އެއްެވެސް މިސްކިތެއްހެ އިމާމަށް ބަންގީގެ އަޑު މަޑުކުރަން އަންގާފައި ނުވާނޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވީ އާއްމު މަސްހަލަތަށްކަމަށްބުނެ ބަންގީގެ އަޑު މަޑުކުރުމަށާއި، ނަމާދުކުރާ ވަގުތުތަކުގައި އަޑު މަޑުކުރަން މާލޭގެ އެއްވެސް މިސްކިތެއްގެ އިމާމަކަށް އަންގާފައިވާނެތޯ އާއްމު ފަރާތަކުން ޓުވިޓަރގައި އުފައްދާފައިވާ ސުވާލަކަށް ރައްދުދެއްވަމުންނެވެ.

އެކަމާއި ގުޅިގެން މޭޔަރ ޝިފާ ވިދާޅުވީ އެފަދަކަމެއް ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިނުވާނޭ ކަމަށެވެ. އަދި އެފަދަ އެންގުމެއް ކައުންސިލުން އަންގާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.

ޝިފާ ވިދާޅުވީ މާލޭގެ މިސްކިތްތަކުގެ ކަންތައްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލްގެ ތެރެއިން ވަކި ކޮމެޓީއެއް އުފައްދަވާފައިވާ ކަމަށެވެ. އަދި އެ ކޮމެޓީގައި ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ފަޒީނާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޒަމީރު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ބަންގީގެ އަޑުމަޑުކުރުމަށާއި، ނަމާދުކުރާ ވަގުތު އަޑު މަޑުކުރުމާއިގުޅޭގޮތުން ކައުންސިލްގެ ތެރޭގައި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ެއއެރ

    ކައުންސިލުން ނުއެންގިޔަސް މޭޔަރުގެ އަމިއްލަ ހައިސިއްޔަތުން ނައަންގަންތޯ

  2. މަސީހު

    އަވަހައް ބޯދަމައިގަނެ އެހެންދެމީހެއްގެބޮލައް މިކަންކަންޑާލީދޯ.

  3. ހަމަާ

    މީ ކޮރަޕްޓް މީހެއް، އެކަމު މީނަ އަށް ފިޔަވަޅު ނޭލޭ

  4. Anonymous

    ކަލޭމެން އަންގައިގެން ކަމައް ހުރިހާ މިސްކިތްތަކުގެ އިމާމުން ދަނީ ބުނަމުން. ލާދީނީ މީހުން ދައްކާ އަދި ބުނާ ވާހަކަ އަކައް އިތުބާރެއް ކުރެވޭކައް ނެތް

  5. ރައްޔިތުން

    ބަންގީގެ އަޑު މަޑުކުރުމަށް ނުވަތަ ޖަހުރިއްޔަ ނަމާދުތަކުގައި ސިއްރުން ކިޔެވުމަށް ނުވަތަ ތަކުބީރުގެ އަޑު މަޑުކުރުމަށް އެއްވެސް ކައުންސިލަކުން އެއްވެސް އޮފީހަކުން އަދި އެއްވެސް ވެރިޔަކު އެންގިޔަސް އެ އެންގުަކަށް އެއްވެސް އިމާމަކު ކިޔަމަންގަންނާކަށް ނުޖެހޭނެ. އެއީ މި ޤައުމުގެ ކުރެވިގެންވާނެ ޢަމުރުތަކެއްނޫން. އެފަދަ ކަންކަމަށް އަމުރުކުރާނަމަ އެފަދަ ފަރާތްތަކުން ފެއްސިގަންނަން ޖެހޭނެ

  6. އަންގި

    އެހެން އަންގާފައިނުވާނަމަ ދެން އަންގަދީފާނަންތޯ ބަންގީގެ އަޑު ތަންކޮޅެއް ގަދަކޮށްލަދޭން. މި ކުޑަ މާލޭގައި އެހާ މިސްކިތް ގިނަ އިރު ބަންގި އަޑުނުއިވުމަކީ މައްސަލައެއް.

  7. އަދު

    މޫޔަރަކައް ވިއަސް ތިކަންކުރާކައް ނޭންގޭނެ. މީމުސްލިމް ގައުމެއް.....

  8. ދަންސޫރަ

    މަޑުކުރެ އަދި އަންގާނެ ބަންގީގެއަޑު މަޑުކުރަން އެގޮތަށް އެމްޑީޕީ ކަމުދާނީވެސް ބަންގިގޮވާއަޑު މަޑުކުރުމަކީ މިސަރުކާރުގެ ސިއްރުން ރާވާފައޮތް މަޢުދެއް

  9. ޖިންނި

    އެކަކަށް ބަންގީގެ އަޑާއި ހެދި އުނދަގޫވާތީ މިސްކިތުގަ ނަމާދު ކުރުންވެސް ހުއްޓުވައިފި އާބާތުރަ ފިލުވަންށޭ ކިޔާފަ މި ލާދީނީ ސަރުކާރަށް ގެއްލުމާއި ހަލާކުހުރި

    14
    1
  10. ހިތާމަ

    މީހަކު ސުވާލެއް ކޮށްފިއްޔާ ބުނާނެ ދޮގެކޭ؟ ސިފާ އަޅެ ބުނެބަލަ ކަލޭ ދުވަހަކުވެސް ކަމަކާ އެއްބަސްވީންތަ؟ ނުވާނެ މިހާރުވެސް ތިއުޅެނީ ކައުންސިލްތެރޭގަައި ކޮރަޕްސަން ޒީރޯއަށް ގޮސްގެން އެވަރުންވެސް އެތެރެއިން ސަކުވާތައް ތިލަވަނީ. ބުނަނީ ދޮގެކޭ. ބަލާނެ ބަޔަކުނެތް. ހޫދު ބުނަނީ ސަކުވާއެއް ލިބިފައެއްެނެތޭ. ކިހިނެއް މިމީހުން ރަނގަލުކުރަން ހަދަންވީ

    13
  11. ވަސްވާސް

    ސުރުޚީއެއް އަޅާޅީތާ.

    6
    1
  12. އިންތިޚާބު

    ވިދާޅުވާން ތިޔަ އުޅުއްވަނީ، އެ ކަމަކީ ކަމަނާއާއި ހިޔާލު ތަފާތުވެފައިވާ ފަޒީން ހިމެނޭ ކޮމެޓީއިން ކައުންސިލަށްނޭނގި ކުރިކަމެކޭތޯއެވެ.
    ކަމަނާގެ ވިސްނުން ތިޔަ ހުންނަނީ ރައްޔިތުން ސަނާ ކިޔާ ކޮންމެ ކަމެއް އެއީ ކަމަނާ ކުރައްވާ ކަމެއްގެ ގޮތުގައި އިސްތިހާރު ކުރުމެވެ. ރައްޔިތުން ހިތްހަމަ ނުޖެހޭގޮތަށް ކުރާކަމަކީ ވަކި ވަކި ކޮމެޓީތަކުން ކުރާ ކަންކަމުގެ ގޮތުގައި ހަދާ ކަމަނާ އެކަމަކުން ބޯ ދަމައި ގަންނަ ގޮތަށެވެ.

    11
    1
  13. ލާދީނީ

    ކޮންމެވެސް ބަޔަކު ކާރީ ތިޔަވާހަކަ ދެއްކީމާ ތިހާ ބިރުންތިއުޅެނީ.

    14
  14. ރާޅު ބޯއީ

    ކަލޭމެންތީ ލާދީނިއްޔަތުން ގޮސް ފޯވެފަ ތިބި ބައެއް. ދޮގާ މަކަރާ ހީލަތުންފުރި ޖަރީވެފަ ތިބި ބައިގަނޑެއް.

    15
    1
  15. ގލޅ

    ބަންގީގެ އަޑުމަޑުކުރުމަށާއި މިސްކިތްތަކުގެ ދައުރު ހަނިކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާނަމަ
    މިހާރުން މިހާރަށް އެކަންތައް ހުއްޓާލުމަށް މާލެ ސިޓީ
    ކައުންސިލަށް ގޮވާލަމެވެ.

    14
  16. ކިނބޫ

    މި ލާަދީނީ އެއްޗެހި ނުކިޔާނެ ރަނގަޅު އެއްޗެއް

  17. ބީޖީ

    އެކަމަކު މަޑުކޮށްފިކަން ޔަގީން. އާސަންދައިން ކަންފަތަށް ވެސް ބޭސް ކުރެވޭކަން ނަސީބެއްނު.

    11
  18. ކޮތަރުބިސް

    ހާދަހާ ދައްޕިލާ ހުދުކޮށްލީ ކިހިނެއްތިހަދާލީ

    • ގޮތެއްނުހަދަން

      ބައެއް މީހުން މާ ބޮޑަށް ހަންގަނޑު ކުލަ އަނދިރިވީމަ ދަތްޕިލަ ހުދުކަމަށް ހީވާނެ. އެއީ ވަގުތީ ކަމެއް. މާދަން ހެނދުނު ހޭލާތަނުން އަޅެ ބަލާލަބަލަ އޭރުން އަސްލު ހުރި ކުލައެއް އެނގޭނީ.

  19. ދުންމާރި1

    ތިޔަ ކަމެއްވާ ނޭނގޭ މީގެ ކުރިން ކޮންމެ ނަމާދު ވަގުތަކު މާލެތެރެއިން އިވެމުންދަނީ ބަންގީގެ އަޑު ނަމާދު ކުރާހިތް ނުވާ މީހަކުވެސް އެއަޑަށް އިޖާބަދިނުމަކީ އެކަށީގެންވާކަމެއް މު ޅި ޖައްވު ގުގުމަލާފަވަނީ ބަންގީގެ މާތް އަޑުން ނަމަވެސް މިހާރުއެހެންތޯ؟ މިސުވާލުކުރަން ނުވެސްޖެހޭ މިހާ މީހަކު ކަނުލާ އަޑުއަހަން ހުއްޓަސް ބަންގީގެ އަޑު ނީވޭ ބުނުމަކީ ކުށަކަށްނުވާނެ މީގެ ކުން ހާއްސަކޮށް ފަތިސްނަމާދު ބަންގީގެ އަޑު ކަންފަތުގާ ޖެހުމުން ނިދިން ހޭލެވޭ ނަމަވެސް މިހާރު ފަތިހުވެސް ބަންގީގެ އަޑު ނީވޭ މީގެ ކުރިން ފަތިސްނަމާދުގެ ކުރިން އިސްލާމީ މަރުކަޛުން މުނާޖާގެ އަޑުވެސް އިވެމުން ދިޔަ ނަމަވެސް މިހާރު އެއަޑެއްވެސް ނީވޭ މުނާޖާގެ އަޑަކީވެސް ހިތައް ފިކަނ ލިބިގެންދާ އަޑެއް ބަންގީގެ އަޑ ގަދަކުރަން ވީމާ މިހާރު ބަންގީގެ އަޑު މަޑުވަމުންގޮސް މިހާރު އަޑުނުވެސް އިވޭ ދެން މިކަމުގަ ޒިންމާވާނީ ކާކުބާ؟ މިކަމާ ރާއްޖޭގެ އިލްމުވެރިން ކަނބޮޑުނުވާކަމީ ހައިރާންވާނހޭ ކަމެއް ބަންގީގެ އަޑަކީ ގަދަޔަށް މުސްލިމުންނަށް އިއްވަންޖެހޭ އަޑެއް މީހުން ޖަމާޢަައް ނަމާދުކުރުމަށް ބާރުޢަޅާ ﷲގެ ގޮވާލެއްވުން މިޒަމާނުގަ ފޯނާ ގަޑިޔާ ހުރެ އޭ ކިޔާފަ ބަންގީގެ އަޑު ކަނޑާލާކަށް ނުޖެހޭނެ ﷲ ގެ މި ގޮވާލެއްވުމުގެ އަޑު މަޑުކޮށްގެން ނުވާނެ މި ހުރިހާކަމަކީވެސް ލާދީނީ ފިކުރު ޤައުމުގަ އަށަގަންނަމުންދާކަމުގެ ހެކި މީ މުސްލިމެއްގެ ގޮތުގަ ހުރެ ކޮންމެ މީހަކުވެސް ހިތާމަކުރަންޖެހޭނެ ކަމެއް

  20. އިންސާފް

    މާރުކޭޓު ކޮމެޓީގަ 4 ކައުންސިލަރުއް ތިބޭކަން ނޭންގޭ މޭޔަރަކު! ހަމައެކަނި އިނގެނީ ފަޒީން އާއި ޟަމީރުގެ ނަން! މުޅި ކައުންސިލް އަކީ މި ދެބޭފުޅުއްނޭތަ ތިވިދާޅުވަނީ! އެހެއްނަމަ އިސްތިއުފާދެއްވާ.