އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ޖުވެނައިލް ކޯޓުގެ ޤާޒީ އަބްދުލްބާރީ ޔޫސުފް ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން އަބްދުލްބާރީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭވަރަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަނުން ކަމަށާއި، އެކަން އަންގާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައި ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކަމާއި ގުޅިގެން ޤާޒީ ބާރީގެ ސުލޫކީ މައްސަލަބެލުމަށް ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ޤާޒީ އަބްދުލްބާރީ ޔޫސުފް ވަގުތީ ގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާކަމަށެވެ.

ޤާޒީ ބާރީ ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ޤާޒީކަންވެސް ކުރައްވާފައެވެ. އަދި އެ މަގާމުގައި ހުންނެވި އިރު ސިޔާސީ އެތައް ބައެއްގެ މައްސަލަވެސް ބާރީ ވަނީ ބައްލަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޖަޒީރާ ބޯއީ

  އެމްއެމްޕީއާރސީ ގެ ފައިސާ ގެ ތެރެއިން އެންމެ ބޮޑު އަދަދެއް އެއްފަހަރާ ގެންދިޔައީ ރައީސް ސޯލިހު މިކަން ދެނެހުރި 2 މީހުން ނަށް ހިޔާވަހިކަންދީފައި ބައިތިއްބާގެން ގާޒީންނަށް ބިރުދެއްކުން ނޫންކަމެއް މިސަރުކާރުން އެބަކުރޭތަ.

  30
  2
 2. ޒިއުރިޗް

  އެމްއެމްޕީއާރސީގެ ފައިސާގައި ނުޖެހޭ އެއްވެސް މެންބަރެއް މިނިސްޓަރެއް މިސަރުކާރުގައިނެތް އަދި މިކަންކަން ބެލޭނެ ދުވަހެއް އަންނާނެ.

  27
  1
 3. ކެންދޫ

  ބާރީމެންނައް ހުންނާނީ ރާކަނިމަސް ކެވިފަ. އެމްޑީޕީ އުފެދުނީއްސުރެ މިވަރެއްނެތިގެން އުޅުނު އަންނި ބާރީއައް ފިސާރި ކުޅި ދައްކާލާފި

  23
  3
 4. މުފައްކިރު

  ބެންޗްގެ މީހަކަށް ވީމަ.

  17
  1
 5. ދަންތޫރަ

  އަވަހަށް ތިޔަ ސޮރު ހައްޔަރުކުރޭ. ޤައުމަށް ހުރި ނުރައްކަލަކަށްވުން އެކަށީގެންވޭ.

  5
  14
 6. Anonymous

  އެމްއެމް.ޕީއާރ.ސީގެ ވަގުފައިސާގެ 35 މިލިޔަން ޑޮލަރ ވަގު އަދީބު އަތުން ރައީސު އިބޫސާލިހު ގެންދިޔަވާހަކަ އަދީބުގެދުލުން ފާޅުގާ މުޅިދުނިޔެއަށް ހާމަކޮށްފައިވާއިރު މިއީ ނުހިންގާ ކަމަކަށްވަނީތަ އެހެންމީހުން ބޮލުގައި ދަތިއެޅުވީމާ؟؟ އެކަމަށް އަދީބަށް ވީވައުދު ފުއްދަން އެހެރީ އޭނަގެ އެއްވެސްކުށެއްނެއް ހުދު ކާފޫރުކޮޅަކަށް ހަދާފަ މިނިވަންކޮށްފަ!!! ޢެއްމައްސަލައެއްގައި ބެދިފައިވާ އެތައްބަޔަކުތިބިއިރު ވަކިބަޔަކަށް ޝަރީޢަތްހިންގުންތޯ އިންސާފަކީ؟؟ ﷲ ހުރިހާކަމެއް މޮޅަށް ދެކެ ދެނެވޮޑިގެންވެއެވެ. ގާނޫނު އަރާހަމަކުރާނެ.

 7. Anonymous

  އެމްއެމްޕީއާރސީ ގެ ފައިސާއިން އަދީބު ލާރިދައްކާފަ ފްލެޓްތައް ގަނެދީފައިވާ ސުޕުރިންކޯޓުގެ ކުރީގެ ފަނޑިޔާރުން، އެފް.ޑަބްލިޔު އާއި ރެހެންދި ފްލެޓްގައިވެސް މިހާރުވެސް ދިރިއުޅެމުން އެދަނީ، އެއްމައްސަލައެއް ރައްދުވާ އެތައްބައެއްތިބިއިރު ވަކި މީހުންގެ މައްސަލަ ބެލުންތޯ އިންސާފަކީ،؟؟

 8. ވަޒީރެއާލާ

  ސުލޫކީމައްސަލަ ސާބިތުވާނެ. ވަޒީފާއިން ވަކިކުރުމަށް ކޮމެޓީން ފާސްވާނެ. ބާރީ އަވަހަށް އިސްތިއުފާގެސިޓީލިޔެ ސޮއިކޮށްފާ ބާއްވާ.

  1
  1
 9. ކާފަބޭ2019

  ކަމުންވެސްސޯލިހަކަށްވެ އެމް އެމް ޕީއާރުސީގެ ހުރިހާފައިސާއެއްޖަމާވި ހުރިހާމީހުންގެނަންތައް އިއުލާނުކޮށް ފަޓާސްބަރިއެއްގަހުޅުރޯކޮށްލީމަ ގޮވާގޮތަށް ރާސްޓަސްލާފަ ނިކަންޝަރީއަތަށް ފޮނުވާލަބަލަ ބޭނުންވާވަކިބަޔަކަށް އަމާޒުކޮށްގެން ތިޔަކަންކުރަންއުޅޭނަމަ އަދި މިނޫންދުވަހެއްވެސް ކުރިމަތިވެދާނެ އޭރުންމަންޒަރުވަރަށްހަޑިވާނެ ވިސްނަވާލަށްވަވާ!!!!!

  • ދޮގެއް؟

   ތިހެން ހަދަންޏާ އެންމެ ފުރަތަމަ ބަލަން ޖެހެނީ އެމީހާގެ މައްސަލަ. 32 މިލިއަނޯ

 10. ގަންޖާބޯ

  އެންމެ ގިނަ ފައިސާ ކާލި "ބޮޑުމީހާ"ވެސް ހިމެނޭ ގޮތަށް އޭރުގެ ރީނދޫ ވަގު މެންބަރުންތައް ކޮބާ؟ ހުރިހާ ވަގުންތައް ބުރީހަންނަގާ ދުވަސް އެބައާދޭ އިނގޭ

 11. ސަނާ

  ބާރީ އެކަނިތަ ސަސްޕެންޑް ކުރަން ފެނުނީ ކޮބާ މިސަރުކާރުގެ ބޮޑުން ވެރިން