ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، ކިލޯއެއް 70 ރުފިޔާ އަށް އަރައިފިއެވެ.

މި އަގާއި އެކު، ފިޔާ ބަސްތާ އެއްގެ އަގު 1000 ރުފިޔާ އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މި އަގު އަދިވެސް މައްޗަށް ދާނެ އެވެ.

ސަބަބަކަށްވެފައިވަނީ، އިންޑިއާއިން ފިޔާ ވިއްކާ އަގަށް އަނެއްކާ ވެސް ބަދަލުތައް އައުމެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާއިން ފިޔާ އަގު ބޮޑުކޮށްފައިވާއިރު މި ހަފްތާ ތެރޭގައި އޭޝިއާގެ ގައުމުތަކުގައި ފިޔާގެ އަގު ހުރީ ކިލޯއެއް ހަތަރު ޑޮލަރު (61.68ރ) ގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

މީގެ އިތުރުން، އިންޑިޔާއަށް ކުރި ވިއްސާރައިގައި ފިޔާ ދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބުމަކީވެސް ފިޔަލުގެ އަގު މައްޗަށް ދާން ދިމާވި އެއް ސަބަބެވެ. ރާއްޖޭގެ ބާޒާރުގައި ފިޔާގެ ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ އިންޑިއާއިން ގެންނަ ފިޔާގެ އަގު ބޮޑުވި ނަމަވެސް ރަތް ފިޔާ (ޗައިނާއިން އެތެރެ ކުރާ ފިޔާ) ގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ.

ދުނިޔޭގައި ފިޔާގެ އަގު މަތިވުމުން އިންޑިއާގެ ތަމިލް ނާޑޫގެ ފިހާރައަކުން ފޯނެއް ގަތުމުން ފިޔާ ކިލޯއެއް ލިބޭނެ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ނިއުސް މިނަޓް އިން ބުނެފައިވަނީ އެސްޓީއާރު މޯބައިލް ނަމަކަށް ކިޔާ ފިހާރައިން ވަނީ އެފިހާރައިން ފޯނު ގަންނަ ކޮންމެ ފަރާތަކަށް ފިޔާ ކިލޯއެއް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް އެފިހާރަތަކުން އެގޮތަށް ނިންމާފައިވަނީ ބައެއް ފިހާރަތަކުން ފިޔާ މާ އަގުބޮޑު ކޮށް ވިއްކަމުން އަންނާތީ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފިޔާގެ އަގު އިންޑިއާގައިވަނީ އަށްނުފޯރާވަރަށް މައްޗަށް ގޮސްފައެވެ. އެގޮތުން 180 ރުޕީސްއަށް ބައެއް ފިހާރަތަކުން އައީ ފިޔާ ކިލޯ އެއް ވިއްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢަބްދުއްލާ

  ފިޔާ ކިލޯއެއް 70 ރުފިޔާ އަށް ބޮޑުވެއްޖެ

  4 މިނެޓް ކުރިން ( ޑިސެމްބަރު 11, 2019 )
  الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله

  ބޯންއުޅުނު ބޮނޑި މިއޮއް ބޮވެނީ . މޮޔައިންނަށް ރަނގަޅު ވާނީ އަނދަގޮނޑި ބޮޑުވިވަރެއް.

 2. ރާޅު ބޯއީ

  ފިޔާ ވިޔަސް ފަޅޯ ވިޔަސް މި ލާދީނީ ސަރުކާރެއް އައިފަހުން ރައްޔިތުން ހަނާވުން ނޫން ކަމެއް ނުވޭ. ސައިކަލެއް ބައިންދާއިރަށް ސްޓިކާ ޖަހަނީ. ރަކެތީގެ އަގުތައް އުފުލެނީ. ލާ ދީނިއްޔަތު ފަތުރައިފި.. ހާދަ ގޯހޭ.

  39
  2
 3. ާަޕޮގުބާ

  ރަށްޔިތުން ފަނާކުރާ ސަރުކާރެއް މިކަންނިމުމަކަށް ގެނެވޭނީ ރަށްޔިތުންނަށް 2023 އަހަރުގެ. ރިޔާސީ އިންތިހާ ބަށް އެމްޑީޕީއަށް ނޫނެކޭ ބުނެގެން

 4. ޖަޒީރާ

  ދިއްލީއައްދިޔަ ޓީމުންވެސް މާލެއައްނައިރު ރައްޓެހިންނައް ހަދިޔާއައް މިފަހަރު ދޭނީ ފިޔާ ކާފެޓް ހަވާލުކޮއްފަވީ މިފަހަރު ސަފީރައްވެސް ދޭނީފިޔާ ރަސްމީދަތުރެއްވީމަ ފިޔާލިބޭނީ އެސްޖީއޯއައް ފޮރިންގެ ޗައިނާގެ ހިލޭއެހިގަ މަރާމާތުކުރަމުންދާތީ ގެއިންބޭރުގައުޅެނީ.

 5. ފިލާވަޅު

  ރާއްޖޭގަ ނޯންނާނެ ފުޑް ސެކިޔޯރިޓީއެއް މިހެންވެ ވާކަންކަން އަބަދުވެސް އެހެންބައެއްގެ މޯހިރުގަ އޮންނަޖެހޭ ބައެއްގެ ގޮތުގަ މިޤަޢުމު ހިންގަން އަންނަވެރިން ކަންކުރަނީ އެކަމުގެ ނަތީޖާ އެގްރިކަލްޗަރ މިނިސްޓްރީއެއްގެ ނަންބޯޑު ހުރޭ ވާކަމެއް ހަރާން

 6. ރާޅބޯއ

  އެހެން ވީމަ ދޯ ރާޅު ބޯއީ ހަނު ތިހިރީ ވރ ސލމ

 7. Anonymous

  ހުރިހާ އެއްޗެއްގެ އަގު ވެސް ބޮޑުވާނީ ހައްތާ. ރައްޔިތުން ނަށް ދުއްތުރާ. ފެއިލްވެފައި ހުރިހާ ގޮތަކުން ބެލިޔަސް. ނުވިތާކަށް މާތްވެގެންވާ އިސްލާމްދީނަށާއި ނަބިއްޔާއަށް ފުރައްސާރަކޮށްފި. އެކަމަށްޓަކައި ވެސް އިސްތިއުފާ ދޭން އެބަޖެހޭ.ބާލާވެރިކަމާއި މުސީބާތް ނޫން ކަމެއް ރައްޔިތުންނަކަށް މިވެރިކަމުގައި ނުލިބުން. ނާގާބިލް ސަރުކާރު.

 8. އިލްތިމާސް

  މި ގައުމުގައި ވަގުތުން ވަގުތަށް ފިޔާ ހެއްދުުމުގެ މަސައްކަތް ފެށުމަށް މި އަދުގެ ސަރުކާރަށް ގޮވާލަން. ފިޔާ ހެއްދުމަށް ގދ. ގަން ނުލާހިކު ބިން މޮޅުވާނެ. މިރާއްޖެއަށް ބޭނުންވާ ފިޔާ މިރާއްޖޭގައި ހެއްދޭނެ ބޮޑެތި ރަށްތަކުގައި