ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ޕީޕީއެމް އިން ހުރިހާ ގޮނޑިއަކަށް ވާދަ ކުރައްވަން ނިންމައިފިއެވެ.

މިކަން އިޢުލާން ކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގެ ތައްޔާރީތައް ވުމަށްޓަކައި، ޕީޕީއެމް އިން އެކުލަވާލާފައިވާ ވަގުތީ ސްޓިއަރިންގ ކޮމެޓީގެ ފަރާތުން މީޑިޔާ އަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން، ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް، އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙަައްމަދު މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ޕީއެންސީގެ ފަރާތުން ވާދަަ ނުކުރާނެ ކަމަށާއި، ހުރިހާ ގޮނޑިއަކަށްވެސް ވާދަކުރާނީ، ޕީޕީއެމްގެ ފަރާތުން ކަމަށެވެ.

"ކުރިއަށް އޮތް އިންތިޚާބައި ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާނީ ޕީޕީއެމްގެ ޓިކެޓުގަ. އެގޮތަށް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފަ. ހުރިހާ ދާއިރާ ތަކަށް އަޅުގަނޑުމެން ވާދަ ކުރާނަން." މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް މެމްބަރުން ވާދަކުރައްވަން ބޭނުންވާ ދާއިރާ ތަކުގައި، ޕްރައިމަރީ ބާއްވާނެ ކަމަށާއި، އެގޮތުން ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ ޖެެނުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި ޖެނުއަރީ 17 ގެ ކުރިން ޕީޕީއެމް ގެ މެމްބަރަކަށް ވާ ކޮންމެ ބޭފުޅަކަށްވެސް ޕްރައިމަރީގައި ވޯޓު ދެވޭނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ، މުޢިއްޒު ވިދާޅުވީ، ކައުންސިލް އިންތިޙާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު އަންހެން ބޭފުޅުންނަށް އޮންނާނެ ކަމަށާއި، ޕްރައިމަރީގެ ކަންކަންވެސް އިންސާފުވެރި ކަމާއި އެކު ކުރިއަށް ގެންދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމް އިން އެކުލަވާލާފައިވާ ވަގުތީ ކޮމެޓީގައި، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޢަބްދުﷲ ޚަލީލާއި، ގައްދޫ ދާއިރާގެ ކުރީގެ މެމްބަރ އަހުމަދު ޒާޙިރުވެސް ހިމެނިވަޑައިގަންނަވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ?ރޮނޑާ

    އަހަރެންނައް ޔަގީންވާ ކަމަކީ އަހަރެން އުޅޭ ސަރަހައްދުން އެއްމެ ގޮޑިއެއްވެސް ނުލިބޭނެ ކަން. ހޮޅި އަށި ތަކުންނާއި ހޮޓާ ތަކުގެ ކޮފީ ބޯން ތިބޭ މީހުންގެވާހަކައައް ބަލާ އިރު ރައިއްޔަތުންގެ ތާއީދެއް ނެތް. ޔާމީން ޖަލައް ލީ ހިސާބުން މީހުންގެ ތާއީދު އެއްކޮއް ގެއްލިއްޖެ.

    7
    27
  2. ހޯރަ ބޭ

    ހެހެހެ ހެހެހެ ހެހެހެ

    2
    9
  3. ބިންއަޙްމަދު

    ވަގެއްގަ ފަހަތުން ދުވާ މީހުނާއަދި ލާދީނީ މީހުނަށްވެސް މަގޭ ވޯޓެއް ނެތް! މިބުނީ! ދެކޮޅުގަވެސް ފިތުނަވެރިން! ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާށި!

    3
    5
  4. ބޭބެ

    ވަގަކުޖަލަށްލިއަސްރައިއަތުންގެތާއީދުނުގެއްލޭނެ

  5. ޕޕ

    ރޮނޑާ ގެހީޔަގީންކޮށްދެން ތަ ޕޕ މީހުން މިފަހަރު މިތިބީ ވަރަށް ގަޓު ޕޕ ވޯޓު ކޯލިޝަންއަށް ހަތްހަރާމުން ހަރާން