ކުރިއަށް އޮތް ލޯކަލް ކައިންސިލް އިންތިހާބުގައި ޕީޕީއެމް ގެ ޓިކެޓުގައި ވާދަކުރައްވާ މެމްބަރުންގެ މެދުގައި އޮންނަ ޕްރައިމަރީގައި ވޯޓު ލެވޭނީ، އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރަކަށް ވެގެން ކަމަށް، އެ ޕާޓީން ބުނެފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގެ ތައްޔާރީތައް ވުމަށްޓަކައި، ޕީޕީއެމް އިން އެކުލަވާލާފައިވާ ވަގުތީ ސްޓިއަރިންގ ކޮމެޓީގެ ފަރާތުން މީޑިޔާ އަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕްރައިމަރީގައި ވޯޓު ދެވޭނީ، ގެނުއަރީ 17 ގެ ކުރިން އެ ޕާޓީގެ މެމްބަރަކަށް ވެގެން ކަމަށާއި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ހާލަތެއްގައި ޕްރައިމަރީގެ ދެވަނަ ބުރެއްވެސް އޮންނާނެ ކަމަށެވެ.

"ޖެނުއަރީ 24 ގައި ޕްރައިމަރީ އޮންނާނީ. ފަހަރެއްގައި ކަން ދިމާވާގޮތުން، ދެ ބޭފުޅަކު އެއްވަރުވާ ޙާލަތުގައި ޕްރައިމަރީގެ ދެވަނަ ބުރެއްވެސް އޮންނާނެ. އެފަދަ ޙާލަތުގައި، ޖެނުއަރީ 31 ގައި ޕްރައިމަރީ އޮންނާނެ. އިރާދަކުރެއްވިއްޔާ އެއްވެސް ދާއިރާއެއް އިސްތިސްނާ ކުރުމެއް ނެތި، މިކަން އަޅުގަނޑުމެން ކުރިަށް ގެންދާނަން." މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް މުޢިއްޒު ވިދާޅުވީމ ކުރިއަށް އޮތް އިންތިޚާބައި ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށާއި، އެގޮތަށް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.

މިއީ ޕީޕީއެމް ގެ ފަރާތުން، ވާދަކުރާ ހުރިހާ ގޮނޑިއެއްގައި ޕްރައިމަރީ ބޭއްވުމަށް އިޢުލާން ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޙާބުގައިވެސް ގިނަ ދާއިރާތަކެއްގެ ޓިކެޓް ދީފައިވަނީ ޕްރައިމަރީ ބޭއްވުމެއް ނެތިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު