ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތަކެއް ނީލަމުގައި ވިއްކާލުމަށް އެމްޕީއެލްއިން މިއަދު އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅޭ އެމްޕީއެލް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 19 ޑިސެންބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 އަށް އެންމެ ލަސްވެގެން މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 02 ގަޑިއިރު ކުރިން 3328995 ނަންބަރު ފޯނަށް ގުޅުއްވައި ނަން ނޯޓްކުރައްްވަން ވާނެ ކަމަށެވެ.

އަދި ނީލަމުގައި ބައިވެރިވެވޭނީ 21 ޑިސެންބަރ 2019 ވާ ހޮނިހިރު ދުވަހު ރޭގަނޑު 20:00 ގެ ކުރިން އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ކަމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.

ނީލަން ކިޔުން ކުރިއަށްދާނީ 22 ޑިސެންބަރ 2019 ވާ އާދީއްތަ ދުވަހު 14:00 ން ފެށިގެން އެމްޕީއެލްގެ ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައެވެ.

މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ އެ ކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދުގެ ދަށުން ކަމަށާއި އަދި އެ ޤަވާއިދު އެމްޕީއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކު ކަމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥަޒަން

    މީވެސް ވާގޮތެއްތަ،،،،ތި ވާނީ ޑިއުޓީ ބޮޑުވެގެން ނުނެރެވެނީހެން،،،،އެހެންޏާ ފަހެ ކާކު ތި ގޮތަށް ހަދަން ބޭނުންވާނީ

  2. Anonymous

    ނީލަމުގަ ވިއްކަނީ މުދާކަން ނޭންގޭ މީހަކު ނޫޅޭނެ. ޚަބަރުކިޔާ ނިމުނުއިރުވެސް ނީލަންކިޔަނީ ކޯންޗެއްކަމެއްނޭންގުނު.