އައްޑޫ ސިޓީގެ ތިން ރަށެއްގެ ބިން ހިއްކައި 25 ކިލޯމީޓަރުގެ މަގު ހެދުމަށް އެއް ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ބަޔަކާ ހަވާލުކޮށްފިއެވެ.

ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި 228 ހެކްޓަރުގެ ބިން ހިއްކައި 25 ކިލޯމީޓަރުގެ މަގު ހަދަން ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 1221 ދުވަސް ތެރޭ ފުރިހަމަ ކުރާ ގޮތަށް ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝީޔާ ޕްރައިވެޓް ލިމިޓެޑާ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކުރި "އައްޑޫ ވިޝަން"ގެ މައްޗަށް ބިނާވާ މި މަޝްރޫޢުތަކުގެ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީއާއި، ޑިޒައިން މަސައްކަތް މި ދެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިޔަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ. އެ ގޮތުން މި މަޝްރޫއު އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 71 މިލިއަން (1 ބިލިއަން ރުފިޔާ) ޑޮލަރަށެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫއިން 90 ހެކްޓަރު، މަރަދޫ،މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިޒޯޓް ތަރައްޤީކުރުމަށް އިތުރު 25 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީއަކީ ސަރުކާރުން އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    މިސަރުކާރުން އަނގައިން ފޮޑިއެއް ޖަހާފައި އައްޑޫސިޓީ ތަރައްގީ ކޮށްފިއެވެ. މި ބިޔަ ޕްރޮޖެކްޓު ހިންގާ ފައިސާފުނީގެ %75 ކުރީގެ ކޮންވެންޝަން ސެންޓަރާއި މަގުހެދި ފައިސާގަނޑުވަން ޖީބުތަކަށް ވަންނާނެތާއެވެ. ކޮންވެންޝަންސެންޓަރު ހަދާފައިވާ ކޮލިޓީވެސް ވާރޭވެހޭދުވަހު އެތަން ދުށްމީހުންނަށް ވަނީ ފެނިފައެވެ

    14
    4
  2. ލަބީބު

    ކައުންސިލް އިންތިޚާބަށް މަޅިފަތިތައް އަތުރާލަނީ!

    14
    3
  3. ނަސީދު

    ސަޅި ކަމެއް ދެންރާއްޖެ ބަދަލުވެގެންދާނީ ވަރުގަދަ އިންޑިޔާ ސިޓީއަކައް ވަރައްސަލާމް ޗައިނާސަރުކާ އަތްދަށުނުވާ އުޅެނިކޮން މިތްދަސުވީ އެއައްވުރެ ހިޔަޅުކަންބޮނޑު ބަޔަކާ

    12
    3
  4. ާރަސީދު

    މިތާނގަ ބަޔާންކޮށްފަ މިވާމަގުތަކުގެ ތެރޭގާ ހިތަދޫއާރޭފް ތެރޭންމިވަގުތު ހަދަމުންއެދާ އިންޑިއާގެ މިލިޓަރީބޭސް ކައިރީގަގައޮށް ލިންކު ރޯޑު ދާނީ ހިއްކަން ހަމަޖެހިފަވާ ސަރަހައްދުންކަން ވަނީ އެނގިފަ އެއީ އިންޑިއާއިން ވެސްބޭނުންވާގޮއް،

    12
    1
  5. ދަވްތޫރް އަބުދުލް އަޒީޒް

    ތިޔަކަމުން އައްޑުގެ ރައްޔިތުންނައް ކުރާނެ ފައިދާއެއްނެތް ތިޔަހިއްކާ ބިންތައް ހުންނާނީ ބުޅަލާ ވާލާ ކާޅު ސީލާން މިގައުމުގައި ކިތައްރައް ހިއްކާފައި ތިގޮތައް އެބައޮއްތޯ ތިޔޮއް ހިންނަވަރުގަވެސް އެބައޮއް ކާޅު ގުއިރޭން ރައްޔަތުން 10 ފޫޓް 10ފޫޓް ގޮޅިއެއްގައި 3، 4 ކުދިންގޮވައިގެން މާލޭގެ ރައްޔަތުންވެސް ހަމަ މިހާލުގއި ސަރުކާރުން ބިންހިއްކާފައި ހިސޯރުކޮއްބާއްވާފައި ފުލެޓްގެ ނަމުގައި ރިޔަލް ސްޓޭޓް ވިޔަފާރި ނިކަމެތި ރައްޔތުންނައް ތިޔަވާހަކަ ތިޔައްއީ ލޯކަލް ކައުންސިލް އިންތިހާބް އައްޖައްސާ ސްޓަންޓެއް ވެދުން

    15
    1
  6. ޙައްގުބަސް

    މަޝްރޫއު ހިންގުން ހަމަ ރަގަނޅު! އިންޑިޔާއިން ދިން 800 މިލިއަން ޑޮލަރުގެ ލޯނުގެ ތަރެއިން 71 މިލިއަން ޑޮލަރު (1 ބިލިއަން ދިވެހި ރުފިޔާ) އަށް އައްޑޫގެ ބިން ހިއްކުމާ މަގު ހެދުން މިޙަވާލުކުރީ އިންޑިޔާގެ ދެ ކުންފުންޏަކާ! އެމީހުން ދިން ލޯނުގެ ފައިސާ އަނބުރާ އެގައުމުގެ ކުންފުނިތައް މެދުވެރިކޮޡް އެގައުމަށް މިވައްދަނީ! 800 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގެ މައިގަނޑު އެއްނުކުތާ މިއީ އެގައުމުގެ ކުނފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުން! ލޯނު އަނބުރާ ދައްކަންވެސް ރާއްޖެއަށް ޖެހޭ! ދެން ބިންހިއްކުމާ މަގުހެދުން އެމީހުން ކުރިއަށް ގެންދާނީ ބަރޯއާއި އުދައްޔާއި ފަކީރާ ބޭނުންކޮށްގެން! 10 އަހަރުވާއިރުވެސް ނުނިމޭނެ! މަސައްކަތުގެ ފެންވަރު އެހާ ދަށްވެފަ ކަސްވާނެ! ބަލަ ލ ލިންކް ރޯޑު! ފެންވަރުގެ ގޮތުން އެހާ ކޮލިޓީ! މިފެންވަރަށް ތި އިންޑިޔާގެ ކުންފުނިތަކަށް ލާހިކެއްނޫން މަސައްކަތްކުރާކަށް! ޒަމާނީ އާލާތްތައް މަސައްކަތްކުރުމުގައި ބޭނުންކުރާ ބައެއްނޫން އިންޑިޔާއަކީ!! ދެން މިސަރުކާރު އައީ ކުރީ ސަރުކާރުން ދަރަނި ނަގާތީ އެކަން ހުއްޓާލާނަމޭ ބުނެ!! އެކަމަކު ކުރެޑިޓް ފެސިލިޓީއޭ ކިޔާ 800 މިލިއަން ޑޮލަރަށް އިންޑިޔާއިން ލޯނުނަގާ އެމީހުނަށް މިގައުމު އަޅުވެތި ކުރުވޢިފި! އަމިއްލައަށް ކަންކަންކުރުމުގެ ބާރު ކަނޑުވާލައިފި! އެލަހަލަ އެތަކެއް އެއްބަސްވުންތައް ކުރެވިފައިވާކަމަށް ވަނީ! ބުނާނެ އެއްޗެއް ނެތް!

    13
    1
  7. ކާފަބޭ2019

    ތިޔައޮތީި ރަނގަޅަށް ޗައިނާގެ މަޅިންސަޅިކޮށް ސަލާ މަތްވެވިފަ ސަޅިކޮށްއަތްޖަހާ ނުވެގެންހޯބޯލަވާ ހުރިހާކަ މެއް ތިޔަފުރިހަ މަވަނީ ކުރިޚަރަދުދޭންވާނެތާ މމމ މައު މޫނު ބާރަށްއަތްޖަހާ ޤައު މިއްޔަތޭ މިނިވަންކަ މޭ ދެންވެސް ކޮވެލިޝަނުންގޮވާނެތޯ ތި މާމމ މެންކުރީ މަ ހުރިހާކަ މެއްވެސް ކޮވެލިޝަނުގެ މީހުނަށް އޯކޭ!!!

    7
    1
  8. ޙ

    އިންޑިޔާގެ ދަރަނި ދަންތުރަ... ކޮބައިތަ ރޫހާނީ ލީޑަރު އަންނި މިކަހަލަ ވާހަކަ ނޫހެއްގައި ލިޔެލާނެ މީހާކުވެސް ނެއްދޯ

    8
    1
  9. ފަވާޒް

    އައްޑޫގަ ބިން ހިއްކަނީ ޖިންނީންނައް ބޯހިޔާވަހިކަން ފޯރުކޮއްދޭންތަ..

  10. ފަޒީލް

    އައްޑޫގަ ވަޒީފާ އުފެއްދޭނެ ގޮތެއް އަޅެފަހެ ނޭގެނީތަ ހަދަން..

  11. މުހައްމަދު

    އައްޑޫގެ ރައްޔިތުންނޭ މި ރީނދޫ ބައިގަނޑަށް ކައުންސިލް އިންތިހާބުގާ ނޫނެކޭބުނޭ.
    ނުނީ މިއަތޮޅު އިންޑިޔާގެ މިލިޓަ ރީ ބޭހަކަށް ބަދަލުކުރާނެ.
    އޭގެކުރިން މިތިބަ ކައުންސިލަރުން ވެސް ...

  12. ކަނަމަނަ

    ތީ ވަރައްބޮޑްޕުރަޖެކްޓެއް މިހާރު އައްޑޫމީހުން ދެއައް އުފުލާ ދުއާކުރާނެ މިވެރިކަން އިތުރު 10 އަހަރައް ދަމަހައްޓަން

    3
    3
  13. Anonymous

    ޢިންތިހާބެއް ކާރިވެއްޖެ. މޮޔައިންނަށް އަނދުން އަޅުވާދެނީ!!!!!!!!