މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީއަށް މާލެ ދާ ދުވަސްވަރެއް ކަމަށް ވުމުން، މާލެ ގޮސް ގެސްޓް ހައުސްތަކުގައި ތިބޭއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވަނީ ގެސްޓުހައުސްތަކުގައި އުޅޭއިރު ސަމާލުވުމަށް ކުރެވިދާނެ ކަންކަން ޓްވިޓަރ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އެގޮތުން ކާކުކަން ނޭނގޭ މީހަކު ޓަކި ޖެހި ނަމަވެސް ދޮރު ނުހުޅުވުމަށާއި ފޯނާއި ޓެބްލެޓް ފަދަ ތަކެއްޗަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަގުބޮޑެތި ތަކެތި ހާމަޔަށް ފެންނާނެހެން ނުބެހެއްޓުމަށާއި ކޮޓަރިން ބޭރަށްދާއިރު ގިނަ އަދަދެއްގެ ފައިސާ ނުބެހެއްޓުމަށް ވެސް ފުލުހުން އެދެ އެވެ. އަދި ނަގުދު ފައިސާގެ ބަދަލުގައި ކޭޝްކާޑް ބޭނުން ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ އަދަދެއްގެ ފޭރުމާއި ވައްކަމުގެ މައްސަލަތައް ހިނގައެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ފުލުހުން އަންނަނީ އެފަދަ ކަންކަމަށް ރައްކާތެރިވުމަށް އިލްތިމާސް ކުރަމުންނެވެ.
ހުރިހާ ބޭފުޅުންވެސް މިލިޔުނަ ކިޔާލުމަށްފަހު މީގަވާގޮތަށް ސަމާލުވެގެން ތިއްބެވުމަށް ދަންނަވަން. ޝުކުރިއްޔާ.
އެއަށްވުރެބޮޑަށް ސިއްހަތަށް ސަމާލުވާންޖެހޭ. ބެޑުޝީޓެއް ބާލީހެއް ބަދަލެއްނުކުރޭ މަހަކު 1 ފަހަރުވެސް، ގައިންގަޔަށްއަރާ ބަލި މުޅިތަނުގަ.
ގެސްޓްހައުސް ރޫމްތަކަކީ ކާޑުލޮކް ހުންނަތަނެއް ނޫން. ތަޅުދަނޑި ޑުޕްލިކޭޓުކޮށްގެން އަނެއްދުވަހު އެހެންމީހަކު އެރޫމަށް ވަދެ ވައްކަން ކުރުމުގެ ފުރުސަތު ވަރަށްބޮޑު ތަންތަން ތީ.
"އަދި ނަގުދު ފައިސާގެ ބަދަލުގައި ކޭޝްކާޑް ބޭނުން ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ."
ޢެހެންވިއްޔާ ވިޔަފާރިކުރާ ހުރިހާ ތަނަކުން އެބަޖެހޭ ކޭޝްކާޑު ޤަބޫލްކުރަން އަދި ކޭޝް އާއި ކޭޝްކާޑުން އެއް އަގެއް ނަގަން...
ފަހުގެ ވިސާޑެޕިޓް ކާޑު ޕީއޯއެސް ތަކުގަ ބޭނުން ކުރާއިރު ޕިން ޖަހަންޖެހޭގޮތް ވެސް ހަދައިގެން ފުރިހަމަވާނީ.
ޕިން ނުޖަހާގޮޓްހެދުން ބެންކުން ވަގުންނަށް ހުޅުވަދިން ދޮރެއް
ރުޕޭ ކާޑު
އަދި މާމުހިއްމު ކަމެއް އެބައޮތް. އެއީ ކޮޓަރިތެރޭގަޔާއި ފާޚާނާ ތެރޭގައި ސިއްރު ކެމެރާއެއް ހުރެފާނެ ކަމަށް ސަމާލުވުން!
ކޮންމެ ގެސްޓްހަުސްއެ ކައިރީ ފްލްހަކު ބަހައްޓަން ވީނޫންތޯ.
މިކަން ހުައްޓުވޭނެ ހަމައެކަނި ގޮތަކީ ވަގުން އަތްކެޑުން ވަލުއީގާނޫނަކުން ތިކަމެއް ހައްލެއްނުވާނެ .