އދ. ކުނބުރުދޫގައި ބުޅަލެއްގެ ސިޒޭރިއަން ހެދި ޙަބަރު މީސްމީޑިޔާގައި ދަޢުރުވާން ފެށުމާއި އެކު، އެ ބުޅަލުގެ ފޮޓޯއެއް ބަލާލުމަށް ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ކެތް މަދުވެފައެވެ.

އެގޮތުން "ވަގުތު" އަށް އެ ޚަބަރު ލިބުމާއި އެކު، ކިޔުންތެރިންނާއި ހަމައަށް އެ ބުޅަލުގެ ސިޒޭރިއަން ހެދި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ހޯދުމުގެ މަސައްކަތް ފެށީމެވެ. އަދި ސިޒޭރިއަން ހެދި ޑޮކްޓަރާއި މަޝްވަރާ ކުރެވި، އެންމެ ފަހުން އޭނާ މި ވަނީ، އެ ފޮޓޯ ތައް "ވަގުތު" އާއި ޙިއްސާ ކޮށްފައެވެ.

ކުނބުރުދޫގައި ސިޒޭރިއަން ހެދި ބުޅާ - ފޮޓޯ -

"ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑަށްވެސް ގުޅި އެ ބުޅަލުގެ ފޮޓޯ ތައް ބަލާލަން ބޭނުން ވެގެން. ވަރަށް ރީތި ބޮޑު ބުޅަލެއް އެއީ. ދެން ސިޒޭރިއަން ހެދިވާހަކަ ބުނީމަ ބައެއް ފަރާތްތަކުން ވަރަށް ނެގެޓިވް ކޮށްވެސް މި ވާހަކަ ތައް އެބަ ނަގާ. ނަމަވެސް އަޅުގަނޑު ޑޮކްޓަރާއި ވާހަކަ ދެއްކިން. އަދި ކަށަވަރު ކުރުން އެއީ ބުޅަލަށް އަނިޔާ އެއް ދިނުމުގެ ގޮތުން ކުރިން ކަމެއް ނޫން ކަންވެސް. އަސްލު އެކަން ކޮށްފަ އެ ވަނީ އޭތީގެ ފުރާނަ ސަލާމަތް ކުރުުމުގެ ގޮތުން." ކުނބުރުދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުނބުރުދޫގައި ސިޒޭރިއަން ހެދި ބުޅާ - ފޮޓޯ -

އެ އަތޮޅު މަހިނބަދޫއިން ޑޮކްޓަރަކު ގެނެސް، ކުނބުރުދޫގައި އޮތް ބުޅަލެއް ސީޒޭރިއަން ހެދި ހަބަރާއި އެކު، އެކަން ހިނގާފައިވާ ގޮތެއް ސާފުކުުރުމަށްފަހު، އެކަމުގެ މަޢުލޫމާތު "ވަގުތު" އާއި ޙިއްޞާކުރައްވަމުން، ކުނބުރުދޫ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، އެއީ އެއްގޮތަކަށްވެސް އެ ބުޅަކަށް އަނިޔާއެއް ދިނުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށާއި، އެއީ އެ ބުޅަލުގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

ކުނބުރުދޫގައި ސިޒޭރިއަން ހެދި ބުޅާ - ފޮޓޯ -

"މިރަށު ޑޮކްޓަރު ގެންގުޅޭ ބުޅަލެއް އެއީ. އޭތި ބަނޑުބޮޑުވެގެން ދާދިފަހުން ވިހެއީ. ޖުމްލަ 3 ބުޅާ ބަނޑުގަ އޮތް. ނަމަވެސް ވިހެއީ 2 ބުޅާ. އަނެއް ބުޅާ އޭތީގެ ބަނޑުގަ އޮތް ކަމެއް އެމީހުންނަކަށް ނޭނގެ. ދެން އެ ބުޅާ ވަރަށް ގަދައަށް ހުން އަންނަން ފެށީ. ދެން ބަނޑުގަ ހަރު އެއްޗެއް އޮވެގެން އިތުރަށް ބެލި އިރު އެނގުނީ އިތުރު ބުޅަލެއްވެސް ބަނޑުގައި އޮތް ކަން. ދެން އެ ބުޅާ ގެންގުޅޭ ޑޮކްޓަރު ގުޅީ، އެފަދަ ތަކެއްޗަށް ފަރުވާ ދީ އުޅޭ ޚާއްޞަ ޑޮކްޓަރަކަށް. ގުޅައިގެން ފުރިހަމަ މަޢުލޫމާތު އެކަމުގަ ހޯދުމަށްފަހު އެކަން ކުރީ. އެއްގޮތަކަށްވެސް އެއީ އަނިޔާ ކުރުމުގެ ގޮތުން ނުވަތަ އެހެން ބޭނުމެއްގަ ކުރި ކަމެއް ނޫން. އޭތި މަރުވެގެންދާތަން ބަލަން ކެތް ނުވީކަމަށް ޑޮކްޓަރު ބުނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޥަރަށް ގަދަ

    ޥަރަށް ރީތި މިސާލެއް.. ވަރަށްހިތްހަމަޖެހޭ މިހަބަރު ކިޔާލުމުން ..

    48
    3
  2. ކާލާ މަންނަ

    ދިވެހިން ދެން މިހާރު ކޮންމެ ކަމެއް މާ ބޮޑު ކުރަނީ. ރަނގަޅޭ ޑޮކްޓަރު ކަންތައް ކުރިގޮތް

    59
  3. އައިމް ސްކުއިމިޝް

    އެފޮޓޯގެ މަތީގަ ވާނިންނެ އް ދިންނަމަ. ޢެ ފެނިފަ އަސަރު ކުރަ މީހުން ވެސް ހަބރުކިޔާނެދަޯ.

    19
  4. Anonymous

    އޯކޭ. އެކަމަކު ކަލޭމެންނަށް މުސްލިމުން މަރުވެގެންދާ ތަން ބަލަން ކެތް ކުރެވޭތީ މައްސަލައަކީ.

    26
    14
  5. ވާނުވާ

    ދެން ތި ކައުންސިލަރު ފުލުހުންނަށް ގުޅާ ތި ހުރިހާ ސަކަރާތެއް ގަތީ ކީއްވެގެން ނޯ؟

    26
    3
  6. ޑަ ލާސްޓް

    ކާފަރެއް ވިޔަސް މި ފަސްގަނޑުގަ ނުކުރާނެ ކުއްވެރިނުވާ ހަމަ އެންމެ ކަމެއްވެސް. ހުރިހާ ދަންނަ މީހުން ތިބީ މިތާ. އެކަމަކު ރަނގަޅު އެއްކަމެއްވެސް ނުކުރާނެ.

    15
    2
  7. އެލެން

    ތިކަހަލަ ރަނގަޅު މީހުން ގިނަ ނަމަ ދޯ.

    25
    1
  8. ސައިއްޓޭ ރ އުނގޫފާރު

    މިބުޅަލަކީ ދިވެހިބުޅަލެއްތޯ އެހެންކަމައްވަނީނަމަ އާސަންދައިގެ ދަށުންތޯ މިސިޒޭރިއަން ހެދީ

    36
    1
  9. ލޯބި ބުޅާ

    ވާއު.. ސޯ ކިއުޓް ކިޓީ 💞

    22
    2
  10. ކިޓީ ލަވް

    އެންމެ ލޯބި ބޭބީ ބުޅާތައް އަދި މަންމަ ބުޅާ💖

    16
    1
  11. ބިޖޫ

    އާސަންދަ އިންތަ ބޭސްކުރީ އެންސްޕާގެ އެހީއެއްލިބުނުތަ

    4
    4
  12. ޏަަންނަ

    މަހިބަދޫ ލިޔަން ނޭނގެނީތަ

  13. ނަޖީބު އައްބާސް

    ތިކަމައް ސޯލުމީޑިއާއި މިފަދަ ނޫސްތަކައް ކުރާ ކޮމެއްޓުތަކުން އެނގޭ ދިވެހިން ތަހުޒީބުގެ ގޮތުގައި ދެވިފަހުރި ހިސާބު! ބުޅަލާ ކުއްތާފަދަ ޖަނަވާރު ވިހާއޮފުރޭ ސަންތަކާ ނުވިހާ އޮފުރޭސަން ކުރުމަކީ ކޮމެދުވަހަކު އެތައް ޑޮކުޓަރުނެއް ހަކާތް ތެރިވާމަކަތަކައް ވިއަސް މިފަދަ ކަމެއް މިތާކުރީމަ ނޫސްތަކުގެ ފަލަސުރުހީން ޖާގަހޯމަކީ ގައުމުގަ ތަންދޮރު ނޭގޭމީހުން ގިނަކަން

  14. ދަވްތޫރް އަބުދުލް އަޒީޒް

    މިޙަބަރުކިޔާލުމުން އިނގެނީ މިގައުމުގައި އިންސާނުންނައްވުރެ ޖަނަވާރުންގެ އަގުވެސް ބޮޑު ނިކަމެއްޗަކު ތިޔައިންހޮސްޕިޓަލެއްގައި ތިޔަކަހަލަ އޮޕްރޭޝަނެއް ކޮއްބަލަ ފުރަތަމވެސް ބުނާނެ އެޑްވާންސް ރުފިޔާ ދައްކަން މީހަކުމަރުވެގެންވެސް ނުނެރެވޭ ރުފިޔާނުދައްކާ ތިޔަ ބުޅަލައް ރުފިޔާދެއްކީ ކޮންބޭފުޅަކުތޯ ބާތްކަރުތާހޭ

    7
    2
  15. ޙިމް

    ޖަނަވާރެއް ވިޔަސް އެމީހަކު ލޯބިން ގެންގުޅެ ބޮޑު ކުރާ އެއްޗަކީ އެމީހެއްގެ ދަރިޔެއް... މަ ނަމަ ވެސް ކެތެއް ނުވާނެ މަގޭ ބުޅާ މަރުވާތަން ބަލަން އެކަމް ރަގަޅު ވެޓްނޭރިއަން އެއް އާއްމު މީހަކަށް ހޯދޭނެބާ ތި ޑޮކްޓަރު ހެން

    8
    2
  16. މާ

    ވަރަށް ލޯބި ބުޅާ 33>> ވަރަށް ބަސްއަހާ ރީތި ބުޅަލެއް

    5
    1