އައްޑޫ ސިޓީ ހުޅުމީދޫގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ގޮތްޕެއް ހުޅުވައިފިއެވެ.

ހުޅުމީދޫގައި ހުންނަ އެސްޓީއޯ ބިލްޑިންގެ ދެވަނަ ފަންގިފިލާގައި ގާއިމްކުރި އެ ސެންޓަރުން، މީރާގެ މާލެ އޮފީހުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް މީރާއިން މައުލުމާތު ދެއެވެ. އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާ މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ވަނީ ގާއިމްކޮށްފަ އެވެ.