އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް، އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެވޭނީ މިއަހަރު ނިމުމާ ހަމައަށް ޕާޓީގައި ރަޖިސްޓްރީ ވެފައި ތިބި މެމްބަރުންނަށް އެކަނި ކަމަށް އެޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމައި އިއުލާންކޮށްފައިވަނީ މިއަދު އެވެ. އެހެން ނަމަވެސް އެ ޕާޓީގެ ޕްރައިމަރީ ބާއްވާނެ ތާރީޚެއް އަދި އިއުލާން ނުކުރެއެވެ.

ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، އެކަން އާންމުކޮށްފަ އެވެ. އެކަމަކު އިންތިޚާބަށް ކުރިމަތިލާން އަދި ހުޅުވައެއް ނުލަ އެވެ.

ކިޔުންތެރިންގެ ހިޔާލު