ފުވައްމުލަކު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތްދޭން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީ އިން ވިދާޅުވީ ފުވައްމުލަކު ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޑައިލަސިސް ސެންޓަރުގެ ޚިދުމަތް މިއަދު ފަށައިފައިވާ ކަމަށެވެ.

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވާދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

މި ޑައިލިސިސް ސެންޓަރަކީ 3 އެނދުގެ ސެންޓަރެކެވެ. މިސެންޓަރަށް އައްޑޫގައި މަސައްކަތްކުރާ ނެފްރޮލޮޖިސްޓް މަދުވެގެން ކޮންމެ ތިންމަހަކުން އެއްމަހުން ޒިޔާރާތްކޮށް ބަލިމީހުން ބައްލަވާގޮތައް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގައި 7 ސަރަހައްދެއްގައި 60 މީހުންނަށް ޑައިލެސިސް ޚިދުމަތް ދެމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުފައްކިރު.

    މަތިން ބައިން ޖެހި މިސަރުކާރުގެ އާދައިގެ މަތިން ރިބަން ފަށް ކަޑާލި އިރު ފުވައްމުލަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބުމުން ފައްޓަވާ ގޮތަށް ޚިދުމަތާ ގުޅޭ މައިގަނޑު ހުރިހާ މަސައްކަތެއް ރައީސް ޔާމީންގެ ދައުރުގައި ވަނީ ނިމިފަ.

    13
    3
  2. Anonymous

    ޝުކުރިއްޔާ ރ ޔާމީނަށް. މީހަމަ މަލުފޮނި ބޯން އެރި ސަރުކާރެއް. ހުރިހާ ބުރަ މަސައްކަތްޕުޅެއް ކުރެއްވި ރައީސް ޖަލުގޮޅިއަށް ލާފަ ރިބަން ކަނޑަން. ލަދުކޮބާ؟