ރާއްޖޭގައި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތައިލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ތެރޭގައި ބޭއްވި ތަފާތު ބައިނަލްއަގުވާމީ މުބާރާތްތަކުން ވަނަތައް ހާސިލްކޮށްފައިވާ އެޓުލީޓުންނާއި ބައްދަލުކުރައްވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެކި ކުޅިވަރުތަކާއި މެދު ގެންގުޅެމުންދާ ތަފާތު ކުރުންތައް ނައްތާލައި، ބޮޑީ ބިލްޑު ކުރާ ފަރާތަތަކަށް ހުރި ގޮންޖެހުންތަކާއި އަދި އެހެނިހެން ކުޅިވަރު އެސޯޝިއަން ތަކަށް ހުރި ގޮންޖެހުންތަކާއި މެދު ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކޮށް އެފަދަ ކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާމެ ކަމަށެވެ.

އެ ބައްދަލުވުމުގެ ތެރެއިން ރައީސް ވަނީ އެސޯޝިއަންތަކަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ލިބިފައިވާ ތަފާތު ކާމިޔާބީ ތަކާއި ގުޅޭ ގޮތުންވެސް މަރުހަބާ ވިދާޅުވެ އިތުރަށް ވަނަތައް ހޯދުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދެއްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑީބިލްޑް އެސޯސިއޭޝަނުގެ އިސް ފަރާތްތަކުން ވަނީ ވޭތުވެދި އަހަރު ދުވަހުގެ ތެރޭގައި ބޮޑީބިލްޑް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި މާލީ ގޮތުން ސަރުކާރުން ދީފައިވާ އެއްބާރުލުމާއި، ތަމްރީންތަކުގައި ބައިވެރިވުމަށް ފަހކޮށްދީފައިވާ ފުރުސަތުތައް އެ އެސޯސިއޭޝަން އިން ވަނީ ފާހަގަ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިތުރުން ޔޫތް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާ ބޯއީ

    ރައީސް ސޯލިހަށް ހަމަ ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ، އިސްލާމް ދީނަށާއި އެދީނުގެ ލޮބުވެތި ނަބިއްޔާއަށް ހަޖޫޖަހާ ނެރުނު ރިޕޯރޓް އަދުގެ ތުއްތުކުދިންވެސް ކުއްވެރިކުރާއިރު މިކަލޭގެއަށް އެއްވެސް އެއްޗެއް ބުނެލާކަށް ނުކެރޭ. މިވަރުގެ އުރައްޕެއްނެތް މީހަކަށް ކުރެވޭނެ ކަމެއް ހަމަ ހަރާން.

  2. ކަނބުރު

    ސޯލިހޫ ފޮނިނުކަނޑާ ތިޔަށްވުރެމާ ރަނގަޅުވާނެެ ގައުމުން ފިތުނަފަސާދަ nathaaliyyaa.