އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ބަންދުގައި ހުއްޓާ ފިލި މީހާ ހޯދައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ބަންދުގައި ހުއްޓާ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފިލާފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ހޯދުމަށްފަހު މިހާރު އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބަންދުގައި ހުއްޓާ ފިލި މީހާ އަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވަން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލައިގައި ފިލާފައިވަނީ ކާކުކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު