މާލޭ މައްޗަންގޯޅީގައި ހުންނަ ގެއެއްގެ ޓެރަސް މަތީގައި މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ ގެއެއްގެ ޓެރސް މަތީގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި، އެކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން އަދިވެސް ބަލަމުން ދާކަމަށެވެ.

މިދިޔަ ހޯމަ ދުވަހު މއ. ޓޮމާޓޯ ގޭގެ ޓެރަސް މަތީގައި ފިހރިހެނަކު ވެއްޓިފައި އޮތްކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ގޮސް އެކަން ތަހުގީގު ކުރަަން ފަށާފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން އެތަނަށް ދިޔަ އިރު އެމީހާގެ އަނގައިން ފޮނުތަކެއް އަރާފައި ހުއްޓެވެ.

މިހާރު އެމީހާގެ ހަށިގަނޑު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް ހުސެން

    އެގޭގަ ސިޑިއެއް ނޫނީ ލިފްޓެއްވެސް ނެތީތޯ، ޑެޑްބޮޑީ ތިގޮތައް ބާލަން ތިޖެހުނީ

  2. އަހުމަދު

    ތަހުގީގު ނިމޭއިރު ދިވެއްސަކައް ނުވެއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު