ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައެއް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު އާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން ދާކަމަށެވެ. އަދި އެމައްސަަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ވިދާޅުވިއެވެ.

ފުލުހުން ބަލަމުން ދަނީ ކޮން މައްސަލަައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަަމަވެސް ފުލުހުން ކުރަމުން ދަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދައުލަތުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓަރގެ މަގާމުގައި ހުންނަވައިގެން މުއިއްޒު ކަންކަން ކުރެއްވި ގޮތާއި ބެހޭ ގޮތުގެ ތަހުީގެއް ކަމަށް ބެލެވެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވަނީ މީގެ ދެދުވަސް ކުރިން އެމައްސަލަ ފުލުހުންނަށް ހުށަހަޅައި އެކަން ހާމަކޮށްފައެވެ. އޭޖީ އޮފީހުން ވިދާޅުވީ، އެ މައްސަލާގައި މުއިއްޒު އަމަލު ކުރެއްވި ގޮތާއި ގުޅިގެން ޖިނާއީ ތަހުގީގު ހިންގެވުމަށް މިއަދު ފުލުހަށް ހުށަހެޅިފައި ވާ ކަމަށެވެ.

އޭޖީ އޮފީހުން ފުލުހަށް ހުށަހަޅާފައި ވަނީ ނޫމަޑިމަ މުޢިއްޒު ޢަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިޢާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ޙައިޞިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާ ކަން ނުވަތަ ނޫން ކަން ބެލުމަށެވެ.

އޭޖީ އޮފީހުން ވިދާޅުވީ، ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައި ކަަަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިންވެސް ވަނީ މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަން ހުށަހަޅަން ފާސްކޮށްފަ އެވެ. އެ ކޮމިޓީގައި މުއިއްޒު ވިދާޅުވެފައި ވަނީ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް ދެކޮޅަށްވެސް އޭނާ ބަޔާން ދެއްވާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ?ރޮނޑާ

    ކޮއްމެ ގޮތެއް ހަދައިގެންވެސް ގޮޅިން ޔާމީނާއި ބައްދަލު ކުރެވޭތޯ ބަލާތި.ތީ ވަފާތެރިންނަކީ.

    20
    5
  2. ޓ

    ޖީ އެމްްޢާރު މައްސަލާގައި މިހާރުގެ ބަންޑާރަ.ނައިބު އަމަލުކުރި ގޮތް.ވެސް ވަކި.ތަފާތެއް ނޫން އަދި.މާގޯސް ސިއްރު އެމީހުންގެ ވަކީލަކަށް އުޅުނީ...

    23
    1
  3. ސީމާ

    ރައީސް ޔާމީންގެ ތަރައްޤީގެ ހަނދާންނުނެތޭނޭ އުސްއަލިތައް އެންމެ ގިނައިން ދިވެހިންނަށް ހަނދާންކޮށްދޭ ބޭފުޅަކީ ޑޮކްޓަރ މުޢިއްޒެވެ. އެހެންވެ ޙަޖަމް ނުވާމީހުން އެމަނިކުފާނު ޤުރުބާންކުރަން ތައްޔާރުވެއްޖައޫއެވެ.

    29
    1
  4. މފރ

    މިސަރުކާރުން ބަލަނީ ބަދަލު ހިފޭތޯ.. ބަލަގަ ރަތްޔަތުން މިތިބެގެން ހަނާ ވަނީ

    29
    1
  5. Anonymous

    އިދިކޮޅު މީހުން ހިފާ ހައްޔަރުކޮށް އެމީހުންގެ ދުވަސް ދުއްވާލުން ސަރުކާރުގެ ބޭނުމަކީ. ސަރުކާރުގެ އަމަލުތައް މިހުރީ ބަދަލުހިފުމުގެ ރޫހު. ގައުމަށް ހެވެއް އެދިގެން ކަމެއްކުރުމުގެ ބަދަލުގައި މިފެންނަނީ އިދިކޮޅ

    20
    3
    • ނާސާ

      ބަޔަކު ނުހައްގުން އެތައް ކަމެއް ކުރީމަ އެބަޔަކަށް އަދަބު ދޭން ފެށީމަ އެވަނީ އަނިޔާއަށް. މުދި

  6. އަލްޖިބްރާ

    ކޮންމެވެސް ބަޔަކަށް ލާރި ކޮޅެއްދީގެން މުއިއްޒުގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ރިޕޯރޓެއް ހޯދާކަށް ނުވޭތަ ؟

  7. އަލްޖިބްރާ

    ޔާމީނު ވެރިކަމުގައިހުރެ އިދިކޮޅު އެންމެން ޖަލަށްއެޅީ އެއީ ހަމަ ތަރައްޤީގެ މަރުހަލާއަކީތަ ؟ މިނެދިން ނާޅިއަކުން މިނެދިނީމަ ނޫނީ ތިޔަބައިގަޑަކަށް ތަންދޮރު ވަތްކެއް ނުވާނެ !

  8. ޖުމާ

    މިހާރު މުއިއްޒުގެ ދުވަސް ދުއްވާލަން މިއުޅެނީ. ޑރ. މުއިއްޒުއަކީ ރައްޔިތުންނަށް ދެރައެއް ވާގޮތަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއްނޫން. އެމަނިކްފާނު ކަންތައް ކުރައްވާފަ އޮންނާނީ އިޚްލާސްތެރިކަމާއެކު . އެހެންވެ މުއިއްޒުގެ ދުވަސް ދުއްވާލަން މިހާރު މިސަރުކާރުން މިއުޅެނީ.
    ބަދަލުހިފުމުގެ ރޫޙުގައި މުޅި މިފަސް އަހަރު ހޭދަކުރުމަށް ވުރެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް މަތީން ހަނދާންކޮށް އެކަންތަކަށް އަވަސް ވެގަތުމަށް އެދެން. ތިގޮތަށް ބަދަލު ހިފުމުގެ ރޫޙުގައި އުޅެންޏާ ދެން އަންނަ ސަރުކަރަކުންވެސް ކުރާނީ ހުސް ތިކަންތައް.ބަދަލުހިފުމުގެ ރޫޙުގައި ކަންތައް ހޯދައި ބަލައި ހެދުމަށް ރައްޔިތުންގެ ބައިތުލް މާލު ފައިސާ އެކި އެކި ނަންނަމުގައި ކަމިޝަންތައް ހަދައި އެކްޓިވިސްޓުންނަށް މުސާރަ ލިބޭގޮތަށް ހަދައި ދަވާލުމުގެ ބަދަލުގައި ކަންކަމަށް ބޭނުންވެފައި ތިބި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތް ކުރުން މާރަނގަޅު.