ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކޮށް، 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ޝަރީއަތަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ޔޫރަޕުގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ކަމުގައިވާ ޔޫރަޕިއަން ކޮންޒަވޭޓިވްސް ރިފޯމިސްޓްސް (އީސީއާރު) އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލަށް ލާފައި ބެހެއްޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ "ސަރުކާރުގެ ބަންދެއްގައި" ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައިވާ ގޮތުން އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެގޮތުން އެފަދަ މަތީ މަގާމެއް ފުރުއްވާފައިވާ ތިބި ބޭފުޅުންގެ މައްސަލަތައް އާންމުކޮށް ބައްލަވާފައިވަނީ ތިން ގާޟީންގެ ބެންޗަކުން ކަމަށްވާއިރު އެމަނިކުފާނުގެ މައްސަލާގައި އެންމެ ގާޟީއެއް ހިމަނައިގެން މައްސަލަ ބެއްލެވުން ހިމެނޭ ކަމަށް ބަޔާނުގައި ވެއެވެ. އަދި މައްސަލަ ބައްލަވައި ނިންމުމަށްފަހު ހުކުމް ކުރެއްވި އިރު ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާއި އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާ ކަން ފާހަގަކޮށް، އެކަމުން ދޭހަ ވަނީ މައްސަލަ ހިންގާފައިވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށާއި މައްސަލަ ބަލަން އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

"ޝަރީއަތް ހިންގާފައި އޮތް ގޮތުން ބެލެވެނީ ސަރުކާރުގެ ސިޔާސީ ނުފޫޒު ޝަރީއަތަށް ފޯރުވާފައިވާ ކަމާއި ގާޟީން މައްސަލަ ބައްލަވާފައިވަނީ މިނިވަންކޮށް ނޫން ކަން،" އީސީއާރުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށްލި ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި އިންސާނީ ހައްގުތައް ނިގުޅައިގަތުމާއި ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އެމަނިކުފާނާމެދު ޝަރީއަތް ހިންގި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޔޫރަޕްގެ އިއްތިހާދަށް ގޮވާލާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު އިސްލާހު ކުރުމަށްވެސް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.

އީސީއާރް އަކީ 2009 ވަނަ އަހަރު ވުޖޫދަށް އައި ސިޔާސީ ހަރަކާތެކެވެ. އެ ހަރަކާތާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އެ ޕާޓީތަކަކީ ޔޫރަޕްގެ އިއްތިހާދާއި ޔޫރަޕްގެ ކައުންސިލާއި ކޮމިޓީ އޮފް ރީޖަންސް އަދި ނާޓޯ ޕާލިމަންޓްރީ އެސެމްބްލީގައި ތަމްސީލު ކުރާ ޕާޓީތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޚާލިދު

    މީސިޔާސީޙުކުމެކޭ ކުއްސާބިތުކުރުވީއޭ ބުނަނީ މިހުރިހާކަމެއް މިހެންހުރެފަ ޝަރުޢީދާއިރާ ޤާނޫނީހުސްކަމެއްގެތެރޭގައޮއްވާ ޙުކުމްކުރީމަ

    127
    9
  2. މޮޔަބެ

    ދުނިޔޭގެ މިފަދަ ޕާޓީތަކުން ރ.ޔާމިން ދޫކޮށްލުމަށް ގޮވާލަނީ ރަގަޅަށް އެޝަރީއަތް ހިނގި ގޮތް ބައްލަވާފަ. ޝުކުރިއްޔާ، ރ.ޔާމިންދޫކުރުމަށް ދިވެހިރައްޔިތުން ގޮވާލާއިރު މިސަރުކާރަށް އަޑުނިއިވޭ... މިޤައުމުގެ ޝަރުއީ ނިޒާމްވަނީ ފުނޑާލާފަ، އަދުލެއް އިންސާފެއްނެތް... ރައްޔިތުން ބިކަވެއްޖެ، ރައްޔިތުންގެ ފައިސާއިން ވައްކަންކުރަނީ ބަދަލުގެ ނަމުގަ.... ރ. ޔާމިން ދޫކޮށްލާ... ނުހައްގު އަނިޔާ ދިނުން ހުއްޓާލާ...

    114
    11
  3. ރައީސް ޢަބްދުﷲ ޔާމީން (މާފުށި ޖަލުން)

    ތިޔަ ޕާޓީ އަކީ ޔޫރަޕުގައި ހުރި އެންމެ އިސްލާމީ ޕާޓީ! ޝުކުރިއްޔާ ޝިޔާމް!

    86
    4
  4. ރައްޔިތުން

    އެންމެ އާދައިގެ ވިސްނުމުން ވިސްނާ މީހާގެ ޣައިރު ހާޒިރުގައި އެތަނުގައި އިން ދައުވާ ހުށަހަޅާމީހާ ކައިރީ އަހާފައި އޭނާ ބުނި ހުކުމް ގާޒީ ނަގާ ޖަހާލީމާ އެއަށް ޤާޟީ ކުރާ ޝަރީޢަތޭ ކިޔާނީ ދެންފަހެ ކޮންތާކުު ހުރި ބުއްދިވެރިއެއް. އަދި އަލިފު އެގޭ މީހާ ވެސް ބުނާނީ ރޯގޯސް މަރުގޯސް، ވީމާ އެވެރިން އެއުޅެނީ އަބަފިލި، އުބުފިލި އަދި އިބިފިލި ކިޔަންނޭގިގެން.

    77
    5
  5. އަލީ ނިޒާރު

    ސަރުކާރުން ގާޒިންނަށް ނުފޫޒު ފޯރުވި މިންވަރު. މިހިރަގެން ފަޅާ އަރަނީ

    89
    6
    • ޙަބަރުގެ

      ހަހަހަ

  6. ނަރެލް

    ހުރިހާކުދިން ހާދަ ޔޫރަޕްވީ އަންތަރީސް ވެއްޖެ

  7. Anonymous

    ގާނޫނަކީ ކޯންޗެއްކަން ނޭނގޭ އެހެންނަމަވެސް ބުއްދި ސަލާމަތުން ހުރި ހިތުގައި ހަސަދައިގެ ނަރަކަ އުތުރި ނާރާ ކޮންމެ އިންސާނަކު ގަބޫލުކުރާނެ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރާވަރުގެ ހެކި ނެތްކަމާއި، ރައީސް ޔާމީނަށް ކުރީ ޖަންގަލީގެ ސިންގާގެ ހުކުމްކަން. ގާނޫނުގެ ވެރިކަމެއް ދިވެހިރާއްޖެއަކުނެތް.

  8. ޙައުލާ

    އަލީ ރަޝީދުގެ ނުބައިކަމުގެ ރަހަ އޭނާއަށް ﷲ ތަޢާލާ ދެއްކެ ުމީ މިއަޅާގެ ދުޢާ.

  9. ކާގޯ

    ތިޔަ ހުކުމެއް އިއްވި އިސް ގާޒީގެ ސިއްޙީ ހާލަތާ ކޯޓުގެ އިލެކްޓްރޯނިކް ހާލަތާ އިސްގާޒީގެ ގޭގެ އިލެކްޓްރޯނިކް ހަލަތާ އިސްގާޒީގެ މަސްދޯނީގެ އިލެކްޓްރޯނިކް ހާލަތާ އެދޯނީގެ ދެމަސްވެރިއެއްގެ ސިއްޙީ ހާލަތަކީ މިހާރު ކޮބަޔޯކަން މިސޮރުމެންނަށް އެނގޭބާ

    46
    1
  10. Anonymous

    ސިޔާސީ ޙުކުމެއް އެކަންޏެއް ނޫން. އިޖްރާއީ ގޮތުންވެސް ވަރަަށް ބޮޑެތި ގޯސްތަކެއް މި މައްސަލާގައި އެބަހުރި. ރަގަޅަށް ދިރާސާކޮށްފިނަމަ ފެންނާނެ އެ އިޖްރާއާތުތައް. އެންމެ އިޖްރާއާތެއް ގޯސްނަމަވެސް އެ މައްސަލައެއް ޤާނޫނީ ހަމަތަކުން ބަލާއިރު އެ މައްސަލައެއް އެމީބެއްގެ މައްޗަށް ސާބިތެއް ނުވާނެ.

  11. ހައްޕުނޑު

    އެއްކަލަ ޔާނު ސަރުކާރުގަ ގެނައި ފޭކު ގުރޫޕު ދެއްތޯ؟؟ ތިޔަ މީހުންގެ ވާހަކަ ޚުދު ޔޫރަޕިއަން ޔޫނިއަންއިންވެސް ބަލައި ނުގަންނާނެ.. ތިއްބަވާ ބަލަން މި ބުނީ ދޮގެއް ތޯ ހަމަ ކަނޑުގަ އަޅާ ރޮނގެއް ހެން ޗޮކުންދާނީ ވައިގަ ނުހިފާނެ ތިޔަ ބައިގަނޑުގެ ވާހަކައެއް.. ވަގުތަށް މާ ބޮޑު ބަޔަކަށް ވިޔަސް ތިއީ ކަރަޕްޓު ޑަސްބިން ގުރޫޕެއްކަމަށް ޔޫރަޕުން ބަލާބައެއް.. ޤަބޫލު ނުކުރަންޏާ ގޫގުލް ސަރޗް ހަދާލަބަލަ

    17
    66
    • ކޮމޮލިކާ

      އެއީ ފައިސާކޮޅެއް ދިނީމަ ބަޔާން ނެރެދޭ ބައެއް

    • ވެއްޓެނީ

      ހާދަބިރެކޭދޯ، އިންޝާﷲ މިސަރުކާރު ދާނީ ޗޮކުން، އިސްލާމްދީނާ ދެކޮޅު ސަރުކާރު.

    • ވވވ

      ރަނގަޅު މީހުންނާއި ދޭތެރޭ ނުބައިމީހުން އަބަދުވެސް ދެކޭނީ ތިޔަބީދައިން. މީ ދުނިޔެ

  12. ޙެހެހެ

    ޙުކުމް

  13. Anonymous

    ބޭއިންސާފު ޝަރީޢަތްހިންގާ ޙުކުމްމުރާމީހުންނަށް ހުރީ ޖަހައްނަމަ، އެބައިމީހުންނަށް މިދުނިޔެއިންވެސް ހިތިރަހަ ފެނިގެންދާނެ، ރ.ޔާމީނަށް ޙުކުމްއިއްވި ބޮޑުފަނޑިޔާރަކީ މާކުރީއްސުރެންވެސް އެމަނިކުފާނު ޖަލަށްލުމަށް ގޮވަމުންދާ މީހެއް، ވީއިރު ޝަރީއަތް ކިހާ އިންސާފުވެރިވާނެބާ؟ހުކުމްއިއްވި ކުޑައިރުކޮޅެއްގެތެރޭގައި މުޅި ގައުމަށް އެނގިގެންދިޔަކަހަލަ، ހުކުމް އިއްވި ގާޒީގެ ބޮލަށާއި ޝަރީޢަތްހިންގި ކޯަޓަށް ހޮނުއެޅިތަން ދެކުނީމޭ ދަންނަވާކަށްނެތިން އަދި ޙުކުމް އިއްވި ބޮޑުފަނޑިޔާރު ދިރިއުޅޭ ގޭގެ ކަރަންޓުގޮވާ ޓީވީ ބުރުއްސާއިގެންދިޔައޭވެސް ދަންނަވާކަށްނެތިން.

  14. ބޯގޯސް

    ދުނިޔޭގެ ގައުމުތަކަށްވެސް މިހާރު އެގޭ ކުރިއަށް ވުރެވެސް ބޮޑަށް މިހާރު ސަރުއީ ނިޒާމް ގޯސްވެފައިވާކަން .މިހާރު ސަރުއީ ނިޒާމްވަނީ އެކަކުބުނާ ވައްތަރުގެ ރީނދޫ ތައްގަނޑު ޖަހައިދޭ ތަނަކަށް.ބަދަލުވެފާ. އަދި ޖޭއެސްސީ ވަނީ އެމްޑީޕީގެގައުމީމަޖިލީހުގެ ސަރުއީ ގޮތްޕަށް ބަދަލުވެފަ. ދިވެހި ގައުމަށް މިއަށްވުރެ ބޮޑު ނާމާން ދުވަސްވަރެއް ނާދޭ.

  15. ގަބީލާ

    މިސަރުކާރު ހެއްދޭބަޔަކު ހައްދައި ރިސްއަތު ދީގެން ކުރިހުމެއްދޯ މިއީ ކިޑަކުއްޖަކަށްވެސް އެވަރު އެނގޭނެ

  16. ހައްޕުޑު

    ހައްޕުނޑު ކަލޭގައިގަ ހުރިނަޖިހެއް ކަލެއަށްނުފެނުނަސް އެހެން މީހުނަށް ވަސްދުވާނެ އެންމެ މޮޅުބަހަކީ ކަލޭގެ ބަހެއްނޫން ﷲގެ ނިންމެވުމަކީ ކޮބައިކަ ބުނެދީފާނަންޓޯ ހައްޕުޑު ވރ ސލމ

  17. ޖާބެ

    ކޮ ބާ އެމް.ޑީ.ޕީ ބޭރުންގޮވާލީމަ އަވަހައް ދޫކޮށްލާ

  18. ޑަމީ

    ތިކަހަލަ ލާދީނީ ފަރަންޖީން ދަށްކާ ވާހަކަ ހެޔޮ ނުވާނެ ގަބޫލު ކުރާކަށް. ޢަޅުގަނޑުމެންގެ އަހުން ފަލަސްތީނުގަ އާއި އެހެން ގައުމުގަކުގަ މަރަމުން ދާއިރު ޗުށްޕުވެސް ބުނެނުލާވިޔަ!

  19. އަލްޖިބްރާ

    ތިޔަ ނޫނަސް ފައިސާދިނީމާ ފާޑު ފާޑުގެ ރިޕޯރޓް ނެރެދޭނެ ގްރޫޕްތަށް ބައިވަރު !

  20. Anonymous

    މިހާރު މިހުންނަ ނަމުން ޞާލިޙު ގެ ކަންފަތަށް ރީއަޅާފަބާ މިހުންނަނީ . ރައްޔިތުންގެ އަޑެއް ނީވެ.

  21. ހަބީބީ

    ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ބޭރުގައުމުތަކާ ބެހޭކަމެއް ނޫން މިއީ.... ކާކުތަ މިހެން ބުނީ

  22. ޑައެލޯގް

    ޔޫރަޕިއަން ޔޫނިއަނަކީ ޔަހޫދީންގެ މުށުތެރޭގައި އޮތް ބައެއް ވީމާ އެމީހުން ޔާމީނަށް ތާއިދު ނުކުރާނެ އެމީހުން ތާއިދުކުރާނީ ޔަހޫދީންނަށް ބައިތު ހިފާފައިވާ އަންނި ބުނާ ގޮތަކަށް އަދި ތާއިދުކުރިއަސް އަޑިނުބައިކޮށް ތާއިދުކުރާނީ

  23. ވަތަނީ

    ރ ޔާމީން ޖަލަށް ލާފައިވަނީ ކެނެރީގެ އައްނި ސީދާ ނުފޫޒް
    ފޯރުވައިގެންނެވެ. އެމައްސަލަ އަލުން ތަހްގީގްކޮށް، އިހްމާލްވި
    ފަރާތަކާއި ނުފޫޒް ފޯރުވި މީހުންނަށް ފިޔަވަޅު އެޅުމަށް
    ސަރުކާރަށް ގޮވާލަމެވެ. އަދި ރ ޔާމީން ވަގުތުން މިނިވަން
    ކުރުމަށް ގޮވާލަމެވެ.

  24. ނަން

    އަހަންނަކީ ގާނޫނު ކިޔަވާ ދަރިވަރަކީމެވެ. ސިޔާސީ ވާކަށް ނެތީމެވެ. ޢަދުލު އިންސާފުގެ ނިޒާމު އިސްލާހު ކުރުމަށް އެދި އަޅުގަނޑު ވެސް ގޮވާލަމެވެ.

  25. ޓިނު

    ކުރިން ތިމީހުން ގޮވަމުންދިޔައީ ރާއްޖޭގެ ކޯޓްތަކުން ކުރާ ހުކުމްތަކަށް ބޭރު މީހުންނަކަށް އަތެއް ނުބޭނޭނެއޭ ؟

  26. ?ރޮނޑާ

    ބަޔަކު ނެރެފާނެ ބަޔާނަކައް ބަލައިގެނެއް ނޫން އިސްލާމީ ޝަރީ އަތުގައި ހުކުމް އަންނަނީކީ. ކަލޭ މެންގެ މައްސަލަ އަކީ ކަލޭމެންގެ މީހަކު ވައްކަން ކުރީމަ ކަލޭމެންނައް އޯކޭ. ކަލޭމެންގެ މީހަކު، މީހަކު މެރީމަ ކަލޭ މެނައް އޯކޭ.ކަލޭމެންގެ މީހަކު ފާދިރީ އެއްގެ އެހީތެރިކަން ހޯދައިގެން ވެރިކަން ހޯދަން އުޅުމަކުން ކަލޭމެންނަކައް މައްސަލައަކައް ނުވޭ .ކަލޭމެންގެ މީހަކު ޒިނޭކުރަން ފާޅުގައި ހިތްވަރު ދިނީމަ ވެސް ކަލޭމެންނައް އޯކޭ. ކަލޭމެންގެ އަމަލު ހުރި ގޮތުން އަހަންނައް ފެންނަ ފެނުމުގައި. ކަލޭމެންނައް ރައިއްޔަތެއްގެ ވޯޓެއް ހައްގެއް ނޫން.

  27. މަންފާ

    ރ. ޔާމިން ދޫކޮށްލާ މިރާއްޖޭގެ ރައްޔިތުންނަށް އެތކެއް ޚިދުމަތް ކޮށްދެއްވާފަ ހުރި ބޭފުޅެއް ރ. ޔާމީނަކީ .ރ. ޔާމީން އެމްޑީޕީ މީހުންނަށް ތަބަކަށްލާފަ ދިން ސަރުކާރެއްމީ.