އައްޑޫގައި ހަދާފައިވާ ޓާޝަރީ ހޮސްޕިޓަލް އަންނަ ހަފުތާގައި ހުޅުވަން ނިންމައިފިއެވެ.

ސަތޭކަ އެނދުގެ އެ ހޮސްޕިޓަލް ހުޅުވަން ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އަދި ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ފޯރުކޮށްދޭން ނިންމާފައި ވަނީ އޯޕީޑީ، ލެބޯރެޓަރީ، އެކްސްރޭ އަދި ފިޒިއޮތެރަޕީގެ ޚިދުމަތެވެ.

އެ ސިޓީގައި ޓާޝަރީ ހޮސްޕިޓަލު ގާއިމްކޮށްފައިވަނީ އައްޑޫ ގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި ދަރުބާރުގޭގައެވެ. "އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު" ގެ ނަމުން ނަން ދެވުނު އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް މިހާރު ދީފައިވާ ނަމަކީ "އިކުއަޓޯރިއަލް ހޮސްޕިޓަލް" އެވެ.

މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލު އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މި ހޮސްޕިޓަލަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހަދާފައިވާ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    މަރުހަބާ ތަރައްގީގެބާނީ ރައީސް ޔާމީން މަނިކުފާނުޖަލަންލިޔަސް މަނިކުފާނުގެ ތަރައްގީގެ މަސްރޫޢުތައް ދަނީހަމަބާރައް ކުރިޔައް މަރުހަބާ މަރުހަބާ

    17
  2. ?ރޮނޑާ

    ފަންޑު ހޯދީ އާހޮސްޕިޓަލެއް އަޅަން. ކުރި މަސައްކަތަކީ ކޮއްފަ ހުރި އިމާރާތެއް ހަލާކު ކޮއް ޕާރޓު ޝަން ޖަހާ، ނަން ބޯޑޫ ބަދަލު ކުރުން.ވަރައް ތާހިރެއް ނުން. ސަތޭކަ ހަތްދިހަ އެއްމިލިޔަން ރުފިޔާ އައް ކީއްކުރީ.؟

    3
    16
  3. ދިވެހި ދަރިއެއް

    ރިބަންކެނޑުމުގައި މި ސަރުކާރު ވަރެއްނެތް، މީޑިޔާ ސްޓަންޓްތަކަށް މި ވެރިން ވަރެއް ނެތް، އަދި ކަމެއް ނުކުރެވި ރައްޔިތުން އިނދަޖެއްސުމަށްވެސް މިވަރެއްނެތް.

    17
  4. ދީމާ

    ކަލޯ ކުރިން އެއީ ހޮސްޕިޓަލެއް ނޫނޭ! އެއީ މުޅިން އަލަށް އެޅި ހޮސްޕިޓަލެކޭ! އެތަނުގައި އެންމެ މިޒަމާނުގެ މެޝިނަރީތައްވެސް އެބަހުއްޓޭ! ރޮނޑާމެން ފަދަ ސަންގޯރުން ރޯފިލާނީ އަލިފާނުގަ!

    10
  5. Anonymous

    ފަންޑް ލިބިފައިވަނީ އާހޮސްޕިޓަލެއް އަޅަންށެވެ. އެކަމަކު އައްޑޫގައި ކޮންވެންޝަން ސެންޓަރެއް އަޅާފަވަނީ އޭގެޒާތުގަ ސަރުކާރަށް ނުވަތަ އައްޑޫރައްޔިތުންނަށް އެއިން މަންފާއެއް ލިބޭނެގޮތަށް ޕްލޭންކޮށްގެން އެއުސޫލަކުންނޫނެވެ. ބޭނުމަކީ ކަމެއްކުރުމުގެ ނަމުގައި ނާޖާއިޒު ފައިދާ ނަހަމަގޮތުގައި ބަޔަކަށް ހޯދާދިނުމެވެ. އެހެންކަމުން ރައީސް ޔާމީން ނިންމެވީ ކޮންވެންޝަން ސެންޓަރު ބެލެހެއްޓުމަށްޓަކައި ޖުމްލަ ކުރަންޖެހޭ އަގަށްބަލާއިރު އެއިން މަންފާއެއް ނުލިބޭގޮތަށް ޚަރަދު ކުރުމުގެ ބަދަލުގައި ދެމެހެއްޓެނިގޮތަކަށް އެތަނުގެ ބޭނުން ކުރުމުން އައްޑޫރައްޔިތުންނާއި ދައުލަތަށް ލިބޭނެ މާލީ ސިއްހީފައިދާ ބޮޑުގޮތަށް ހޮސްޕިޓަލެއްގޮތުގައި އެތަނުގެ ބޭނުން ކުރުމަށެވެ.ޔާމީނު ސަރުކާރުން