މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ކުރިން ހިންގި އިމާރާތުގައި ހަދާފައިވާ އިއްޒުއްދީން ސްކޫލުން ޖާގަ ލިބިފައިވާ ދަރިވަރުން ރަޖިސްޓްރީކުރުން މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އިއްޒުއްދީން ސުކޫލުގައި ކުދިން ރަޖިސްޓްރީކުރުން ކުރިއަށްދާނީ މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00 ޖެހުމާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައެވެ.

މި ސުކޫލުގައި ކިޔެވުން ކުރިއަށްދާނީ އެއް ދަންފަޅީގައެވެ. އެންމެ ފުރަތަމަ ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވަނީ ގުރޭޑް 1 ން 6 އަށެވެ.

ދިރާސީ އަހަރު ފެށުނުއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރެވުނު އެންމެ ބޮޑު ސްކޫލު ހުޅުވިގެން ދިޔަކަމެވެ. ހުޅުމާލޭގައި އަލަށް ހުޅުވި ހުރަވީ ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މިއަހަރު އެސްކޫލުގައި ގްރޭޑް 1-9 އަކަށް އަދި ގްރޭޑް 11 އަށް ކިޔަވާދީފައިވީނަމަވެސް އަންނަ އަހަރު ގްރޭޑް 10 އަދި 12 އަށް ކިޔަވައިދޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއަދު

    ސަރުކާރެއްހިންގާތާ 1 އަހަރު ފުރިގެންދިޔައިރު އަދިވެސް އަމިއްލައަތުން އިންދައިގެން ހެއްދި ގަހެއްގެ މޭވާ ބިދެވޭވަރުނުވޭ ހައްތަހާވެސް ،އެމްޑީޕީ މީހުންގެ ބަހުންނަމަ ވަގުރީސްގެ ތަރައްގީމިފެންނަނީ ހަމަ ރައިސްޔާމީނުވަރެއް އަދިވެސް ނެތް މަރުޙަބާރައިސްޔާމީނު

  2. ދިވެހިމިީހަާ

    ޔާމީންގެ ދެމިހުންނަނިވި ޒިކުރާ