ސަރުކާރުގެ މިނިސްޓްރީ ތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑާއިގެން އެތަންތަނުގެ މުވައްޒަފުންނާ އަމިއްލަ ފުޅަށް ބައްދަލު ކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން މިއަދު ރައީސް ސާލިހް ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފައެވެ.

އެއަށް ފަހު ކުރައްވާފައިވާ ޓްވިތެއްގައި ވިދާޅުވެފައި ވަނީ، އެމިނިސްޓްރީގެ މުވައްޒަފުންގެ ޝަކުވާތައް ގާތުން އަޑު އައްސަވާފައިވާ ކަމަށާއި، އަދި މުވައްޒަފުން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސްގެ ތްވިޓުގައި އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ތަންފީޒު ކުރެއްވުމަށް ތިބެނީ ސިވިލްސާވިސް މުވައްޒަފުން ކަމަށާއި، އެއީ ސަރުކާރުން ނިންމާ ހުރިހާ މުހިންމު ކަމެއް ތަންފީޒު ކުރުމުގައި އެންމެ އިސްރޯލެއް އަދާކުރައްވަމުން ގެންދަވާ ފަރާތްތައް ކަމަށެވެ.

މި ބައްދަލުވުމުގެ ތެރެއިން ރައީސް ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    އަދިކިރިޔާ ރޭކާލީ ސިވިލްސާވިސް މީހުންކަން ތިމާކރި ހޮޅި ވައުދުތައް ފުއްދަން މަސައްކަތްކުރާ ބަޔަކީ..800ކައަށްވުރެ ގިނަ ސިޔާސީ އެކްޓްވިސްޓުން ވަޒީފާދީފަތިއް ބަސް މަސައްކަތެކުރަން އެގޭ ބަޔަކަށްތި ބީ ސިވިލް މުއައްޒިފުންކަން ނޭގޭ ބްރާންތިއެކޭ ނު ބުނާނަން

    16
  2. ކުޑަބަޖަރާ

    ލޯކަލްކައުންސިލް އިންތިޚާބަށް ކެމްޕޭންކުރަނީ.

    25
    2
  3. ޑައެލޯގް

    ރައީސް މުވައްޒަފުންނާ ބައްދަލުކުރުމަކީ ކުރެވޭވަރުގެ މުރާލިކަމެއް ހުރިއްޔާ ރަގަޅުކަމެއް ނަމަވެސް އަދި ދުނިޔޭންވެސް ރައީސަކަށް ހުންނަމީހަކަށް އެކަންކުރަން ވަގުތު ހުސްނުކުރެވޭ، ސަބަބަކީ ރައީސްއެއްގެ އެއްމެ މުހިއްމު ކަންކަމަށް ވާންވާނީ އެގައުމެއްގެ ދީން، ގައުމިއްޔަތު، އިޤްތިސާދު، ޢަދުލު، ޑިފެންސް މިހެންގޮސް ރައްޔިތުންނަށް މުޙިއްމުވާ ބޮޑެތިކަންކަމުގައި އަވަދިނެތި އުޅުމެވެ. ނަތީޖާއަކީ، އެކަހަލަ ކަންކަމަށް ވަގުތު ދިނުން ވަރަށް ދުރުގައިވާ ކަންކަމެވެ. އެހެނަސް މިހުރިހައިކަމެއް ކޮށްފަ މިކަންކުރެވެން ވަގުތުދެވޭނަމަ، އެވާނީ ވަރަށްވެސް ކުޅަދާނަ ރައީސަކަށެވެ. ނަމަވެސް އިބޫއަށް އެކަމެއް ނުކުރެވެއެވެ. ސަބަބަކީ ރިޒާވް ދިޔައީ ދަށަށް، ތަރައްގީއެއްނެތް، އިތުރަށް ރައްޔިތުން ފެލަންޓެކްސްނެގުނީ ވީމާ ތިކުރާކަމަކީ ކުރާނެކަމެއްނޭގުނީމަ ތާއީދުހޯދަން ކުރާކަމެއް

    24
  4. ހިސެން

    ވަގައް ގެންދިޔަ ކާޕެޓް ހޯދަންތޯ؟؟

    27
    • ޣގގގ

      ދުއްމީހަކު ހުރިތޯ ބަލަން. މީނަގެ ފެންވަރަކީ މިއީ. ކުނިކަހަން ބަހައްޓަން އެކަށީގެންވަނީ. ގައުމުގެ ކުރިމަގުގެ ޕްލޭނެއްނެތް. ނުވެސްއެނގޭނެ އެއީ ކޯންޗެއްކަމެއްވެސް.

      16
  5. Anonymous

    ތިކަމުން ކުރާނެ ފައިދާއެއް ނޯންނާނެ.

    22
  6. Anonymous

    ނިކަން ކެރެންޏާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންނާއި ބައްދަލުކޮށްލަ ބަލަ!!! ނުކެރޭނެ. ހަމަހިލާ ނުކެރޭނެ. އެތަންތަނުގަ ވިއްޔާ ވަލުދޮރާށިންވަދެ ވެރިންނާ ބައްދަލު ކޮށްލާފަ ބޮނދަ ބޮނދާގެން ދަނީ. އާދާގެ މުއަައްޒަފުންނާ ދޭތެރޭގަ ކުންފުނިތަކުގަ ހިންގަމުންދާ ޖަރީމާތައް ބަލާނެ ރައީސެއް މިގައުމައް އުފަންވާނީ ކޮންދުވަހަކުން ބާއޭވެސް ހިތައްއަރާ. ކަނޑައެޅިގެން ގާނޫންތަކާއި ގަވާއިދުތަކާ ޚިލާފު އެތައްކަންކަމެއް ވަޒީފާ މާހައުލުގަ ހިންގާކޮރަޕްޝަނާއި ފަސާދައިގެ އެެތައްކަންކަމެއް ހިންގާއިރު ކަމާބެހޭ ފަރާތްތަކުންވެސް ބަލައެއްނުލާ. ވެރިކަން ލިބެންދެން ދަޅަދައްކާ މޮޅެތިވާހަކަތައް ދައްކާގެން ވެރިކަންލި ބޭއިރަށް އެވަނީ އިބިލީހުގެ ކައިވެންޏައް.

    11
  7. Anonymous

    ލޯކަލް އިންތިޚާބަށް ހިންގާ ނުރަސްމީ ކެމްޕޭނެއް. މާ ހެޔޮއެދޭ މީހެއްކަން ދައްކަންކުރާ ކަމެއް.

    15
  8. ކޮބާކަލޭ

    އަންނައަހަރު ދައުލަތުގެ ފައިސާއިން މުއްސަނިކުރާނޭމީހުން ހޯދަނީދޯ؟

  9. ޢަންސާރު

    ޙިޔަޅު

  10. ހިތާމަ

    ގުރޭޑު ދިހައެއްގެ ފެންވަރު ނެތަސް މަމީ ރައީސްވެފަ ތާހަކާނުލާ ބަޖެޓު ދަވާލާފައި ފުޑާލާފައި ފެންފޮދަކާއި ނުލައި ދިރުވާލައިފިއެވެ. އެމްޑީއެން އުވައެއްނުލާ ރަށްޔަތުން ހަ ނު ސާބަހޭ ރަށްޔަތުނަށް

    11
  11. މުހައްމަދު

    ހާދަކުރިއަކުންކެމްޕެއިންފެއްޓެވީތި