ދިވެހި ބަސް ހިމާޔަތްކޮށް ކުރި އެރުވުމުގެ މަސައްކަތުގައި މުޅި ދިވެހި އުއްމަތް ހިތާއި ރޫޙުން ބައިވެރިވެ މަސައްކަތްކޮށް ދިނުމަށް، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު މުޅި ރާއްޖޭގައި ފާހަގަކުރާ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އަޝްރަފް މިކަމަށް އިލްތިމާސް ކުރެއްވީ، ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.
އަޝްރަފްގެ މެސެޖުގައި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ބޭނުންކޮށް ދެމެހެއްޓުމަށާއި، ދިވެހި ފޮތްތައް ކިޔުމުގެ ރޫހު އާލާކޮށް ދަރިންނަށްވެސް އެފުރުޞަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
އަދި މައިންބަފައިން ތުއްތު ކުދިންނާއި ވާހަކަ ދައްކާއިރު ބޭރުބަހުގެ ލަފުޒުތައް ދިވެހިބަހާއި މަސްހުނިކޮށްގެން ވާހަކަ ނުދެއްކުމަށާއި، ސާފު ރީތި ދިވެހި ބަހުން ވާހަކަ ދެއްކުމަށްވެސް އެދިޑައިގެންފައި ވެއެވެ،
ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނެއް ފާސްކޮށް އެޤާނޫނުގެ ދަށުން ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަމުންދާއިރު، ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އަތޮޅުތަކާއި މާލޭގެ ސްކޫލުގައި މިއަދާއި މާދަމާވެސް ކުރިއަށްދާނެއެވެ.
ފުރަތަމަ އެކަޑަމީގެ ނަން ދިވެހި ކޮއްބަލަ