ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު މިއަދު އިންޑިޔާއަށް ފުރާ ވަޑައިގެންފިއެވެ.

ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާ - ރާއްޖެ ޖޮއިންޓް ކޮމިޝަން ބައްދަލުވުމެއްގައި (ޖޭސީއެމް) ބައިވެރިވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ޝަހިދުގެ އިތުރުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ ބައެއް ކަންކަމާ ގުޅޭ އޭޖެންސީތަކުގެ ބޭފުޅުންވެސް ރާއްޖޭގެ ވަފްދުގައި ހިމެނޭ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި އަހަރަކީ އެ ކޮމިޝަނުގެ ބައްދަލުވުން އޮންނަ 6 ވަނަ ފަހަރެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އެންމެ ބޮޑު އެއާޕޯޓް، އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވަނީ އެ ޤައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އަމިތް ނާރަންގުއެވެ.

އިންޑިއާ - ރާއްޖެ ޖޮއިންޓް ކޮމިޝަން އުފައްދާފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ ގޮތުންނާއި، ޓެކްނިކަލް ގޮތުން ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި، 1986 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެ ފަހުން ޖޭސީއެމްގެ ބައްދަލުވުމެއް ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން އެންމެ ގިނަ ރަސްމީ ދަތުރުފުޅުތައް ކުރައްވާ އެއް ވަޒީރަކީ، ޚާރިޖީ ވަޒީރު، ޝާހިދެވެ. ރާއްޖެއާއި ބައިނަލްއަޤްވާމީ ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމާއި، ބޭރުގެ ޤައުމުތަކުން ރާއްޖެއަށް އެހީއާއި، ފުރުސަތުތައް ހޯދުމުގައި ޚާރިޖީ ވަޒީރު ގެންދަވަނީ ބޮޑު ރޯލެއް އަދާކުރައްވަމުންނެވެ. ދާދިފަހުންވެސް، ޝާހިދު ވަނީ ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް ވަޑައިގެންފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަކީ މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރާނެ ކަމެއް ކަމަށް ސަރުކާރުގެ އިސްވެރިން ވަނީ ހާމަކޮށްފައެވެ. ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. علي وحيد

    ސާބަހޭ ސާހިދު މިފަހަރު އަނެއްކާ ގެއަށް ގެންދާނީ ފިޔާ ކޮޅު ކަންވެސް ނޭންގެ

    25
  2. އަސީ

    މިވެސްފާޑެއްގެ ބައްޔެއް މިބަލިޖެހުނީމަ އަބަދުހުންނަން ޖެހެނީ ރާއްޖެއިން ބޭރުގަ

    22
  3. ޙ

    އަބަދު ދަތުރު...ވަައިފައިދާ އެއް ނެތް...ބަޖެޓްް ހުސް ވެއްޖެ.....

    29
  4. ރޯކިރު

    މޯދީ ކާރިއައް ކިރު އެރީމަ މޯދީ އެންގީ ކަންނޭނގެ ޝާހިދު އައް ކިރުފެލަން އަންނާށޭ.. ކިރުފެލި ސަރުކާރު?????????

    22
  5. ހުސޭނުބޭ

    ޔަޤީންވާގޮތުގައި މި ވެހުނު ވާރޭގައި ގޭ ފުރާޅުން ފެން ފައިބާތީ ޖަހާނެ ޓިނުކޮޅެއް ހޯދަން އިންޑިޔާއަށް ދިޔައީ! މޮރުކޯއަށް ގޮސްފައި ވަގަށް ގެނައީ ކާޕެޓެއް ވިއްޔާ!

    25
  6. ބީވާ

    މީނަ އޮފީހުގަ ކުރާނެ ކަނެއް ބުނެބަލަ.. މުސާރަ ވެސް ޙައްްގެއް ނުވާނެ.

    20
  7. ދޮންބެ

    މިފަހަރު ގެރިޔެއް ވަގަށް ނުނަގާތި އަނެއްކާ

    11
  8. ކާޕެޓޭ

    މި ފަހަރު ކޯޗެއްބާ އަނެއްކާ ކަޓުވާލާނީ؟ ދުނިޔޭގަ އުޅެން ދަސްކޮށްފަ އެބަހުރި

    12
  9. އުގޫފާރު އަލިބެ

    މިފަހަރު ގެންނަން ނިންމާފަ އޮތީ ، ބަންޑާރަ ކަފަ ލެއްވި ބާލީސް

    10
  10. ހޮޅިބޭ

    މީނާގެ ކަމަ ކީ އަބަދު ދަތުރު ކުރުން ދޯ. ކޮންމެ ދަތުރަކަށް މިލިއަން ރުފިޔާ.ބޮޑުވަރު

    12
  11. ހަށިފާރަ

    ވަރަށްފާރަލާތި މިފަހަރު ގެޔަށް ގެންދާނީ ކޯއްޗެއްކަމެއްވެސް ނޭގެ.ރާއްޖެއްށް އެއްވެސް އެއްޗެއް ހަދިޔާ ކުރޭތޯ ބަލާތި.

  12. ފިލާވަޅު

    މިހާރުދެން ފުލައިޓެއް ބޭނުމެއް ނުވާނެއްނު ޝާހިދުއަކަށް " ޝާހިދު އެންޑް ދަ މެޖިކް ކާޕެޓް އިން ދަ މޯލްޑިވްސް" އަލޭޑީން އިން މޯލްޑިވްސް