ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ދެމެދު ހޫނު ކުރިމަތިލުންތަކެއް ޓްވިޓާގައި ފަށައިފިއެވެ.

މިކަން ފެށިފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އާޒިމް އަދި ބައެއް އެހެނިހެން އެމްޑީޕީ މެންބަރުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި މަހަތްމާ ގާންދީގެ މަގުބރާގެ ކައިރީގައި ތިއްބަވައިގެން ދެއަތް އުފުލައި ދުއާ ކުރެއްވި މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކޮށް އެކަމަށް ޑރ. ޖަމީލް ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޕްރޮކްޓޮކޯލް ގައި އޮންނަ ގޮތް އެބޭފުޅުންނަށް ކިޔައި ދީފައި ވޭތޯ ސުވާލު އުފައްދަވާފައެވެ. އަދި މަޖިލީހުގައި "ބަސްއަހާތޯ ބަލަން" ޕްރިންސިޕަލަކު ބަހައްޓަން ޖެހޭ ކަމަށްވެސް އެޓްވީޓުގައު ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލްގެ ޓްވީޓަށް ރައްދު ދެއްވައި އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. ޖަމީލް މަޖިލީހުގެ ކަންކަމާ ބެހިވަޑައިގަތުމަކީ ގޯހެއް ކަމަށެވެ. އަދި މަޖިލީހުގެ ކަންކަމާއި ނުބެހި މަޑުން ހުންނެވުމަށް "އިންޒާރުވެރި ބަސްމަގަކުން" އާޒިމް ވަނީ ޑރ. ޖަމީލް އަށް އިލްތިމާސްކޮށްފައެވެ. އަދި ޖަމީލް މަޖިލީހަށް ކުރިމަތި ލެއްވުމުން ލިބިވަޑައިގަތީ މަދު ވޯޓުކޮޅެއް ކަމަށް ވިދާޅުވެ އާޒިމް ވަނީ މަލާމާތުގެ ބަސްތައް ރައްދުކޮށްފައެވެ.

އާޒިމްގެ ޓްވީޓަށް ރައްދު ދެއްވައި ޖަމީލް ކުރެއްވި ޓްވީެއްގައި ވަނީ މިހާ ދުވަސް ވި އިރުވެސް މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތް އެނގިވަޑައިނުގަންނަވާތޯ ސުވާލު އުފައްދަވާފައެވެ. އަދި އެންމެ ވޯޓެއް ނުުލިބުނަސް މަޖިލީހުގެ ކަންކަމާ ބެހެވޭނެ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމް ހަނދާން ބަލަި ކަމަށާއި، އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ފަހަތަށް އަރައިވަޑައިގަތީ ކީއްވެގެންތޯ ޖަމިޅް ވަނީ ސުވާލު އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަޓުމީހާ

    މަޖުލިހަށް ރައްޔިތުން ހޮވައިދިނެއްކަމަކު އެ މަޖުލިހަކީ އާޒިމުމެންގެ ޢާއިލީ ތަރިކައަކަށް އެ ރައްޔިތުން އަދި ހަދައެއް ނުދޭ. އެތާގެ ކަންކަމާއި މެދު ރައްޔިތު މީހާއަށް ބަސް ބުނުމުގެ ފުރުސަތު އޮންނާނެ. ޖަމީލަށްވެސް އޮންނާނެ. އާޒިމަށް ބުނެލަން އޮތީ އަހަރެމެން އަހަރެމެންގެ ޕާރޓީ އަށް ސުޕަރމެޖޯރިޓީ ދިނީ ތިޔަހެން އެމަޖުލިހުގައި ބަގުޑި ބައްދާ ހިތުހުރި ގޮތަކަށް ކަންކުރާކަށް ނޫނޭ.

  2. ނުބެހެ

    ރައްޔަތުންގެ ފައިސާއިން މުސާރަދީފަ ތިބޭ މީހުން ރައްޔަތުންގެފައިސާއިން ބޭކާރު ޚަރަދުކޮށްގެން އިންޑިޔާއަށް ގޮސްތިބޭ ރައްޔަތުންމަޖްލިސްގެ ކޮންމެމެމްބަރަކު ކުރާކަންތަކާވެސް ދިވެހި ކޮއްމެ ރައްޔަތަކަށްވެސް ބެހެވޭނެ. އަދި ޚާއއސަކޮށް ޤައުމު އަޅުވެތިލުރަމުންދާތީވެ ބެހެވޭނެ. ޖަމީލަށް ސާބަސް.

  3. ކޮމެންޓްކުރާމީހާ

    ދެން ކޮބައިތަ އާޒިމުމެން ތިޔަ ވަކާލާތުކުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދައުވާގެ ހުރި ބުރަދަނަކީ...ތިޔަބޭފުޅާވެސް އަބަދަކު މަޖިލިސް މެންބަރެއްގެ ގޮތުގައި ނުހުންނާނެކަން ވިސްނާލައްޗޭ...އަދި ކޮންމެވެސް ދުވަހަކުން ގޭގައިވެސް ހުންނަވަން ޖެހޭނެ ދުވަސް އަންނާނެކަން ވިސްނަވައްޗޭ..

  4. އިންސާނާ

    ގަމާރު އާޒިމު ކަލޭމެންނަކީ ރައްޔިތުންގެ މަޖިލީހައް ރައްޔިތުން ހޮވާފަ ފޮނުވާފަ ތިބި ގޮލާއިންތަކެކޭ އެހެންވީމާ ތިގޮލާމެން ތިތާނގަ ކުރާކަންތަކާ ޖައްސާ ވައްތަރުތަކާ ރައްޔިތުންބެހޭނެ ޖަމީލަކީވެސް ތިތަނައް ގޮލަޔަކުހޮވަން ވޯޓުދިން ތައްޔިތެކޭ ތިގޮލާ ތިހިރީ ހަމަހޭ ބުއްދި ސަލާމަތުންތަ

    11
  5. އިއްބެ

    ޖަމީލުވިޔަސް އެފަދަ އިއްޒަތެރިބަޔަކާއި ބެހިގެންނުވާނެއެވެ.އެއީ ނަޒާޙަތްތެރިބައެއްކަމަށް ހީކޮށްގެން ތިބިބައެކެވެ.އެތާގައި ޙުރުމަތްތެރި އިންސާނުންގެ އަބުރު ކަތިލިޔަސް ކުށްވެރިވާ ބަޔަކަށް ނުވާތީއެވެ. އަދި އެމީހުންނަކީ ޙައްޤުނޫންގޮތަކަށް އެންމެ ފައިސާ ފޮއްޗެއްވެސް ހޭދަނުކޮށް 5 އަހަރުގެ ޢިއްޒަތުގެ ދަރަޖަ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށްވާތީއެވެ.

  6. އަހްމަދު

    އެހެންވާނީ ލާދީނީމީހުން އެކަހަލަތަންތަނައް ހޮވީމަ އަނެއްކާ ހަމައިގަހުންނާކަށްނުޖެހޭނެ ހަމައިންނެއްޓޭ ވަގުތު ގިނަވާނީ

  7. ސޯލިހު

    ކަލޭ އުޅޭވައްތަރު މީހުނަށް ނޭގޭކަމަށްތަ ތިއުޅެނީ. ހަލާލު އަނބިމީހާ އިންދާ މާފަންނުކޮޅު ގެއެއްގައި އިންނަ އަންހެނަކު އަންބެއްގެ ގޮތުގައި ގެންގުޅެ ޚަރަދުކުރާތާ ކިހާދުވަހެއް ވެއްޖެ. ތިމާ އިހަށް އިޞްލާހުވެބަލަ.

  8. ?ރޮނޑާ

    އާޒިމު ތި ބޮނޑި ބަތް ޖަމީލު އެގޭނުން. ބޭކާރު އަގަތަޅާ އުޅޭ މީހެއް. އަބަދުވެސް ފޮތެއް ހުޅުވައިގެން ހުރެ ގާނު ވެގެން އުޅޭ އޮށްޓަރެއް ނެތް އަގަ ތަޅާ މީހެއް.

    1
    7