ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހިމް ހަމީދުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުތައް ސާބިތު ނުވުމުން އޭނާ އަލުން ވަޒީފާއަށް ނެރެފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ހަމީދުގެ މައްޗަށް ކުރެވުނު ތުހުތުތައް ބަލާފައިވާކަމަށާއި، އެހެން ނަމަވެސް އެކަންކަން ސާބިތުވާފަދަ ހެއްކެއް ލިބިފައި ނުވާކަމަށެވެ. އެހެން ކަމުން އެ ތުހުމަތުތައް ސާބިތު ނުވާކަމަށް ނިންމާފައިވާކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ހަމީދު ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. އޭނާ އަށް ކޮށްފައިވާ ތުހުމަތު ތަކުގެ އެއްވެސް މައުލޫމާތެއް މިނިސްޓްރީ އިންވެސް އަދި ސިވިލްސާވިސް ކޮމިޝަނުންވެސް ހިއްސާކޮށްފައެއް ނުވެއެވެެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން ބައެއް ބޭފުޅުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ދުވަސްކޮޅަކަށް ފަހު އެބޭފުޅުން އަލުން ވަޒީފާ އަށް ނެރެފައިވެއެވެ.
ޒީރޯ ޓޮލެރެންސްގެ ސިޔާސަތުގެ ދަށުން ސަސްޕެންޑުކުރި ބޭފުޅުންގެ ތެރޭގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި، މޯލްޑިވް ގޭސްހުގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމްވެސް ހިމެނިވަޑައިގަންނަވައެވެ.
ސާބިތެއް ނުވާނެތާ! ވަގަށް ނަގާ ލާރިން ބަޔެއް ޕާޓީއަށް ދެވޭވިއްޔާ! ދެން އަލުން މިއިން މީހެއްގެ މައްސަލަ ސާބިތުވާކަމަށް ނިންމާފިއްޔާ އެގޮތަށް ނިންމި މީހާގެ ދުވަސްވެސް އެ ދިޔައީވިއްޔާ!
މަރުހަބާ.... މީހުންގެ އަބުރު ކަތިލުމަކީ އެމް ޑީޕީގެ ކަމެއ
ޢެ ތާއުޅޭ ލީން މެންގެ ރޭވުމެއް...
މީ މިނިސްޓްރީ ތެރެއިން ގްރޫޕެއް ރާވައިގެން ކުރިކަމެއް. އިސްކޮށް ހުރީ އަންހެނެއް ކަމަށްވަނީ. މީހަކަށް ދެރައެއް ދޭން އުޅުނަސް އެއަށްވުރެއް މަތީ ފަރާތެއްވޭ. މި ފަރަންޖީ ގްރޫޕަކަށް ނޭގޭނެ. ވަޒީފާއަށް ނުކުތީމަ އެންމެ ސިންޕަތީވާކަމަށް ހެދޭނީވެސް މި ގްރޫޕް.
ޢެއީ އެމްޑީޕީ އަށް ހުސްވެފަ ހުންނަ މީހެއް. ޢެހެންނު ވާނީ އޭނައާއި އޭނަގެބޭބެ އަށް ނަޝީދުގެ ވެރިކަމުގައި ހުޅުމާލެއިން ފްލެޓް ލިބި އެތަންތަން ކުއްޔަށްދީގެން ފައިސާ ހޯދަމުންދާތާ ކޮންދުވަހެއް. މިހާރު މަސައްކަތް ކުރަމުން އެދަނީ ހަމީދުގެ ދުވަސް ދުއްވާލާފައި ޕީއެސް ގެ މަގާމު އަތުލައިގަންނަން.
ރީދޫ ވެފައިތިބޭ މީހުންގެ މަށްޗަ ކުށްސާބިތެއް ނުވާނެ މީހުން ކަތިލާ މެރިޔަސް ...
ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ހުރިހާމީހުން ހަނުތިބީމަ ރަ ގަޅުވާނެ މައްސަލަ އަކީ ބިރު ގައްނަން
ޖެހޭފަރާތްނޫން ފަރާތެއް ދެކެބިގަތުން
ޖިންސީ ފުރައްސާރައޭ ކިޔާ ކަމެއް ބޮލުގައި އަޅުވަން އުޅުނީ ޒިޔައްޓޭ ކޮއްކޮ ލީން ޢަދި ނަބީލާ އަޑީގައި ތިބެގެން ހިންގި ކަމެއް...ކޮބާ ރާކަނި މަސް ކެވިއްޖެ އެއްނު. ޢަންހެނުން ބާރު ވެރި ކުރުވަނިއްޔޯ...ދެން ގައުމު ބޮއްސުން ލާނީ
ހަމީދުއަކީ އަޅުގަނޑާއި އެކު ކިޔަވަން އުޅުއްވި ބޭފުޅެއް. އަޅުގަނޑަށް ދުށް ތަނުގައި ހަމީދުއަކީ އަޚްލާގް ވ ރަގަޅު މީހުންނާއި ގުޅޭ ހިތް ހެޔޮ ވިސްނުންތެރި ބޭފޫޅެއް. ނުރަގަޅު ކަމެއް ކުރައްވާނެކަމަށް ކަމަށް ގަބޫލެއް ނުކުރެވޭ.
މިހާރު ކޮމެންޓް ކުރަން އެބަ ކެރޭނު. ސަސްޕެންޑް ކުރީމަ ތިބީ ވަޒީފާ ގެއްލިދާނެތީ ބިރުން ހައްޕު ކިޔައިގެން. ތެދު ހަޤީޤަށް ހާމަ ކުރަން ކެރުނީ މަދު ބަޔަކަށް. ކަމެއް ދިމާވީމަ އެނގެނީ ހެޔޮއެދޭ މީހުންނާެއި އަޑި ނުބައި މީހުން.
މަރުޙަބާ ޙަމީދު، ޙަމީދަކީ ވަރަށް ނަޒާޙަތްތެރި، އަބުރުވެރި، ޚުލްޤުހެޔޮ ބޭފުޅެއް. އަޅުގަނޑު ވަރަށްކުރިއްސުރެ ޕާރސަނަލީ ޙަމީދު ދަންނަން!.