ޑީއާރްޕީގެ ލީޑަރ، އަބްދުﷲ ޖާބިރު، ގާފަރުގެ މިސްކިތް އެއާކޯން ކޮށްދެއްވާފައި ވަނިކޮށް، އެތަނުގެ ކަރަންޓު ބިލް ނުދައްކާނެ ކަން، އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ޕާޓީ އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު، އަބްދުﷲ ޖާބިރު ވަނީ އޭނާގެ ދާއިރާގައި ހިމެނޭ ގާފަރުގެ މިސްކިތް އެއާކޯން ކޮށްދެއްވާފައެވެ. މިސްކިތްތަކުގެ ކަރަންޓު ބިލް ދެއްކުމަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކޮށްދޭން ޖެހޭ ކަމެއްކަމަށްވާއިރު، މިކަމާ ގުޅިގެން ދިވެހި ރައްޔިތުންގެ ޕާޓީ އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތަނުގެ ކަރަންޓު ބިލް ނުދެއްކޭނެކަން އެ ޕާޓީއަށް މިހާރު އަންގާފައިވާ ކަމަށެވެ.

"ޑީއާރުޕީގެ ލީޑަރ ވަނީ ގާފަރުގެ މިސްކިތް އެއާރކޯން ކޮށްދެއްވާފަ. ނަމަވެސް މިއަދު ވަނީ އެތަނުގެ ކަރަންޓް ބިލް ނުދެއްކޭނެކަން އަންގާފަ. ލީޑަރ ސަރުކާރަށް ގޮވާލަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އެއާރކޯންކޮށް، ސޯލާރ ބޭނުންކޮށްގެން ނަމަވެސް ކަރަންޓް ދެވޭނެ ގޮތް ހަމަޖެއްސުމަށް." މިކަމާއި ގުޅިގެން ޑީއާރުޕީން ކޮށްފައިވާ ޓްވީޓުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު، ޢަބްދުﷲ ރިފާޢު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން ގާފަރުގެ މިސްކިތުގެ ކަރަންޓު ބިލް ނުދައްކާތީ، އެކަމާ ގުޅިގެން އެ މިސްކިތުން ކަރަންޓު ކަނޑާލަން އުޅޭ ކަމުގެ އިޝާރާތެއް މިހާރު ލިބިފައިވާ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު، ޢަބްދުﷲ ޖާބިރު ގެންދަވަނީ ދާއިރާގެ ތަރައްޤީއަށް އެތައް މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. އެގޮތުން ގާފަރުގެ މިސްކިތުގައި ޖާބިރު ހަރަދުގައި ހިނަވާގެއެއްވެސް އަޅާފައިވާ އިރު، ކާށިދޫ ތަޢުލީމު ކުރިއެރުވުމުގެ މަޤުސަދުގައި އެ ރަށުގައި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އަޅުއްވަންވެސް ޖާބިރު ވަނީ ނިންމަވާފައެވެ. އޭގެ އިތުރުން އެރަށުގެ މަދަރުސާއަށް ފައިސާގެ އެހީތެރިކަމެއް ވެދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމާއެކު، "ޖާބިރު ފުޓްސަލް ކަޕް" ކާށިދޫ އާއި ގާފަރުގައިވެސް ބާއްވަން ވަނީ ނިންމާފައެވެ.

ގާފަރާއި ކާށިދޫގައި ހިންގަވަން ގަސްދުކުރައްވާ މަޝްރޫޢުތަކުގެ ތެރެއަށް ބޭންކަކާއި ރިހެބިލިޓޭޝަން ސެންޓަރެއް އަޅުއްވާދެއްވާނެ ކަމަށްވެސް ޖާބިރުވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މިއަދު

    ހެހެ ދެންޕޮ ވެރިކަމަށް އައުމުގެކުރިން ވީވަޢުދެއް ރާއްޖޭގެ ހުރިހާމިސްކިތެއް އެއާކޯން ކޮށްދެއްވާނެކަމުގައި މީހަކު ހިލޭސާބަހަށް މިކަންކޮށްދިނީމަ މިއުޅެނީ ބިލުގަނޑުވެސް ނުދެއްކިގެން ހުރިހާވަޢުދެއްހުރީ ރުކުންނުފޭބުނުމީހާގެ ނަދުރަށްވެފައި
    އެގޮތުން
    ކޯލިޝަންގެ ޕާޓީތަކަށް މަޖިލިސް ގޮނޑި
    މަސްވެރިންނަށްހަމައ

    52
    1
  2. ސާބަސް

    ތިޔައީ އާކަމެއްނޫން އެމް ޑީ ޕީ ގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގައި ހުރިއްޔާ ހުރި އަންހެނުން ނަމާދުކުރަން ހާއްސަ ކޮށްފައި ހުރިހާ މިސްކިތެއް ބަންދުކުރި މިކަން ބައެއް ދިވެހިން ހަނދާން ނެތިދާނެ މިފަހަރު ވެރިކަމަށް އައިސް އިސްލާމްދީނަށް ލޯބިކުރާކަން ދައްކަން މިސްކިއްތަށް އެއަރ ކޯން ކުރާވާހަކަބުނި އެކަން ނުކޮށް ކުރިކަކީ ﷲ އާއި މާތް ނަބިއްޔާ އަށް ބަދުބަސްބުނެ ފުރއްސާރަކޮށް ސަހިންދާ ލައްވާ ސަރުކާރުން ރިޕޯޓެއް ނެރުނީ ސައިހު ފަހަރި އިމްރާންގެ ރުހުމާއެކު ކެނެރީގޭ ނަސީދަށް ވާގިވެރިވާ މީހަކީ އިސްލާމު ދީނުގެ އަދުއްވެއް ފަހަރި ގޮއްޔެބުނިދޯ.....

    38
  3. ބޯޖަލީލު

    މި ސަރުކާރަކީ ފަރަންޖީންގެ އެޖެންޓެއް މަކަރާހީލަތުން އިސްލާމްދީން ނެތިކޮށްލަން މަސައްކަތް ކުރަނީ މިސަރުކާރުން ބާރަށުގައިވެސް މިސްކިތެއް އެއަރކޯން ކުރި އެމިސްކިތުގެ އެއްވެސް ކުޑަދޮރެއްގައި ދޮރުފަތެއް ނުހުރޭ ދެން އެމިސްކިތުގެ އެއަރކޯން ޖެއްސިޔަސް ފިނިވާނެތަ؟ އެހެރީ ބާރަށު މިސްކިތް އެއަރކޯން ކޮށްދީފަޔޯ ، އެމިސްކިތުގައި އެއަރކޯން ހަރުކުރުމެކޭ ހިޓާޗީ ކުންފުނީގެ ގުދަނުގައި އެ އެއަރކޯން ތަށް ހުރުމެކޭ ތަފާތެއް ނެތް ލާދީނީ ސަރުކާރު.....

    23
    1
  4. ދަވްތޫރް އަބުދުލް އަޒީޒް

    މީ ތިޔަބުނާ އިސްލާމްދީނައް ލޯބިކުރާ ރައްޔަތުން ބާރުވެރިކުރަން ރުފިޔާން ދެއްވަން ވިދާޅުވާ ބޭފުޅުންގެ ހާލް ތިޔައެއްބާރެއްވެސް ނުދޭނެ ކައުންސިލްތަކައް ވޯޓްހޯދަން ދައްކާ ހުވަފެން ތިޔަ މިސްކިއްތަކުގެ ކަރަންޓް ބިލައްވުރެ މާގިނަ ރުފިޔާ ޙަރަދުކުރޭ ކުޅިވަރައް ބައްލަވާ ރޭގަނޑު ހަތަރުދަމު ސްޓޭޑިއަމް ތަކުގައި ދިއްލާ އަޅާފަ އެއޮންނަނީ އިސްރާފް ކުރަން ރައްޔަތުންގެ ޓެކްސްޕޭ ރުފިޔާ ޙަރަދުކުރެވޭ މިސްކިތައްވީމަ ހަރާމް ބާތްކަރުތާހޭ

    29
  5. ހުސޭނުބޭ

    އެކަމަކުވާދޯ! ކަލޭމެން ޖާބިރާ ޖައްސާލައިގެން އުޅުނަސް މިސްކިތްތަކާ ޖައްސާލައިގެން އުޅޭނެކަމަކަށް ހިޔެއްނުކުރަން!

    31
    1
  6. Anonymous

    ހަމާގައި ނުތިބޭ ބަޔަކު ރިބިލްޓޭޝަންގެ ޚިދްމަތް ދޭން ފަށާފިނަމަ އެތަނުން ނިކުންނަށް ކުދިންވެސް ތިބޭނީ ހަމަޔަކު ނޫން

    8
    1
  7. އެނގޭތަ

    ކަރަންޓް ބިލަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ދައްކާ އެއްޗެއްނޫން.

    2
    3
  8. ހުރަގޭ ޔާމިން

    ކީއްވެ ތޯ އިސްލާމިކް މިނިސްޓްރީގެ ބަހެއް މި ލިއުމުގާ ނެތީ