ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އޭނާގެ ޓްވިޓާ އެކައުންޓްގެ އަސްލު އޮޅުވާލައިފިއެވެ.

ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި އެކު އޭނާގެ ޓްވިޓާ އެކައުންޓް ވަނީ "ގެއްލިފައެވެ." ނަމަވެސް މިހާރު ސުއޫދުގެ އެކައުންޓްގެ ނަން ވަނީ "މޯލްޑިވްސް ލޯ އިންސްޓިއުޓް" ގެ ނަމަށް ބަދަލުކޮށް އެކައުންޓްގެ އަސްލު އޮޅުވާލާފައެވެ.

ސުއޫދުގެ ޓްވިޓާ އެކައުންޓްގެ ނަން "މޯލްޑިވްސް ލޯ އިންސްޓިއުޓް" ގެ ނަމަށް ބަދަލު ކުރިއިރު އެއީ މީގެ އަހަރުތަކެއް ކުރިން ސުއޫދު އަމިއްލަފުޅަށް އުފައްދަވައިގެން އުޅުއްވާ ޖަމިއްޔާ އެކެވެ.

"މޯލްޑިވްސް ލޯ އިންސްޓިއުޓް" ގެ ނަމަށް ސުއޫދުގެ ޓްވިޓާ އެކައުންޓްގެ ނަން ބަދަލު ކުރިނަމަވެސް އެކައުންޓްގެ ބައޯ ބަދަލުކޮށްފައެއް ނުވެއެވެ. މިހާރު "މޯލްޑިވްސް ލޯ އިންސްޓިއުޓް" ގެ ނަމުގައި އިން ޓްވިޓާ އެކައުންޓްގެ ބައޯގައި އަދިވެސް ލިޔެފައި ވަނީ ސުއޫދުގެ އެކައުންޓްގެ ބައޯގައި ކުރިން ލިޔެފައި ހުރި މައުލޫމާތެވެ.

އެ އެކައުންޓްގެ ބައޯގައި ބުނެފައި ވަނީ އެއީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ކަމަށެވެ. އަދި ކުރިން ބަންޑާރަނައިބު ކަމާއި އިސްފަނޑިޔާރު ކަމާއި އެޗްއާރްސީއެމްގެ މެންބަރު ކަން ކުރި ކަމަށް ވެސް ބުނެފައި ވެއެވެ.

ސުއޫދު އޭނާގެ ޓްވިޓާ އެކައުންޓްގެ އަސްލު އޮޅުވާލުމާއި ގުޅިގެން ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި އެކަން ފާހަގަ ކުރަމުންނެވެ.

ސުއޫދު އޭނާގެ ޓްވިޓާ އެކައުންޓްގެ އަސްލު އޮޅުވާލިއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވާނީ އެ މީހުންގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާއްމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވެ އެވެ.

ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގެ ކުރިން ވެސް އޭނާ ވަނީ ސިޔާސީ އެތައް ހަރަކާތެއްގައި ބައިވެރިވެ ވަރަށް ފާޅުގައި ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުގައި އުޅުއްވާފައެވެ. އެހެންވެ އޭނާ ފަނޑިޔާރުކަމަށް އައްޔަން ކުރަން އުޅުނުއިރުވެސް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް އެމްޑީޕީއަށް ސުއޫދު ތާއިދު ކުރާތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ސުއޫދު ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރުހުން ދީފައެވެ. ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރީ މިމަހުގެ 08 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖަޒީރާ ބޯއީ

    ބަޔަކުގެންގުޅޭ ޕަޕެޓެއް މިސޫދުއަކީ، މިސަރުކާރު ޖަހާ ބެރަށް ނަށާހަދާ.

    75
    1
  2. އަސްލު

    އެޖެންޑާނަވާރަ ތަފާތުވާސަބަބަކީތީ ތިޔަކަހަލަ މަކަރުވެރިންނާ ކަންކަމުގެޙަޤީޤަތް އޮޅުވާލާމީހުންނާއި ފަސްބައި ހަޑިވެފަތިބިމީހުންނާއި ދީނައްފުރައްސާރަކުރާމީހުން މަތީމަޤާމްތަކުގަ ތިބޭނީ އެހެންވީމާ ވަރައްތަފާތުވާނެ

    67
    1
    • އޮޅިގެންނޫޅޭ

      ހޭބަލި ނުވަގަ އެއީ އޭނާގެ އަމިއްލަ އެކައުންޓެކޭ ބޭނުން ނަމެއްގަ ހިންގޭނެ އެހެން މީހެއްގެ ކޮޕީރައިޓްސް އޮތް ނަމެއް ފިޔަވާ.. އެއްވެސް ޤާނޫނަކުން ސުޕުރީމު ކޯޓު ފަނޑިޔާރުން ސޯޝިއަލްމީޑިއާ ބޭނުން ކުރުން މަނަލެއް ނޫން.. ވަގުތުގަ ތިބި ނުކިޔަވާ ދެތިން މީހަކަށް އޮޅިގެން އުޅެނީ.

  3. ވިޔަފާރި

    މީނާގެ ބައިވަރު ފޮލޮވަރސް ތިބީމަ ވިޔަފާރި އެކައުންޓްއަކަށް ބަދަލުކޮއްލީނު

    54
    1
  4. ސާދާ

    ހުސްނުއްސޫދުގެ އެކައުންޓް ނަސީބެއްނު އެލެކްސްސޫ އަށް ބަދަލު ނުކުރިކަން ނޫނީ އަލްމަންޑަށް

    52
    1
  5. ކަހަނބު

    .ކިތައްމެ ފާހެއްއޮތަސް ކިތައްމެ މޮޅަސް ކިތައްމެ ހުނަރުވެރިޔަސްﷲގެ އަމުރުފުޅު ފަހަނައަޅާ އެކަކަށްވެސް ނުދެވެއެވެ ނިޔާއަކީ ﷲގެ ނިޔާއެވެ، ދޮގު ހެކިދޭ މިީހުންނާ ބޭއިންސާފުން ހުކުމް ކުރާ ހާކިމުންނަށް ﷲ ލައުނަތް ލައްވައެވެ ބައެއްފަހަރު ދުނިޔެމަތީގައެވެ ނޫންނަމައެމީހަކުހިސާބުބެއްލެވޭ ދުވަހަށްޓަކައި ލަސްކުރައްވައެވެ މިދިވެހި ރަާއްޖޭގައިވެސް ވަގުތުން ދޮގު ހުވާ ކުރާމީހުންނަށް އަޒާބުލިބިފައިވެސް އެބަހުއްޓެވެ ގާސަންދޯކުގައި ވަޅުލެވުނު ރަސްގެފާނުގެ ވާހަކަ ތާރީހުގައި ލިޔެވިފާވެސް ވޭނޫންހެއްޔެވެ މަކަރު ހަދާމީހަކު މަކަރު ހަދަނީ އަމިއްލަ ނަފްސަށެވެ ﷲ އިންސާނުންނަށް ބޭނުންވެ ވޮޑިއެއްނުގަންނަވައެވެ ﷲއީ އަޒީޒްވަންތަ ހަކިީމްވަންތަ ރަސްކަލާންގެ ކަންކަށަވަރެވެ

    60
  6. ގަހުރަމަާނު

    ކަލަކުވޭ ބިރުވެތިވޭ ފައިސާއިން ފައިދާ އެއްނުކުރާނެ ދުވަހަށްޓަކައި ތިބައިމީހުން ﷲއަށް ބިރުވެތިވާށެވެ ﷲއީ ބަދަލުހިއްޕެވުން ގަދަފަދަ އުގޫބާތް ދެއްވުންބިރުވެރި އެންމެ އަދުލްވެރި އެންމެއިންސާފުވެރި ރަސްކަލާންގެއެވެ ހޮނު ގުގުރިވެސް އެކަލާންގެއަށް ތަސްބީހަ ދަންނަވައެވެ ﷲއިރާދަ ކުރަށްވާ މީހެއްގެގައިގާ އެހޮނުން ޖައްސަވައެވެ ކީރިތިގުރްއާން ދިރާސާ ކޮށްލަބަލަ

    42
    1
  7. ލަބީބު

    ކިތަންމެވަރަކަށް ފުހިފަހުއްޓަސް ރައްބުގެ އަމުރުފުޅުގެގަޑިޖެހުމާއެކު ހުލިވާނެއެވެ. ބާރާ ނުފޫޒު އޮތަތީވެ ހިތުހުރިކަމެއް ހިތުހުރިމީހަކަށް ކޮށްލާށެވެ.

    44
  8. ރާޅު ބޯއީ

    ތިމީހުންގެ މަކަރުވެރިކަމުގެ ވާހަކައަކީ އިއްޔެ މިއަދަކު ފެންމަތިވެގެން އުޅޭ ވާހަކައެއް ނޫން. ތިކަހަލަ ދީނެއް މިއްލަތެއް ނެތް މުނާފިގުން ސްޕްރީމް ކޯޓަށް ލައިގެން ރީތި ކުޅިވަރެއް ކުޅޭނެ. ރައްޔިތުންނޭވެ އަހަރެން މިއަޑު އިއްވައިފީމު ތިޔަބައި މީހުން މިކަމަށް ހެކިވާތި..

    44
  9. ހުޅުރާއްޖެ

    މީނާގެ މައްޗަށް ޝަޚުޞް އޮޅުވާލުމުގެ ދައުވާ ކުރެވެންޖެހޭނެ.

    25
    1
  10. ދދދދދދ

    ވަގުކަލޭގެއަށް ގުރުސަތު ތަނަވަސްވީ ވަރަކަށް ކުރާ ވައްކަން އިތުރުވާނެ. ހުތުރުމޫނުގެ ވެރިޔާ.

    14
  11. ސލ

    ސުޢޫދު ފަނޑިޔާރުކަމުގައި ހުންނަން ތާއީދެއް ނުކުރަމެވެ
    ރަނގަޅު އަދި ރީތި ގޮތަކީވެސް ކުފޫހަމަނުވާ، އިތުބާރު ގެއްލިފައިވާ މީހުން އިސްތިއުފާ ދިނުމެވެ.

    20
  12. ހުސޭނުބޭ

    އެހެންވިއްޔާ ސްޕްރީމް ކޯޓުގެ މައްސަލަތަކާއި ހުކުމްތައްވެސް އޮޅުވާލާނެކަން ޔަޤީން!

    13
  13. މީދޫ

    މިސޮރަކީ ކައްލަބާ ކާނަންތަ ނުކާނަންދޯ މިކަހަކަ ފަސްކުޅަނދު މަދުމީހަކު ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ އަހަރުމެން ހައިރާނެއްނުވޭ