިންޑިޔާއށް ކުރަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިން އެ ވަފްދުން ވަނީ ގާންދީގެ ހަނދާނީ ބިނާ ހުންނަ މަގްބަރާއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މަގްބަރާއަށް ޒިޔާރަތް ކުރާ މެހެމާނުންގެ ފޮތުގައި ރައީސް ނަޝީދު ވަނީ ގާންދީއާ ގުޅޭ ގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ލިޔުއްވާފައެވެ.

ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރައްވާ ދެ އަތްމައްޗަށް ނަންގަވައިގެން ރައީސް ނަޝީދު ދުއާ ކުރަންވަން ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވުމާއި އެކު، އެ ފޮޓޯތަކަށް އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ބައެއް ދީނީ އިލްމުވެރިންވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ާަާަަައަސްލު

    އެއްދުވަހު ނަސީދުމެއްނާއެކު އެނެއްދުވަހު....؟!!
    ކަލޭމެންގެ މުނާފިގު ސިފައިގެ ސަބަބުން އިތުބާރެއްނުކުރުރެވޭ ތެދެއްހެދިޔަސް...
    ތިނަސީދު ދީނައްފުރައްސާރަކުރާކިތައްކަންތައްކޮއްފި އެކަމަކު ކަލޭމެން ދީނޭކިއަފަ މޑޕ ފޫބުޑުގަ..ސުބުހާނަﷲ..

    51
    4
    • ކަންނެލިއޮޑި

      ހުއްދަ ނޫން ކަންތަކާއި އެނޫން ކަންތައް އަހަރުންނަށް ކިޔައިދޭނެ އިޚްލާޞްތެރި އިލްމުވެރިން މިގައުމުގަ އެބަތިބި. ކަލޭ ކަހަލަ މީހުން ނުޖެހޭ ކިޔައިދޭކަށް. ކަލޭމެންގެ ގްރޫޕްގަނޑު ދެކެ ދިވެހިން ރުޅިއާދޭ ނަފްރަތުކުރޭ.

      11
      1
    • ނަސީ

      މިއީ ކަންނޭނގެ އެބުނާ އެމްޑީޕީ މެންބަރުން ނަމާދުކުރާލެއް ގިނަވާގޮތް.

  2. ކާފަބޭ2019

    ޙަޤީޤަތްއެގިތިބެ ހިތުގައިވާނަފްރަތެއްގެސަބަބުން މުޅިޤައުމު މިއަނދަވަޅަށްވަޓާލުމުގައި ތިޔަޝޭޚުންގެ ދައުރުވަރަށްބޮޑު ތިޔަހެންކޮށްލާޓުވީޓަކުންނުފުދޭނެ ރައިއްޔަތުންގެފަރާތުން އާންމުހަފްލާއެއްގައި މައާފަށް އެދިވަޑައިގަންނަވާ މިއީ ގިނަރައިއްޔަތުން މިހާރުއެދޭގޮތް މައާފްއެދުމަކީރިވެތިސިފައެއް

    46
    2
  3. ފުއާދު

    ނަސީދު އަބަދުވެސް ވިދާޅުވަނީ އިލިޔާސް ހައްދަވަނީ ދޮގުކަމައް،ތިވެސް ވާނީ ދޮގު ކަމައް އެއީ ނަސީދު ދުވާކުރީ ހިންދީބަހުން ހިންދީން ކޮއް އުޅޭ ދުއާއެއް..

    24
    6
    • ފަލކާން

      ނަސީދު ގާތުއަގާބަލަ އޭނާ ކުރީ ކޮންދުއާއެއްތޯ..

  4. ނަން

    މީނަ ބުނާހާ ގޮތަކަށް ހުރިހާ އިންސާނުން ހަދަން ޖެހޭ ދޯ! ގަދަ މީހެއްތާ!

    23
    10
  5. މުހައްމަދު

    ކަލޭ އަދިވެސެއް ތިޔަހުރީ ލާދީނީ ބާއިގަނޑަށް ބައިއަތު ހިފާއިގެން.
    އެހެންކަ މުން ހިތާ މަކުރަން.
    ދީނުގާއޮތްގޮތް ބުނެދިނީތީ ޝުކުރުވެސް ކުރަން.

    39
    3
  6. Anonymous

    ހުއްދަ ނުވާނީ މުސްލިމަކަށް ތާ މުރުތައްދު ވެފަހުރިމީހާ ކުރުން މައްސަލައެއްތަ! ތިބޭޅާމެން ދުޢާ ދެއްވާނެމަށް ވިދާޅުވި ވެރި ޔާ.

    27
    1
  7. އާމިނަތު

    ކީއްކުރާނީ ހިސާބައްުވުރެ ނުބާއި ވީމާ އުޅޭނީ އެހެން

    24
  8. ާައަހުމަދު

    އޮޑި ދޯނި ފަހަރަށް ތިމާގެ ނަފްސް ވިއްކާ މީހުންގެ ހުކުމަކީ ކޮބާތޯ؟

    31
    5
    • ރައްޔިތުމީހާ

      އިލިޔާސް އަތުގަ ދޯނި އޮއްވަ ކަލެއަށް ފެނުންތަ؟ ނޫނީ ކަލޭ އިލިޔާސްއާއި އެކަމާ ވާހަކަ ދެއްކިންތ؟ ދެން ކޮބާ ކަލޭގެ ޙުކުމަކީ..؟

      3
      3
  9. ބީވާ

    ބަލަ ޔޫ އަކެނިތަ ތިކަމަށް ބާރު އަރައިގެން ތިޔަ އުޅެނީ. ކޮބައިތަ ޒައިދު، އމްރާން، އަޔާޒް މެންގެ ބަހެއް. އަޅުވެތި ވެފަދޯ.

    27
    5
  10. ނަޝީދު

    ދެން ބާރައް ފެލިފަ އަތްޖަހާ ކޮބާ ލަދު ހަޔާތް ކަލޭދައްކާ ވާހަކަ މިހާރު ކާކު ޤަބޫލް ކުރާނީ ދެން މާބަލާ ބޮޑު ކުރާނަމަ ސެޓްފިކެޓް އަތުލާނީ....

    23
    12
  11. ޒިކް

    ދެކަމެއް އޮތީ ހެޔޮ ދުޢާކަމެއް ބަދު ދުޢާކަމެއް ކިހިނެއް އެނގެނީ؟؟ ނަޝީދަކީ މީހަކަށް ހެޔޮ ދުޢާއެއް ކޮށްފާނެ މީހެއްކަމަށް ޤަބޫލުކުރެވޭތަ؟؟ އަނެއްކަމަކީ ގާންދީ މަރުވީ ކުފުރުމަތީގަ ތޯ ނޫންތޯ ވެސް އެއީ ސުވާލެއް.. އޭނާގެ އަސްލުދީނެއް އެކަކަށް ވެސް ނޭނގޭ.. ހިންދޫއެއްކަމަކަށް އޭނާ ނުބުނޭ..

    11
    25
    • ގާންދީން

      ގާންދީގެ ދީނަކީ އޭނާ ނުބުންޏަސް ހިންދޫ ދީން. އޭނަވަނީ ފާޅުގައި މަޖުބޫރުކަމެއް ނެތި ހިންދޫއިންގެ ބުދުތަކަށް އަޅުކަންކޮށްފައި. އޭނަގެ ބަޔޯގްރަފީގައިވަނީ އޭނައަކީ ހިންދޫއެއް ކަމަށް. ހިތުން އިސްލާމަކަށް ވިޔަސް އިސްލާމްދީނުގެ އަމަލީ ވާޖިބުތައް އަދާނުކުރަންޏާ މުސްލިމަކަށް ނުވާނެ. ކަލޭ ތިހުރީ ބޯގޯސްވެފައި. ދޭބަ ހިންދޫ ފާދިރީގެ ގާތަށް.

  12. އާމިނަތު

    ލިޔާކޮމެންޓް ޖަހާލަން ނުކެރެނީދޯ ވަކިކޮޅަކަށް ޖެހިފަތަ ހުންނަނީ ހެހެހެހ ތި ތިވާވަރަކީ

    11
    4
  13. އއއ

    ތިހެން ވެސް ބުނާ މީހާ ގޯސްވާނީ

    10
    4
  14. Anonymous

    ދުއާކުރުން ހުއްދަނޫންގޮތްގޮތަށް ދުއާކޮށް ދުޢާކުރުން
    ހުއްދަވާގޮތަށް ދުޢާނުކުރާ ވައްތަރުގެ ބަޔަކު ވެރިކަމަށްގެންނަން ދުއާކޮށް މަސައްކަތްކުރި ޝައިޚެއް ތިޔައީވެސް، އެއިރުވެސް ތިޝައިޚަށްއިނގޭ އެއީ ލާދީނީ ބައެއްކަންވެސް، ނަމަވެސް އަމިއްލަ އެދުން އިސްކޮށް ރިޝްވަތު އިންޖީނުދޯނިފަދަ މުދާ ލިބިފައިވުމާއި މެލޭޝިއާގަ އާއިލާގެ ދިރިއުޅުން ބިނާކުރުމަށް މަގުފަހިކުރީ ގައުމާއި ދީން ވިއްކާލާފަ ދޮތަ؟؟މިހާރުވެސްތިހިރީ މެލޭޝިޔާގައި މުސާރަ ބޮޑުކަމުން މުސާރަ ރަޖިސްޓްރީ ނުކުރެވޭ މަގާމެއްގަ ނޫންތޯ!!

    21
    2
    • ރައްޔިތުމީހާ

      ތިމާއަށް ޢިލުމުލިބިގެންނުވާ ކަންކަމާ ވާހަކަ ނުދެއްކުން ރަގަޅުވާނެ.

      2
      2
  15. ޝާން

    މީނައަކީ ނަމުގަ ޝޭހެއް. ކަމުން ސިޔާސީ ރަންޑިއެއް.

    23
    6
  16. އާމިނަތު

    ހަމަ ގައިމުވެސް މާތް ﷲ ގެ ކަލާމްފުޅު ދޮގެއް ނުކުރެވޭނެ އެކަކަށްވެސް

    36
    1
  17. Anonymous

    ކަލޭގެބަހުންވިއްޔާ ދުޢާދެއްވާފައިވާ ބޭކަލުން ވެރިކަމަށްއަރުވާފައި މިހާރުތިބީ، އެހެންވީމާ އެމީހުން ބޭނުންވާ ފަރާތްތަކަށް ދުއާ ކުރެވޭނެނޫންތޯ؟؟އަމިއްލަ އެދުމަށް ކަންނެލި ދޯންނިދީފަ ނުލިޔެވޭ މުސާރައިގެ މެލޭޝިއާގައި ދިރިއުޅުން ހަމަޖައްސަދީފަވަނީ

    21
    4
  18. ނާސިރު

    ނަޝީދާއި އިލްޔާސް އަކީ އެތައްބައެއްގެ ތާއީދު ލިބިފައިވާ ދެމީހުން އެހެން ނަމަވެސް މިއަދު އެކަކު އަނެކަކަށް ދޮގުހެދުމާއި އޮޅުވާލަނީ ކަމަށް ބުނެ އިނގިލި ދިއްކުރަނީ. ދެން މީގަ ތެދުބުނަނީ ނުވަތަ ހައްގު މަގުގައި ހުރީ ކާކުކަން ބެލޭނެ ގޮތެއް ހޯދުން ވަނީ ބޮޑުކަމަކަށްވެފަ.

    14
    2
  19. ޝާން

    މިއީ ސިޔާސީ މީހެއް. މީނަ ނަމުން ޝޭހު. އެކަމަކު މެލޭޝިއާގަ މީނަ އާއި މީނަގެ އާއިލާ ތިބެން ފަސޭހަ އަކަށް ޖޭޕީ މެދުވެރިވެގެން ޑިޕްލޮމެޓިކު އިނާޔަތް ހޯދައިގެން ލިވިން އެލަވަންސް އާއި އެހެނިހެން ހަރަދުތައް ނަގައިގެން މުސާރަ ނެތްގޮތަށޭ ކިޔާފަ މިހުންނަނީ. މީނަގެ ކަމަކީ ޤާސިމް ބޭނުންވާގޮތަށް ފަތުވާ ނެރެ ޤާސިމް އެބަޔަކަށް ނަފުރަތުކުރާމީހުންނާއި ޖައްސާލައިގެން ދީން ހަތިޔާރަކަށް ހަދައިގެންޓްވީޓް ކުރުން. މި ކޮމެންޓް ގެނެސްދޭނެ ކަމަށް އުއްމީދުކުރަން.

    21
    1
  20. ސޮމަދު

    މީނަ މީ ކާކު ކާފަރެއްކަން ނޫންކަން ކަޑައަޅާކަށް؟ އެއީ ﷲ އާއި އެމީހަކާއި ދޭތެރޭ އޮތްކަމެއް!

    13
    14
  21. ޏޒނޒބ

    ކުފުރުގެ އަހުލުވެރިންތަކެއް ވެރިކަމަށް ގެންނަން ފައިސާގެ ދަހިވެތިކަމުގަ ކަލޯ ކުރި މަސައކަތް އެއީވެސް ކަލޭ ކުފުރުގަ ބައިވެރިވުނ ކަމުގައި ބެލެވޭނެ. ޙުރިހާކަމެއް އެނގިހުރެ ފައިސާޔަށް ވިކުނު ގޮލާ

  22. ގަނޑިޔަ ހިންނަވަރު

    ދެން ކީކޭ ޗަކިޔަނީ މިހާރު

  23. ލީލާ

    ބުނެލަން ބޭނުންވަނީ ދީނީ އިލްމުވެރިންނޭ މިޤައުމު ގާދޫކޮލުން ބޭރުވަނީ އަވަހަށް ސަލާމަތް ކުރުމަށް އެހީވެދެވޭނީ ދީނީ ޢިލްމުވެރިންނަށް ދިވެހިން މިތިބީ ތިޔަބައިމީހުންގެ ފަހަތުގައި

  24. ދީން

    އިސްލާމްދީނުގައި ކީރިތި ޤުެރުއާނާއި ހަދީޠް ތަކުގައިވާ އައިސްފައިވާ ކަންކަމަކީ ވަކި މީހަކަށްވީތީ ބަޔާން ކުރެވޭ ކަންކަމެއްނޫން. އަދި އެކަން ދީނީ ޢިލްވެރިން ބަޔާން ކޮށްދިނުމަކީ އެފަހަރު މި ފަހަރު މިހެން ކިޔާ ވާހަކަ ދެއްކޭނެ ކަންކަމެއްވެސް ނޫން. ނިކަން ވިސްނާ މީހުންނަށް ޢިބުރަތެއްހުރި. ދީނުގައިވާ އެންމެހާ އިރުޝާދު ތަކާއި އެންމެހާ އިންޒާރުތަކަކީ ސީދާ ކޮންމެ އިންސާނަކަށް މަތިވާގޮތަށް އައިސް ފައި ހުރި ކަންކަން. ހޭއަރާ ބުއްދި އިސްކުރުން ހުރި. ފައިދާ ބޮޑީ އެގޮތުގައި

  25. އަބޯ

    ކޮށްގެން ނުވާނެކަމަށްކީރިތި ގުރްއާނުގާ ވަހީކުރައްވާ ފައިވާކަމެއް ނަސީދު ކުރިކަމީ މާތްﷲ ގެ އާޔަތްތަކަށް ނަސީދު އީމާންނުވެ ގޮންޖަހާކަމުގެ ދަލީލަކަށް ނުފުދޭތަ ؟އޭނަގެ ކުފުރު ކަން އަދިވެސް ސާބިތު ނުވަނީތަ؟

    7
    2
  26. ޢާސީ

    މޮޅުވާހަކަ ދައްކާނެ ކަމެއްނެއް އެކަކުވެސް ގާންދީ ޖީ އަކކ ކީ މަރުވިއިރު ކާފަރެއް ދެން ކޮންމޮޅުވާހަކައެއް އަބަދުވެސް ކޮންމެވެސް އެއްޗެކޭކިޔައިގެން އޮޅުންބޮޅުން ކޮށްލެވޭތޯ ބަލާތި...

    7
    3
  27. ޢަހްމަދު އަލީ

    މިކަހަލަ ދީނުގެ ކަންފުޅެއް ނޭނގޭ މީހުނަށް ދީނުގަ އެކި ކަންކަން އޮންނަގޮތް ޝޭޚުން ކިޔައިދިނީމާ ރުޅިގަދަވެގެން އަލުން ދީނަށް ވައްދަން ނުޖެހޭނެޔޭ ގޮވަނީ، ކީކޭ ބުނާނީ؟ ޝޭޚުން ހަމަ މިކަހަލަ މީހުނަށް ދީން ކިޔަވަދޭންޖެހޭ. ކާފަރެއްގެ މަހާނައިގަ ދުޢާ ކުރުމަކީ މުސްލިމުންނަށް ހުއްދަވެގެން ނުވާ ކަމެއްކަންވެސް ނޭނގޭ ޙާލު ވެސް މި ލާދީނީ މީހުން އުޅެނީ މާބޮޑަށް ދީން އެނގޭ ބަޔަކަށް ވެގެން. ލަދުންވެސް ބޯހަލާކު!

    1
    1
  28. އަހްމަދު

    ކުފުރު މަތީމަރުވެފައިވާ މީހެއްކަމެއް އެއްވެސް މީހަކަށް ނޭގޭނެ. މީހެއްގެ ހިތުގައިވާ އެއްޗެއް ދެނެވޮޑިގެންވާނީ ހަމައެކަނީ ހެއްދެވި ފަރާތަށް. ގާންދީވިޔަސް މައިކަލް ޖެކްސަންވިޔަސް އަހަރުމެންނަކަށް ނުނިއްމޭނެ އެއީ ކާފިރެއްކަމެއްވެސް ނޫނީ މުސްލިމެއްކަމެއްވެސް.... މީދެން ކާކުތަ މާމަމޮޅުވެގެން...މިހާރު ޑިޒައިން ކޮއްފަ ތުބުޅި ބެހެއްޓުން ހުއްދަވާނެ...މީނަ ކުރީމަ.. މިދެން ބޮޑުވަރު.،

    3
    2
  29. ލޮލްލޮލް

    ޝެއިޚަށް ކިހިނެއްބާ އިނގުނީ ނަޝީދު ކުރީ ހެޔޮދުއާ ކަމެއް! އެތާހުރެ އެފަދަ ނުބައި މަގެއްގެ މަތީ ތިމާ މަރާއި ބައްދަލު ނުކުރެއްވާނެ ފަދަ ގޮތެއް މެދުވެރި ކުރުމަށާއި ހެޔޮ މަގު ދެއްކެވުމަށްވެސް ދުއާ ކޮއްފާނެ ދޯ! މާ އަވަހަކަށް މެކުނު ވައްތަރުވަނީ!

    1
    2
  30. ރައްޔިތުމީހާ

    ޝޭޚު އޭރުވެސް މިހާރުވެސް ދައްކަނީ އެއްވާހަކައެއް. ގޯސްކޮށް ކަންތައް ކޮއްފިއްޔާ އެމީހަކު ގޯސްކުރޭ...

  31. ޑައެލޯގް

    މިތާ ކޮމެންޓުކުރާ ބައެއްބޭފުޅުންނަށް ވަރަށްބޮޑަށް އޮޅިފައި މިއޮންނަނީ، ހަގީގަތުގައި މީހެއްގެ ހިތެއްނޭގުނަސް އެމީހާ މަރުވިއިރު އޭނާ މުޖުތަމައުގައި އުޅެފައިވަނީ ކޮންގޮތަކަށްތޯބަލާނީ ވީމާ ގާދީ މަރުވަންދެން އޭނާ އަޅުކަމުގައި އުޅުނީ ބުދުފައްޅީގައި މިސްކިތެއްގައިނޫން މިއީ ތާރީކުން އެގޭކަންކަން، ވީއިރު ގާންދީއަކީ އިސްލާމެއްކަމަށް ކަޑަނޭޅޭތީ ދުވާނުކުރެވޭނީ ވީމާ ދުއާ ހުއްދަވާނީ އިސްލާމެއްކަން އެގޭނަމަ ވީމާ އަންނިއަށް ގާދީ އިސްލާމްވި ކަން ކަށަވަރުނުވާ ހިދަކު ދުއާކުރުން ހުއްދައެއްނޫން