ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި، މުޙައްމަދު އަނިލްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސ)ީއަށް ހުށައަޅައިފިއެވެ.

އަނިލް އާ ގުޅޭ ތިން މައްސަލައެއް އެ ކޮމިޝަނަށް ހުށައަޅާފައިވާއިރު އެ ތިން މައްސަލަވެސް ހުށައަޅާފައިވަނީ އިއްޔެ އަމިއްލަ ފަރާތަކުންނެވެ. އެ ކޮމިޝަނަށް ހުށައަޅާފައިވަނީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 22 މިލިއަން ރުފިޔާ ނެންގެވިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައަކާއި އެޓަރނީ ޖެނެރަލް އޮފީހުގެ އިސް މުވަައްޒަފުންތަކެއް ވަޒީފާއަށް ހޮވުމުގައި މަޤާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށްބުނެ ހުށައަޅާފައިވާ މައްސަލައެއްގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ކުންފުންޏަށް ސޮވެރިން ގެރެންޓީއެއް ދިނުމަށްޓަކައި އެ ކުންފުނިން ރިޝްވަތު ނެގިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެކެވެ.

އަނިލް އަކީ އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބުއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ފަރާތެކެވެ.

އެގޮތުން އެމްއެމްޕީއާރްސީއިން ރަށްތަކާއި ފަޅުތައް ކުށްޔަށް ދީގެން ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި އިރު އެކަން ކުރިއަށް ގެންދަން އަނިލް އިރުޝާދު ދެއްވި ކަމަށް ހިޔާނާތް ހިނގި އިރު އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރުކަމުގައި ހުންނެވި އަބްދުﷲ ޒިޔަތު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ސިޔާސީ ދާއިރާ އިން އަނިލް މިހާރު ނުފެނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާވަޑި ފަލާހް

    ތީނައަށް ޤާނޫނު އެނގޭކަމާމެދު ސައްކު،،، ސުޕްރީމްކޯޓްގެ އަމުރެއްލިބުމުން މިބުނަނީ އަމުރު ދިރާސާކުރަނީއޭ، އޭގެފަހުން މީނަ ރައީސް މީހާއަށް ލަފާދެނީ ކުއްލިހާލަތު އިޢުލާނުކޮށް ސުޕްރީމްކޯޓުގެ ފުރާޅުން ޓިނުނަގައިގެން ފަނޑިޔާރުން ހައްޔަރުކުރަން، މީކޮންކަހަލަ ބަންޑާރަނައިބެއްތޯ

    5
    17
  2. ޖަޒީރާ ބޯއީ

    އެއްވެސް ކަމެއްނުކުރެވޭނެ، އަނިލްގެ އަތުގައި އެބައޮތް ރައީސް ސޯލިހުގެ ރިމޯޓް. ނަގުލަށް ފިތިފަ ތިބެންޖެހޭނީ.

    19
    1
  3. ސާ

    ރައީސް އިބޫ ސޯލިހު 30 މިލިޔަން ރުފިޔާ އަދީބު އަތުން ގެންދިޔަކަމަށް ބުނެ އޭސިސީއަށް ލާފައިވާ މައްސަލާގެ އެއްވެސް ވާހަކައެއް ނުދައްކާ ތިތިބެނީ ބަލަގަ ގާނޫނު އަރާހަމަކުރާނެ.

    21
    1
  4. ކަންދިކަމަނާ

    އަނިލްގެ ފަހަތުގައި އެއްވެސް ކިލަންބުކަމެއްނެތް، ތިޔައުޅެނީ ރައީސް އިބޫ ސޯލިހުގެ ކަރަޕްޝަންގެ މައްސަލައެއް ަޭސިސީގައި އުޅޭތީ އެކަން ހިންދަންވެގެން ޖައްސާހާ ސްޓަންޓު.

    19
    1
  5. ބަރުޖޯރާ

    ކުރީގެ ބަންޑާރަ ނައިބު އަނިލް އަކީ މިހާތަނަށް ބަންޑާރަ ނައިބު ކަންކުރެއްވި އެންމެ ކޮލިޓީ ބޭފުޅާ، ތިޔަ ދައްކާއެއްވެސް ވާހަކައެއްގައި ނެތް އޮއްޓަރެއް.

    24
    3
  6. އަހުމަދު އުސްތާޒް

    މިސަރުކާރަށް އޮތީ ދައުލަތުގެ ފައިސާ އަމިއްލަ ހިއްސާވާ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިނުމާއި މިސަރުކާރަށް ބިރު ގަންނަ މީހުން ޖަލުތަކަށްލުން. ލަފާކުރެވެނީ 2 އަހަރު ފުރިހަމަ ނުކުރެވޭނެކަމަށް މިސަރުކާރަކަށް ވެރިކަމުގައި.

    20
    1
  7. ބޭކާރު

    މީވަރަށް ހެއްވާކަމެއް. އެމްއެމް ޕިއާރުސީގެ ފައިސާ އެމްޑީޕި އަށް ނިސްބަތް ވީ މީހުން ބޭނުކުރި ވަރު މަދީތަ؟ އަދިވެސް އެމްޑީޕީ އަށް ނިސްބަތް ވާމީހަކު ހައްޔަރު ނުކޮށް ކުރީގެ ސަރުކާރު މީހުންގެ ފަހަތުން ނުނެއްޓިގެން ތިއުޅެނީ. އިބޫ ޞާލިޙު އަކީ ޢަމަލާ ބަސް ދިމާނުވާމީހެއް. ވާހަކަ އާބަސް މަގު ވަރު ވަރަށް ރީތި ދެފުއް ކެހެރިއެއް. ވާހަކައިން ވަރަށް ތެދުވެރި ހުރިހާ މީހުން ހަމަހަމަ އެކަމަކު ޢަމަލުން ސުމެއް.

    20
  8. ދަތްދޫނި

    މީނަވެސް ހައްޔަރުކުރޭ. ރައްޔިތުންގެ ފައިސާ އަށް ޙިޔާނާތް ތެރި ވި މީހުންގެ ތެރޭގައި ހިމެނޭ އެކަކު ތިއީ.

    5
    15
  9. ކޮރަކަލި

    ޒީރޯޓޮލޮރެންސް ކޮރަޕްޓްސަރުކާރު ރައްޓެހިންނަށާ ޕާޓީކުދިންނައް ބަދަލުދޭސަރުކާރު

  10. މޮޔަބެ

    ވަރަށް ގާތް، މިގޮލާ ތިމަޅިފަތީގައި ޖެހުނުކަން.ރ.ޔާމިނަށް ވިހަރާމްކޯރުގެ ރަހަ ކަރުތެރޭލަނީ، އަދިވެސް މިފަދަ މޮޓާ މިނިސްޓަރަކު ވަރަށް ސިއްރުން އެބަވިޔަފާރި ކުރައްވާ ..ޑރ.ކޯ... ހިފަންޖެހޭނެ،، ރ.ޔާމިނެއްނޫން ކަރަޕްޓް ހިންގެވީ... ހުރިހާ މީހުންކާފަ ނުހައްގު އަނިޔާ މައުސޫމް މީހަކަށް... އަހުމަދުއަދީބުގެ ބޯކާލި ގުރޫޕް އަކީ ކޮބާ...ދެން ސޯލިހު ކިޔާ ބޭފުޅަކު 30 މިލިއަން ކެޔޯ، ބަލަ ނޮހޯދޭތަ...

    3
    1