ފަތުރުވެރިކަން ތަރައްގީ ކުރުމަށް އދ. ފެންފުށިން ބީލަމަށްލީ ހަތަރު ބިމުގެ ބީލަން ޓުއަރިޒަމް މިނިސްޓްރީން ބާތިލުކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބާތިލު ކޮށްފައިވަނީ 30 އޮގަސްޓް 2018ގައި ފެންފުށި ތުނޑީ ސަރަހައްދުން 5000 އަކަފޫޓުގެ ހަތަރު ބިން ކުއްޔަށް ދޫކުރަން އިއުލާނު ކުރި ބީލަން ކަމަށެވެ. އަދި މިނިސްޓްރީން ބުނީ މި އިއުލާނު ބާތިލު ކުރީ ޓޫރިސްޓު ގެސްޓްހައުސް ތަރައްގީ ކުރުމަށް ކައުންސިލު މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅޭ އުސޫލުގައި ހިމެނޭ ހުރިހާ ޝަރުތު ތަކެއް ފުރިހަމަ ނުވާތީ ކަމަށެވެ.

އެގޮތުން އެ އުސޫލުގެ ދަށުން ހުޅުވާލެވޭ ބިން ބިމުގައި ގެސްޓްހައުސް ތަރައްގީ ކުރެވޭނެ ގޮތް ބީލަން ފޮތުގައި ހިމެނުމަށް އޮވެއެވެ. ނަމަވެސް ފެންފުށީގެ ހަތަރު ބިން ވެސް ބީލަމަށް ލީއިރު، ކުއްޔަށް ބިން ނެގުމަށްފަހު އެ ބިމުގައި ވަކިވަކި ގެސްޓް ހައުސް ތަރައްގީ ކުރެވޭނެކަން ނުވަތަ ނޫންކަން ބީލަން ފޮތުން ސާފުވާން ނެތް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބީލަމަށް ހުޅުވާލައިގެން، ބީލަމުގެ މަރުހަލާތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް އަދިވެސް ބީލަން ކާމިޔާބު ކުރި ފަރާތާއެކު އެއްބަސްވުމުގައި ސޮއި ނުކުރާކަން މިނިސްޓްރީން ފާހަގަ ކުރިއެވެ. އަދި ބީލަން ބާތިލުކުރީ މި ދެ ސަބަބާ ހެދި ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަބުޅި

    ފެންފުށީ އާމިރު ހަޅުތާލުކޮށްގެން ނަޝީދު އޭތި އަބުރާލަން އެންގީ! ތިތަން ދޭން ނިމިފައޮތީ އިންޑިޔާގެ ބިލިޔަނަރ ވަރުމާޔަށް! ސިމްޑީ ޑީ ޑީ މެދުވެރިވެގެން !