އައްޑޫގެ މަގު ހެދުމުގެ މަޝްރޫއާއި ބިން ހިއްކުމުގެ މަޝްރޫއު ޑިޒައިން ކުރުމަށް އިންޑިއާ ދެ ކުންފުންޏަކާ ހަވާލު ކުރުމުން އެކަމާ މެދު ކުރީގެ ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ހިތްހަމަ ނުޖެހުން ފާޅުކޮށް މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިއާގެ ކަސޯޓީގައި މުޅި އައްޑޫ ޖެހިއްޖެ" ކަމަށެވެ.

އިންޑިއާގެ ބޮޑު ޕްރޮޖެކްޓެއް އައްޑޫގައި ފައްޓަން ނިންމުމާއެކު މުސްތަފާ ވަނީ އައްޑޫގެ ރައްޔިތުންނަށް މަލާމާތް ރައްދު ކުރައްވަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކުރި "އައްޑޫ ވިޝަން"ގެ މައްޗަށް ބިނާވާ އެ މަޝްރޫޢުތަކުގެ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީއާއި، ޑިޒައިން މަސައްކަތް މި ދެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިޔަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ. އެ ގޮތުން މި މަޝްރޫއު އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 7.1 މިލިއަން (100 މިލިއަން ރުފިޔާ) ޑޮލަރަށެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫއިން 90 ހެކްޓަރު، މަރަދޫ،މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިޒޯޓް ތަރައްޤީކުރުމަށް އިތުރު 25 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމީ

    މުސްތަފާބެ ދެރަވީ ދޯ؟ ވަރައް ސަލާމް ހެހެހެ،،،،،،،،،،،،،،،،،،،،،،

    8
    37
  2. ހޯރަ ބޭ

    ތެލި ތެލި ތިބެންޖެހޭނި

    6
    32
  3. ކަސއުޓީކީޒިންދަގީ

    މުސްތޮފާބެ ބުންޏަސް ރަނގަޅުވާހަކައެއްޗެއް ބުނެފިއްޔާ ބުނެވޭނީ އެއީހަމަރަނގަޅުވާހަކައެކޭ އައްޑޫމީހުން އިންޑިޔާގެ ކަސައުޓީގަ ހަމަރަނގަޅައްވެސް ޖެހިއްޖެޔޭ

    44
    3
  4. މުހައްމަދު

    އޭއި! ކަލެއަށްކަމަކު ހަގީގަށް ފޮ ރުވަން ނޫޅޭ.
    މީއަށްޑޫމީހުންގެ ލޮލުގާއެޅުވި އަންދުނެ. އެމްޑީޕީ މީހުން ކައުންސް އިންތިހާބުގާ ވޫޓްހޯދަންވެގެން.
    ރައްޔިތން ވާވައްދަންވެގެން އެއުޅެނީ...

    44
  5. ސީނުކަރަ

    ކަސޯޓީ ޒިންދަގީ

    32
  6. ޢަންސާރު

    ޢައްޑޫ ގަ ގިނަވާނީ ލާދީނަި މީހުން

    16
    9
  7. ހުސޭނުބޭ

    އޭތް މަވެސް ބެލިން ކަސޯޓީގެ ފުރަތަމަ އެޕިސޯޑު! އެ އެޕިސޯޑުގައި ފެންނަނީ ބަޖާޖު ރައްޔިތުންގެ މަޖިލީހުގެ ފާރުމަތިން އަރާތަން! އެވަގުތު ކޮމަލިކާގެ އަމުރަށް ސިފައިން ބަޖާޖު ހަމަ އެ ފާރުމަތިން އެއްލާލާ! އޭތް! އެއީ އަނެއްކާ ތިމަރަ މުސްޠަފާއެއްނޫންތަ؟

    6
    11
  8. ރަސީދު

    ޖާބިރު މޮޔަ ގޮވިޔަސް މިފަހަރު ތިބުނީޔަކީ ވިސްނުންތެރި ބަހެއް

  9. މުޙުތަރަމް

    އިނގިރޭސިން އަތުން ރާއްޖޭގެ މިނިވަންކަން ހޯދިފައިވަނީ ވަރަށް މަސައްކަތުން. ދެން އިންޑިޔާއަތުން ރާއްޖެ މިނިވނަް ކުރުމަށް މީހަކު ނިކުންނަންޖެހޭނީ.އެދުމެއްނެތި ވެދުމެއް އެއްވެސް ބަޔަކު ނުކުރާނެ. މިއީ ޙަޤީގަތް. އަދި އިންޑިޔާގެ ޤާނޫނުތައް ވެސް ދިވެހިރާއްޖޭގައި ތަންފީޒްކުރަން މަޖުބޫރުވާނެ. އެކމަށްވެސް އެދިގެން ތިބި ބަޔަކު ރާއްޖޭގައި އެބަތިބި. ހިތްވަރު ދޭބަޔަކުވެސް އެބަތިބި.