ބ. ކަމަދޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެރަށް 250 ކިލޯ ވޯޓުގެ އައު ޖަނެރޭޓަރެއް ފޮނުވައިފިއެވެ.

ކަމަދޫއަށް އައު ޖަނެރޭޓަރެއް ފޮނުވާފައިވާއިރު އެރަށުގައި މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ކަރަންޓު ކެނޑޭތީ މުޒާހަރާވެސް ކޮށްފައެވެ. އެފަހަރު އެރަށުން ކަރަންޓު ކެނޑިފައިވަނީ އެރަށުގައި ބޭނުންކުރާ 250 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ބެޓަރި ގޮވައިގެންނެވެ.

އަލަށް ފޮނުވި ޖަނެރޭޓަރާ އެކު އެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުވާނެ ކަމަށް ފެނަކާއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަންސޫރަ

    މަރުހަބާ ރައީސްޔާމީން ބޭފުޅާކޮއްދެއްވި އަގުހުރި މަސައްކަތުގެ ފައިދާ ރަށްޔިތުންނަށް މިހާރު އެބަ ފެނެ

  2. ާފަތޭ

    ކައުން ސިލް އިންތިހާބު ކައިރިވަނީ.

  3. ތަޣައްޔަރު

    ތީތަ ފަހުގެ ރިނުބަލް އެނޭޖީ ޖަނަރޭޓަރަކީ؟