ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ދިވެއްސަކު، ސީރިއާގެ ޚަބަރުތައް ދުރަށް ފޮނުވަމުންދާ އޮންލައިން މީޑިއާއަކަށް ދިވެހި ބަހުން އިންޓަވިއު ދީފިއެވެ.

މި އިންޓަވިއު ދީފައިވަނީ ޚައްތާބު މާލްދީފީ ނަމަކަށް ކިޔާ ޒުވާނެކެވެ. އިންޓަވިއު ކުރާ ފަރާތުން އޭނާއާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާއިރު އެ ހުރިހާ ސުވާލުތަކަކަށްވެސް އޭނާ ވަނީ ޖަވާބު ދީފައެވެ.

އޭނާ ބުނި ގޮތުގައި އޭނާ ސީރިއާއަށް ދިޔައީ އެގައުމުގެ މުސްލިމުން ގަތުލުކޮށް އަނިޔާ ކުރަމުންދާއިރު ދުނިޔޭގެ އެއްވެސް ގައުމަކުން އެ މުސްލިމުންގެ ދިފާއުގައި ތެދު ނުވުމުން އެކަމުގައި އެފަރާތްތައް އެހީ ފޯރުކޮށްދީ އެ މުސްލިމުންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އޭނާ އަކީ ހައްދު ފަހަނައަޅާފައިވާ އައިއެސް އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހެއް ނޫން ކަމަށެވެ. އަދި ސީރިއާ އަށް ހަނގުރާމައަށް ދިއުމަކީ "ރެޑިކަލް" ވުމެއް ނޫން ކަމަށާއި އެ ބަހުގެ މަފްހޫމް އެގޮތަށް ގަބޫލު ނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ރެޑިކަލިޒަމް އާއި އެކްސްޓްރީމިޒަމް ނުވަތަ ފަންޑަމެންޓޭލިޒަމް ބައެއް ފަރާތްތަކުން ބޭނުން ކުރަނީ އިސްލާމް ދީނާ ދެކޮޅު ހަތިޔާރެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

"މި ހަތިޔާރުތައް ބޭނުންކޮށްގެން މިބައި މީހުންގެ މަގްސަދަކަށް މިވަނީ ނާޖާއިޒް ފައިދާތަކެއް ހޯދުން. މިބައިމީހުން ވިޔަފާރިތަކެއް ކުރަމުން ދަނީ. އެގޮތުން ބޭރުގެ އެކިއެކި ޖަމާއަތްތަކާ ގުޅިގެން މިބައިމީހުން ކުރާ ވިޔަފާރިއެއް މިއީ. އެބައިމީހުން އެބުނާ ގޮތަކަށް އަޅުގަނޑު ތި މަފްހޫމެއް ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއަދު ރާއްޖޭގެ ހާލަތުވެސް އޮތީ ވަރަށް ދަށު ދަރަޖައެއްގައެވެ. އެގޮތުން ދީނާއި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ގެފާނުގެ ދިފާއުގައި ބަހެއް ބުނެލުމަކީ "ރެޑިކަލް" ވުން ކަމަށް މިހާރު ރާއްޖޭގައި އަށަގަންނަވަން ބަޔަކު އުޅޭ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ސީރިއާގައި ހަނގުރާމައަށް ގޮސް ތިބި ދިވެހިންގެ އަދަދުތައް ސަރުކާރުންނާއި އެކި ފަރާތްތަކުން ހާމަކުރަމުން ދާއިރު އެއީ އެއްވެސް ހަގީގަތެއް ނެތް އަދަދު ތަކެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ރާއްޖޭގެ އިމިގްރޭޝަނަށް ހުރިހާ ކަމެއް އެނގޭ އިރު އެފަދަ ދޮގު އަދަދުތައް ބުނެގެން ކުރަން އުޅެނީ ކޮން ކަމެއް ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ސީރިއާގައި މިވަގުތު ތިބި ދިވެހިންގެ އަދަދު ބުނަން އޭނާއަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"މީގެ އެތައް ދުވަހެއް ކުރީގާ އެތީސްޓުންގެ ފިކުރުތަކާއި ސެކިއުލާ ފިކުރުތަކުގެ މީހުން މިއީ ވަރަށް މަދު ބައެއް. މި މީހުން މި ޖަމާވާ މަގުސަދުތަކަކަށް ޖަމާވެ މިބައިމީހުންގެ މި މޫވްމަންޓު މިވަނީ ހަރަކާތްތެރިވާން ފަށާފަ. މި ބައިމީހުން އެކި ދުވަސްވަރު އެކި ގޮތް ގޮތުން ސަރުކާރުގެ މަތީ މަގާމުތަކަށް މިބައިމީހުން އައީ ވަންނަމުން. އެ މަގާމުތަކަށް އިސްކުރެވި އެމަގާމުތަކުގެ ނުފޫޒު މިބައިމީހުން އައީ ހޯދަމުން. އަދި ރައްޔިތުންގެ ލޮލުގަ އިސްލާހުގެ އެޖެންޑާ އަޅުވާފަ، ނުވަނަ އިސްލާހުގެ ޖަޒުބާތުގަ ރައްޔިތުން ޖައްސާފަ މިބައިމީހުން އައީ މިބައިމީހުންގެ ލާދީނިއްޔަތު ފަތުރަމުން،" އޭނާ ބުންޏެވެ.

އޭނާ ބުނީ މައިގަނޑު މައްސަލައަކީ އެމްޑީއެން އެއް ނޫން ކަމަށާއި ހަގީގީ މައްސަލަ އަކީ އެ މީހުންގެ ފިކުރުގެ މީހުން ދިވެހި ސަރުކާރުގެ ތެރެއަށް ފެތުރިގަނެފަވާ ފެތުރިގަތުން ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަ އަކީ މާ ބޮޑު މައްސަލައެއް ކަމަށާއި، އެމައްސަލައަކީ ބަޔަކު ރާވައިގެން އައިސް ރާއްޖޭގައި އޮތް އިސްލާމް ދީން މުލުން ލުހެލަން ކުރަމުން ގެންދާ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

 1. ރައްޔިތުމީހާ

  ވަރަށް ރަނގަޅަށް ތައްޔާރުވެގެން ރާވައިގެން ހާވާފަ އޮތް ހަޑިއެއް

  57
  205
  • ހަސަނާ

   ހެހެ.. ހަނދު ދެ ފަޅި ކުރެއްވީ މަވެސް މުޝްރިކުން ބުނީ ތިއީ ދިގުދެމިގެންވާ ސިހުރެކޭނު.. ތިއީ ބޯގަންވިލާ ވައްތަރޭ

   189
   12
   • ބުހުތާން

    ހަނދުގެ އެއްފަޅި ލިބުނީ ކަލެއަށް ދޯ؟

    9
    107
    • ނަސޭހަތެ

     މީކޮންފަދަ ނޭގޭމީހެއް...ހަނދު ދެފަޅިވިކަން މިއަދު ކާފަރު ސައިން ސްވެރިންވެ ސް ގަބޫލުކޮއްފި..ހެކިފެނިއްޖެ..ﷲގެ މުއުޖިޒާތަކީ ތިމާމެންގެ ސިކުނޑިން ވި ސްނޭކަންތައެކަންޏެނޫން..ﷲގެ ރަ ސޫލާ އަކީ ދުވަހަކު އިތުފުޅުހެއްދިވި ބޭކަލެނޫން...މި ސަރުކާރަށް ތާއިދުވެ ސްނުކުރަނީތަ ފުރިހަމަ އީމާންތެރިއެއް....ހެޔޮނުވާނެ ތިމާމެން ގަބޫލުކޮއްބަލަ މިދުނިޔެމީ ހިދުކޮއްޅެގެ މަންޒިލެއްކަން...މި ސަރުކާރުގަތިބި ލާދީނީމީހުންނާ ދުރަށްދާން ވި ސްނަބަލަ...ގައުމު މިހަލާކުން ސަލާމަތްކުރަން ނުކުމެބަލަ....

     59
     2
    • މޮހޮނާ

     މުއުޖިޒާތަށް މަލާމާތް ތި ކުރެވުނީ

     32
     2
 2. އަބޫ

  މީގަ ދައްކާފަ ހުރީ ރަނގަޅު ވާހަކަ

  331
  24
 3. ހާޖީބޭ

  ކަލޯ މަހަލްދީފީ ކަލޯމެން ތިތާގަ ތިކުރާކަމަކަށް އަހަރެމެން މުސްލިމުން ތާއިދެއް ނުކުރަން. ތިތަނަކުން ނޭނގޭ ސައްހައަގީދާގެ މަތީގަ ތިބެގެން ސައްހަމަގުގަ ހަނގުރާމަކުރަނި ކޮންބައެއްކަމެއްވެސް. ފުރަތަމަ ހަނގުރާމަ ފެށިގެން އައީ ތިތާގެ އިސްލާމީ ވެރިޔާ ދެކޮޅަށް ބޭރުޔަހޫދީ ދައުލަތްތައް އޮވެގެން ކުރަންފެށި ބަގާވާތެއްގެ ގޮތުގަ. އެކަމުގެ އެތެރޭގަ ތިބީ ޔަހޫދީންނާއި ނަސޯރާއިން. މިހާރު ތި ހަނގުރާމަކުރަނި އެމީހަކާ އެމީހަކު. އަހަރެމެން ކުޑައިރު މޫދަށް ގޮސް އެއެއްމިއެއް ނުބަލަ މައްކާމަދީނާއޭ ގޮވަމުން އެއްބަޔަކު އަނެއްބަޔަކު ގަޔަށް ވެލިއުކި ޒަމާންމަތިން ހަނދާންވަނި މިހާރު ތިހަނގުރާމަ ހިނގަމުންދާގޮތަށް ނަޒަރު ހިންގާލުމުން.
  ކަލޯ ބުންޔަސް މިހާރު މިރާއްޖޭގަ ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން ތިޔަބުނީ ވަރަށްތެދު ވާހަކައެއް. މީ ލާދީނިއްޔަތު މިގައުމުގައި ރުކުރުވާލަން ކުރިސްޓިއަން މިޝަންތަކުން ރާވައިގެން ތަންފީޒްކުރާ ސްޓްރެޓިޖިކް ޕްލޭނެއް. މީ ކެނަރީގޭ ބުއަޅަބޭ ވަރަށް ދުރާލާ މިކަމަށް ޔޫރަޕުން ފަންޑުކޮށްގެން އިންތިހާބު އަތުއަޅުވާލައިގެން ކުރާކަމެއް. މިކަމަށް ހުރިހާ ދިވެހި ރައްޔިތުން އަޑުއުފުލަން އެބަޖެހޭ ވަކިޕާޓީއަކަށް ބެލުމެއްނެތި.

  155
  76
  • Anonymous

   "އަހަރެމެން ކުޑައިރު މޫދަށް ގޮސް އެއެއްމިއެއް ނުބަލަ މައްކާމަދީނާއޭ ގޮވަމުން އެއްބަޔަކު އަނެއްބަޔަކު ގަޔަށް ވެލިއުކި ޒަމާންމަތިން ހަނދާންވަނި މިހާރު ތިހަނގުރާމަ ހިނގަމުންދާގޮތަށް ނަޒަރު ހިންގާލުމުން"
   އަމިލައިން ދުލުން ތިބުނީ "އެއެއްމިއެއް ނުބަލަ " އޭ .. ވީމާ ސީރިޔާގަ އެކުރާ ހަނގުރާމާގަވެސް ތިހުރީއަދި ވާނުވާގަ ބުރޯ. އެހެންވީމަ ޅައިރުވާނުވާގަ ހުރި ގޮތަށް ނުުހުރެ ކަންކަން ހޯދާބެލީމަ ހައްގާ ބާތިލްވެސް ފެނާނެ ان شاء الله.
   ﷲ ހިދާޔަތް ދައްކަވާށި.. އާމީން.

   46
   19
  • ދޮންބެ

   ސީރިޔާގަ ހުރީކީ އިސްލާމީ ވެރިޔެއްނޫން . އެއީ ޝީޢީއެއް. މުޝްރިކުންނަށްވުރެ ސުންނީންނާ ޢަދާވާތްތެރި މީހެއް. މައުލޫމާތު އެނގިގެން ކޮމެންޓް ކުރައްވާ.

   78
   7
   • ކުރަން

    ޝީޢީންނަކީ މުސްލިމުން ކަލޭމެން ތަކްފީރު ކުރަން ހާދަ މޮޅޭ ޝީޢީންނަކީ ކާފަރުންނެކޭ ސުންނީން ނުކުޔާނެ، އެހެންކިޔަނީ ހަމައެކަނި ވައްހާބީ ސަލަފީން

    6
    48
    • ދޮންބެ

     ކާފަރުންނަކީ ކޮބައިތޯ؟ މުސްލިމުންނަކީ ކޮބައިތޯ؟ ޝީޢީންނަކީ އެންމެ ފަހުގެ ނަބިއްޔާ ގަބޫލުކުރާ ބައެއްނޫން، އެންމެ ފަހުގެ ރަސޫލާ އަށް ކާފަރުވެފަ ޝަހާދަތުގެ ދެކަލިމަޔަށް އީމާން ވާނީ ކިހިނެއްތޯ. ދެން އަނެއްކޮޅުން ބައްޝާރު އެއީ ކާކުކަން އެނގިލައްވާތޯ؟ ކަލެއްކަމަށް އޭނަ ދައުވާ ކުރޭ. ޒާތީ ހަސަދައިން ފޯވީމަ ކަންކަމުގެ ޙަގީގަތެއް ނޭންގޭނެ.

     50
     2
    • ޙުސެން ރިޔާޒް

     بني الإسلام على خمس : شهادة أن لا إله إلا الله ، وأن محمدا رسول الله ، وإقام الصلاة ، وإيتاء الزكاة ، وحج البيت ، وصوم رمضان . މިހާ ފައުޅުކޮން އިސްލާމްދީން އެމައްޗަށް ބިނާވެގެންވާ ކަންތައް ރަސޫލާ މާތް ދޫފުޅުން ބަޔާން ކުރައްވާފައިވާއިރު ޝީޢީން ސުންނީންނާއި އެއް މިންގަޑުން ކިރޭނެ އެއްވެސް ހަމައެއް އެބައޮތްތޯއެވެ. އެހެނީ ހަދީޘްގެ މާނައީ. : އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ ކަމާއި މުހައްމަދުގެފާނީ ﷲ ގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވުމާއި ނަމާދު ޤާއިމް ކުރުމާއި ޒަކާތް ދިނުމާއި ޙައްޖުވުމާއި އަދި ރަމަޟާން މަހު ރޯދަ ހިފުމުގެ މައްޗަށެވެ.

     28
   • ވަކަރުބެ

    ޝީޢީންނަކީ މުސްލިމުން. އެކަމަކު އެއީ މަގުފުރެދިފައިވާ ބައެއް. ރާއްޖޭގައި މިއުޅޭ އެމްޑީއެން އެމްޑީޕީ ލާދީނީ ބައިގަނޑަށްވުރެ އިސްލާމްދީނާއި ގާތްބައެއް. މައުމޫނު މިހާރު އުޅޭ ގޮތަށް (އަންހެނުން ބުރުގާއެޅުމާއި ދެކޮޅުހަދައި އެމްޑީޕީ ފިކުރަށް ތާއިދުކުރުން) ވުރެވެސް މާރަނގަޅު ބައެއް. ޝީޢީންނަށް ވުރެ ބޮޑަށް ދީނާއި ދުރުވާނެ އަރަބް ސްޕްރިންގް ފެށި ސެކިޔުލަރ ޖަމާއަތް. އަރަބި ގައުމުތަކުގެ ކޯޅުން ފުރަތަމަ ފެށީ ޑިމޮކްރަސީ އާއި ސެކިޔުލަރިސަމް ގެންނަން. އެހަނގުރާމައިގެ ތެރެއަށް ހައްދުފަހަނަ އަޅައިފައިވާ ޚަވާރިޖުން (އައި އެސް އައި އެސް) ވަނީމަ މަސްލަހަތު ގޯސްވީ. މިއައިއެސް އަކީވެސް ޝީޢީންނަށް ވުރެ ނުބައި ބައެއް. މުސްލިމަކު އަނެއް މުސްލިމަކު ކާފިރަކަށް ހަދައި ގަތުލުކޮށްފިނަމަ ގާތިލަށް އެކުރެވުނީވަރަށް ބޮޑު ފާފައެއް. ދެމީހުން އެކަކު އަނެކަކަށް ހަނގުރާމަކޮށް އެކަކު މަރުވެއްޖެނަމަ ދެމީހުންނަށްވެސް އެކުރެވުނީ ބޮޑު ފާފައެއް.

    16
    9
    • ގަމާރުވިޔަސް ބޮޑުވަރު

     "ޝީޢީންނަކީ މުސްލިމުން. އެކަމަކު އެއީ މަގުފުރެދިފައިވާ ބައެއް."މީގެން ވަކަރުބެ އަމިއްލަޔަކަށް ނޫންތޯ ތިބުނަނީ ޝީޢީންނަކީ މުސްލިމުން ނޫންކަމަށް. ރަތްކުލަޔާ ގާތް ކުރާ އޮރެންޖް ކުލަ، މުސްލިމުންނާ ގަތްކުރާ ކާފަރުން. ކީކޭބާ ތިކިޔަނީ.

     4
     1
 4. ޝިފާން ތަރަބެ

  ނަހުލާވެސް އިހަކަށްދުވަހު އ.ދ އަށްގޮސް ތަގުރީރުކުރީ ދިވެހިން... ބަނޑިޔާ ޖަހަން އުޅުނަކަސް އިނގިރޭސިއެއްް ނޭނގޭނެވިއްޔާ... ވަޒީރަކަށް ތިޔަ ސޮރު މާ މޮޅުވީސަ ކަންނޭގެ،،،،

  96
  8
 5. ދައްޖާލު އައިއެސް

  ޙިތުން ވަރަށް މޮޅުވާހަކައެއް އަމިއްލަ ދަރިންނާ
  ބަނޑުއަޅާ ވިހެއި މަންމަ ދޫކޮށް ގޮސް. ދ ް

  55
  137
  • ދަންނަ ނުދަންނަ

   ހުރިހާ ކަމަކައްވުރެ ދީން މުހިންމު

   82
   16
   • ހޫ

    ޖިހާދަށް ދިއުމަށް ވަކި ޝަރުތުތަކެއް ފުރިހަމަ ވާންޖެހޭ. މަންމައާއި އަނބި ދަރިން ކޮޅު ހާލުގައި ޖައްސާފަ ނުވަތަ އެ އަނިޔާވެރި އަމަލު ހިންގާ ތަނަށް އެހުރިހާ އެންމެން ގޮވައިގެން ގޮސްފައި މިބުނަނީ ދީނަށް ޓަކައި ޖިހާދު ވަނީއޭ. މަންމަ ދުނިޔޭގައި ހުރިކަމުގައި ވަނީ ނަމަ އެންމެ އެދެވިގެންވާ ގޮތަކީ މަންމައަށް ހިދުމަތް ކުރުމުގައި ދެމިހުރުން. އެއީ ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައި ކަމަށް ވާތީ.

    55
    12
    • ރަނގަޅޭ

     قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
     ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއިި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.سُورَةُ التَّوْبَةِ: 24
     via QuranMV

     34
     2
     • جهاد

      ތިޔަ ބަޔާންކުރި އާޔަތަކީ ޖިހާދު ވާޖިބުވެފަވާ ޙާލަތެއްގަ ޖިހާދަށް ނުދާން އުޅޭ މީހުނާ ބެހޭގޮތުން ޤުރުއާންގަ ބަޔާންކޮށްފަ އޮންނަގޮތް. ސީރިޔާގަ އެހިގަމުންދަނީ ދާޚިލީ ހަނގުރާމައެއް. ކަން އެހެންއޮތްއިރު، އަހަރެމެންގެ މައްޗަށް ޖިހާދު ވާޖިބުވެއްޖެ ކަމަށް ދެކިގެން އަނބިދަރިންނާއި މުސްކުޅި މައިންބަފައިން މަގުމަތިކޮށްލާފަ “ޝޯޓް ކަޓަކުން ސުވަރުގެ ދާން” ސީރިޔާއަށް ގޮސް ހަތިޔާރު އެޅި ސިފައިންނާ ކުރިމަތިލާ އަމިއްލައަށް ކުފުރުމަރަކުން މަރުވާން އިސްލާމް ދީނަކު ނޯންނާނެ. އިސްލާމީ ޝަރީޢަތަކީ އެންމެ އާޔަތަކުން ތިޔަހެން ބޭނުންހާ ގޮތަކަށް މާނަކުރަން އޮތް އެެއްޗެއްނޫން. ތިބާ ﷲ އަށް އަޅުކަންކުރުންމަތީ ދެމިހުރެ އަނބިދަރިންނާއި މުސްކުޅި ހާލުގަވާ މަައިންބަފައިން ބެލުމާއެކު ޞުލްޙަވެރިކޮށް އުޅުމަށް ވުރެން މާތްﷲ ގެ ޙަޟުރަތުގަ މަތިވެރި ޖިހާދެއް ނޯންނާނެ.

      28
      5
 6. އޭނަ

  ރަނގަޅު ވާހަކަތަކެއް.

  136
  16
 7. ހަސަން ނައީމް

  އެސޮރު ބުންޔަސް ތެދެއް ވާނި ހަމަ ތެދައް.

  191
  16
 8. ކުރަފި

  އެސޮރު ސީރިއާގަ އެޖަހާ ސަކަރާތަކުން މަށަކަށް އުނދަގުލެއްނުވޭ. އެކަމަކު ނޭފަތަށް ހަކުރުގުޅައިގެން މަގުމަތީގަ މީހުންމަރަންމިއުޅޭ ބައިގަނޑާހެދި އުނދަގޫވޭ، އެބައިގަނޑު ހުއްޓުވާކަށްނޫޅޭ އެކަކުވެސް.

  235
  7
  • އައިން

   މި އިންޓަވިއު ދީފައި މިވަނީ ކޮން އަތޮޅެއްގެ ކޮންރަށެއްގެ ކޮން ކުއްޖެއްތޯ؟

   9
   4
 9. ނަސީދު

  ވަރައްވެސް ރަގަޅު އިންޓަވިއުއެއް މީގެނަ އިބުރަތް ހާސިލްކުރޭ ކޮންނެމީހަކު ނުޖެހޭ ސީރިޔާއަކައް ދާކައް މިގައުމް ގައި ވެސް އެބުނާގޮތައް މަސެްކެތް ކުރޭ

  146
  11
 10. އަދުރޭ

  ސީރިޔާ ހަނގުރާމަ ފެށީ ކޮން ބައެއް؟. ހަނގުރާމަ ޔަށް ވާގިވެރިވީ ކޮން ބައެއް ؟ . ސީރިޔާގެ ތެރެއިން ފެނުނީ ކޮން ބައެއްގެ ހަތިޔާރު؟
  މީނަޔަކަށް ނޭނގެ މީގެން އެއްވެސްކަމެއް. މުސްލިމް ދައުލަތެއްގެ ވަލިއްޔުލް އަމުރަކާ ދެކޮޅަށް ހަތިޔާރު އުފުލާ ތެދުވީ އޭނާ އެއީ ކާފަރަކަށް ހެދުމަށްފަހު ވައްހާބީ ސަލަފީ ފިކުރުގެ އެމެރިކާޔާ ޔަހޫދީންގެ މަދަދު ލިބޭ ޖަމާޢަތްތައް . މިގޮތަށް މުސްލިމުން ކާފަރުންނަށް ހަދާ ފިކުރަށް މިކިޔަނީ ތަކްފީރިޒްމް. އެކްސްޓްރިމިޒްމް .. މިމީހުން ގޮތް ދޫނުކޮށް ވަލިއްޔުލް އަމުރާ ދެކޮޅަށް ހަނގުރާމަ ކުރިއިރު ހަތިޔާރު ދިނީ އިޒްރޭލުންނާ އެމެރިކާއިން .މި މީހުން މެރީ މިސްލިމުން . ދީނަށްޓަކާ މުސްލިމުންގެ ދިފާޢުގައި ހަނގުރާމަ ކުރި ބައެއް ނަމަ ކީއްވެ 50 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޔަހޫދީން ހިފައިގެން އެތިބަ ފަލަސްތީނުގެ ބިން މިނިވަން ކުރަން ކުރަން ޖިހާދު ކުރަން ނޫޅެނީ ؟ ؟ ކީއްވެ ފަލަސްތީނުގެ ޣައްޒާ އަވަށަށް ބޮން އަޅާއިރު މަރުވަނީ މުސްލިމުން ކަން ނޭނގެނީ ؟ޔަމަނުގައި އެތިބަ މަރުވަނީ މުސްލިމުންކަން ނޭނގެނީ ؟ އެހެނެއް ނޫން ވާގޮތަކީ . މިގޮތަށް ފަގުޑި އަޅާފަ މީދާތަށް ރޮޑެންޓްސް ހޮރުތަކުން ނުކުމެ ބޭނުންވަނީ މުސްލިމުން ކާފަރު ކޮށް މުސްލިމުންނާ ހަނގުރާމަ ކުރަން. މި މީދާތަށް ކޮކަޑި ކައިގެން ބިމުއަޑީގަ ކޮނެފަ ހުރި ހޮރުތަކުން ނުކުމެ ސީރިޔާގެ ހަނަފަސް ސަހަރާތަކުގަޔާ މަގުތަކުގަ ކުނިވެ ފުޅައަޅާ ނެތިކުރެއްވުން މެދުވެރި ކުރެއްވި މާތް ﷲ . މާތްﷲ އަށް ނަސްރު ދިން ބައެއްނަމަ އެހެނެއް ނުވީސް . ﷲ ނަސްރު ދެއްވީސް. މީ އިޒްރޭލް އަށާ އެމެރިކާޔަށް ނަސްރު ދިން ބައެއް . ان تنصركم الله ينصركم كم ويثبت اقدامكم . ولكن انتم الفيران الذين نصروا الولايات المتحدة الأمريكية والصهيونيون الذين قاتلوا الاخوان المسلمين في الفلسطين. واليمن انتم المجرمين وانتم الفاسقين و والله لا يهدي القوم الفاسقين .

  85
  37
  • ބޯވަޅު

   ދުނިޔޭގައި ވަލިއްޔުލްއަމުރާއި، އެއްބަޔަކުއަނެއްބަޔަކަށް ތަޅާފޮޅައިގެން އެންމެގިނަމީހުން މެރީ ޔޫރަޕުމީހުން. އެއީި 75 މިލިއަންމީހުން. އެކަމަކު އެއަށް ކިޔަންޖެހެނީ "ބޮޑުހަނގުރާމަ". އެޖަގަޑާ ހިނގިއިރު އެކަންތައްގަނޑުގަ ބައިވެރިވާން ދުނިޔޭގެ ހުރިހާ ގައުމަކުން މީހުންދިޔައިރު އޯކޭ. ހޮހޮޅައިން ނިކުތްބަޔަކަށްނުވޭ. ދެން ރާއްޖޭގައި އަދިވެސް މަދު ދުނިޔޭގެ ޗާޓުން ސީރިއާ ވަކިކުރަން އެނގޭމީހުން، އެކަމަކު އެމީހުނާދިމާލަށް ތަނެއްދޮރެއް ނުދަންނަ ބައެކޭ ބުނާކަށްނުކެރޭނެދޯ.

   19
   2
  • Anonymous

   ކާކު ކަލެޔަށްކިޔާދިނީ ސީރިޔާގެވެރިޔަކީ މުސްލިމެކޭ؟؟؟
   ޝީޢީ ކާފަރުންނަށް މުސްލިމް ކިޔާކަމެއް ނޭނގޭ..
   ބައްޝާރަކީ ރަތްލާގެހި ޝީޢީ އެއް..

   32
   4
   • މޮޔައެނޮނިމަސް

    ހަމަ ޔަގީން ތަބކަލެއަށް ބައްށާރު ދާނި ނަރަކަޔަށް ކަން

  • އސއސ

   ހާދަ އެސް އެސް ވަސްދުވާކޮމެންޓެކޭ... ލޮލް

   6
   13
  • ރޯމިއޯ

   މުހައްމަދުގެފާނީ ރަސޫލާ ނޫންކަމަށް ބުނެ، އަލީގެފާނަށް އެލަގަބުދީގެން މަތިވެރިކޮށް ޖިބްރީލްގެފާނުގެ މައްޗަށް ބޮޑު ދޮގު އިލްޒާމު އަޅުވާ މީހަކު އެއީ އިސްލާމީ ވެރިޔެކޭ ކިޔާނީ ކޮން ގޮތަކުން. މިއަކީ ޝިއައީން ގަބޫލުކުރާގޮތް

   34
   2
 11. ސުހެއިލް

  ލާދީނީ މީހުން ތިބީ ސަރުކާރުގެ މައި ސަފުތަކުގަ ޗާބޫކު ހިފައިގެން ވަކި ހިއްޕާފަ. އަހަރުމެން މުސްލިމު ދަރިން ތިބީ 5000 ރުފިޔާ ގެ ޕެންޝަންފައިސާ އާްއި ހުސްނުވާ އާސަންދައަށް ހެއްލިގެން ދުނެއ އެމީހުންނަށް ވިއްކާފަ. 5000 ރުފިޔާގެ ޕެންޝަން ވީ އަހަރެމެން އަތުން ދޭ އެއްޗެކަށް، ހުސްނުވާ އާސަންދަ ހުސްވެއްޖެ. ހެދީ ހުސް ދޮގު.

  ލާދީނީ މީހުން މި މަގާމުތަކުން ދުރުކުރަން ވަރަށް މުހިންމު. ހީވެދާނެ އެމީހުން މަތިއޮމާންކޮށްގެން ތިބެގެން ހެޔޮއެދިގެން އައިމަ ހާދަ ރަނގަޅުބައެކޭ. ފިރުއައުނު އަކީވެސް އެގޮތަށް ރަނގަޅު މީހެއް، މީހުންނަށް ކާންދީ އުޚުނު މީހެއް. އެކަމަކު އާހިރުގައި އޭނަވެގެން ދިޔައީ ބަނީ އިސްރާއިލުގެ ވިހޭ ކުދިންތައް މެރިމީހަކަށް އަދި މާތް ﷲ ލައުނަތް ލެއްވި އެކަކަށް.

  އިސްލާމް ދީނަށް ސީދާ ފުރައްސާރަކުރާ ކާފަރުން މުސްލިމަކަށް ހެޔޮހިތުން ހެވެއްނޭދޭނެ.

  36
  1
 12. މޮޔަސޮރު

  ޢެސޮރަކީ ޝައިޚްކަން ކިޔަވަން ދިޔަ މީހެއް މިހާރު ސޭކުވެގެން މައިން ބަފައިންގެ ޙައްޤު ގެއްލުވާލާފަ ސީރިޔާގެ ހައްޤު ހޯދަން އުޅޭ ވަރަށްވެސް ދީނީކަންކަން ނޭނގި އެނިގެން އުޅޭ ސޮރެއް.

  9
  27
 13. އިންސާފު

  މުކަމުން އެނގެނީ މިސޮރައް ތަނެއްދޮރެއް ނޭނގޭކަން. ބަލަ ސީރިޔާ ދައުލަތާ ދެކޮޅައް ހަނގުރާމަ އިއުލާން ކޮއްގެން އުޅެނީ ޔަހޫދީންނާއި ނަސޯރާއިން އެމީހުންގެ މަގުސަދަކީ މުސްލިމުން ގަޅި ހައްދައިގެން ސީރިޔާގައި އޮތް އިސްލާމީ ދައުލަތް ފުނޑާލުން. ސަބަބަކީ މިހާރު ސީރިޔާގަ އޮތް ދައުލަތަކީ އެމެރިކާ އާ ދެކޮޅު ދައުލަތަކައްވުން. އެމެރިކާ ބޭނުން ވަނީ އެމެރިކާ ޖަހާހާ ބެރަކައް ނަށާ މުނާފިގުން އިސްލާމީ ގައުމުތަކުގެ ވެރިންނައް އިސްކުރުން. މިހާރު ސީރިޔާގައި އެމީހުން އެކުރަނީ އެމަސައްކަތް އައިއެސް އަދި އަލްގައިދާ ލައްވާ. ﷲ އިރާދަ ކުރެއްވިއްޔާ އެމެރިކާ އަޑީގަ އޮވެގެން އިސްލާމީ ދައުލަތްތައް ފުނޑާލަން އެކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ.

  24
  8
 14. އަހުމަދު

  މީގެން އެނގެނީ އެ ސީރިޔާއަށް އަށް ދާ މީހުން ތެރޭ ގައި ހަރުދަނާ ހެޔޮ ވިސްނޭ ބަޔަކު ވެސް އުޅޭކަން

  52
  6
 15. މަހުދީ

  ކަލޯ މައިންބަފައިންގެ ހައްޤެއް ވެސް ނެތް ދޯ؟

  17
  17
  • ޜޮދިން

   މާއިނގޭ ދޯތީ މައިން ބަފައިން ގެ ހުއްދަ ހޯދާގެންކަމެއް ނުހޯދާކމެއްވެސް ކަލެއަށް ނޭގޭ ވާނުވާގަ އަމާހަންދާންވެފަ ލޮލް

 16. އަހްމަދު

  ވަރަށް އިބުރަތްތެރި ވާހަކަތަކެއް ހަމައެކަނި މަދުވީ އަންނި ގެ ނަން

  40
  4
 17. މުދި

  ފުރަތަމަ ބިލާލު އަބްދުލް ކަރީމަކީ އެމެރިކާގެ ޕަޕެޓެއް...

  7
  15
 18. ހަލި

  ކޮންމެ ގޮތަކުން އެތަނަށް ގޮސް ކޮންމެ ކަމެއް ކުރިކަމުގާ ވިޔަސްވެސް މި ބަސްދީ ގަތުން ދެއްވި އަޅުގަނޑުމެންގެ އަޙު ޙައްޠޯބު އަޅުގަނޑުމެންގެ އަމިއްލަ ދިވެހިބަހުން ދެއްކި ގިނަ ވާހަކަ ތަކަކީ އަޅުގަނޑު އުފަލާއި އެކު ގަބޫލު ކުރާ ވާހަކަ ތަކެއް މިކަމަށްޓަކާ ނިހާޔަތަށް އަޙާ އަށް ހިތުގެ އިޙްލާސްތެރި ކަމާއި އެކު ޝުކުރާއި މުބާރަކު ބާދީ އަރިސްކުރަން.ތިޔަ ކުރަށްވާ މަސައްކަތުގައި ބަރަކާތް ލައްވާށި.އާމީން.

  45
  5
 19. އަހްމަދު

  ވަރަށް ފުރިހަމަ ވާހަކަ ކޮޅެއް އަލްހަމްދުލިﷲ

  32
  5
 20. އިސްމާލް

  މީނަ ބޭނުންވާަ ސުވާލު ކުރުވާފަ ޖަވާަބު މިދެނީ ދޯ///ފަލަސްތީން ނުފެންނަނީތަ ސީރިއާއަށް ތިދަނީ

  23
  12
  • .....

   ކަލޯ ތިހުރީ ފަލަސްތީނުގަތޯ

   16
   2
 21. ވިސްނާލުމަށް އެދެމޭ

  ސީ ރިޔާއަށް ނުދިޔައަސް މިގައުމު އިސްލާމްދީނާށް ބި ރަކަށްވެ ރައްޔިތުން ދެދުނިޔޭން ގެއްލެމުންދާއި ރު ހަމަމަގަށް އަޅުވަން ވެ ރިން ޒިންމާކު ރުވަން ބަސްބުނަން ނުކުންނަ ރައްޔިތުންވެއްޖެނޫންތަ އިސްލްދީނައްޓަކާ ﷲއައްޓަކާ ތިމާމެންގެ ވާޖިބެއޮތްކަން ދަންނަވެއްޖެ..ނަމާދުކޮއްފަ ރޯދަހިފުމުން ދީނުގެ ވޖިބުނިމުނީކަމަށް ހީވައްޏާ އީމާންކަން ފު ރިހަމަނުވޭ..އިލްމުވެ ރިންވެސް ބަސްބުނަން ފަސްޖެހިއްޖެ އެމީހުންގެ އަޑުކެޑިއްޖެ..އެމީހުންވެސް ވާޖިބަށް ވު ރެކު ރިޔަށް ދުނިޔެ އިސްކޮއްފި..ރައްޔިތުން ވިސްނާ މިގައުމާ އިސްލާމްދީނާމެދު..

  15
  4
 22. 800 އަހަރު

  އޮތް ދީން ހިމާޔަތް ކުރަން އޭނާ މިއަންގަނީ. 1400 އަހަރުވަންދެން އޮތް ދީނޯ؟ ދިފާއުކޮށްދޭން ޖެހެނީ އައިސިސް މާލްދީފީންގެ މީހުންތަ؟

  7
  13
 23. ާައަހުމަދު

  މީހުން ތުހުމަތު ކުރާގޮތުގައި މިއިންޓަވިއުގެ އަޑީގައި ތިބީ ވަގުތު ނޫހާއި ޕާކިސްތާން އެންބަސީ. މާލޭގަ މިހިންގާ އިދިކޮޅު ހަރަކާތްތަކަށް ފަންޑުކުރަނީ ކޮންބައެކަން އެބަބަލަންޖެހޭ.

  9
  19
 24. ޢަންސާރު

  ބާރަކަ ﷲ

  13
  5
 25. ިޮފަލިނަރަ

  މީގަ ހޯ ސްޓު ކުރަން އިން ފަރާޔް ހަމަ ދިވެހިންނައެކު ވީޑިޔޯ އެއް ނެގި މަ ބެލިން ޔުޓިޔުބުން

 26. ޢަބޫ

  ޚައްޠާބު ގެ ވާހަކަ ވ ފުރިހަމަ

  ﷲ ހެޔޮ ޖަޒާ ދެއްވާށި

  17
  4
 27. ވިސްނުން

  ދިވެހިން ބޯދޮވެ ހައްދު ފަހަނަޅުވާ ގޮތް. މިއީ އެމީހުން ސިއްރިޔާތުގައި ބުނެދޭ ގޮތް. މިހާރު ވަގުތު ނޫހުން ފާޅުގައި ދެން ތިބި ތަނެއް ދޮރެއް ނޭނގޭ މީހުންނަށް މިގެނެސްދޭން ފެށީ. މިކަންތައް ނުހުއްޓުވިއްޖެ ނަމަ ސީރިޔާއެކޭ މިރާއްޖެއެކޭ ތަފާތެއް ނޯންނާނެ. އެކަކު އަނެކެއްގެ ކަރުބުރި ކުރުން އާންމު ވާން ފަށާނެ.

  7
  13
 28. ރަނގަޅޭ

  މިއަދުގެ މުޖުތަމައުގާ ގިނަ މީހުން ތިބީ ނިދާފަ! ކޮންމެ މީހެއް ވެސް ބަލަންޖެހޭ ޤުރުއާން އާއި ރަސޫލާގެ ސައްހަ ސުންނަތު ގަ އޮތީ ކީކޭ ތޯ؟ބުނެވޭ ބަހަކީ ގިޔާމަތުގެ މައިދާނުގާ ތިބާއާ އެއްކޮޅައް ވާ އެއްޗެއް ނުވަތަ ދެކޮޅައް ވާ އެއްޗެއް.ވިސްނާލާ ވަގުތު ފާއިތު ނުވަނީސް!!!

 29. އެންދެރި

  އޮތީ ދެ ޕާޓީ އެކެވެ ނޫނީ ދެ ޖަމާ އަތެކެވެ. އެއީ ﷲ އަށް ތަބާވާ ޖަމާއަތަކާ ޝައިތާނާ އަށް ތަބާ ވާ ޖަމާ އަތެކެވެ.

  13
 30. ޢަދުރޭ

  ތިކަހަލަ އެކްސްޓްރިމިސްޓް ޤަބުޅި ބަދަވީ ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ ކީރިތ ޤުރްއާނުގައި މާކުރިން އެބައޮތް އަންގަވާފަ.ތީ އާކަމެއް ނޫން . އިޢުރާބީންގެ ނަމުން ތިބައިގަނޑަށް ﷲ މުޚާތަބް ކުރައްވާފަވަނީ

  . ( كافر ކަމާއި، منافق ކަމުގައި أعرابى ން މާހަރުކަށިކަން ބޮޑެވެ. އަދި اللَّه، އެކަލާނގެ رسول އާއަށް ބާވައިލެއްވި ތަކެތީގެ އިންތައް ނޭނގުން أولى ކަން ބޮޑެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. توبة 97
  އެނގޭ ކަމަކީ ކަލޭމެންނަށް ﷲ ނަޞްރެއް ނުދެއްވިކަން . ﷲ އަށް ނަޞްރުދިން ބައެއް ނަމަ ﷲ ނަޞްރު ދެއްވީސް . މީކީ ސުވާލު އުފައްދަންވީ ކަމެއްނޫން ސަރީޙަ ޢިބާރާތުން މިކަން އެއޮތީ އެއޮތީ އަންގަވާފަ . ان تنصركم الله ينصركم . ކަލޭމެންގެ ޚަލީފާ ބަޣުދާދީ ފަލަސްތީނުގައި އަޤްޞާ މިސްކިތް ދިފާޢުކުރަން ހަނގުރާމަ ކުރަނިކޮށެއް ނޫން މަރުވީ ކުއްތާތަކެއްގެ ޝިކާރައަކަށް ވެގެން ބަހުލޫލު ކުފުރުމަރަކުން މަރުވީ. އަމިއްލަ ޖާނު ގޮއްވާލީ . އަހަރުމެން ކަލޭމެންނަށް މިކަން އޮޅުންފިލުވަ ދޭކަށް ނޫން މިވާހަކަ މި ދައްކަނީ ޤަބޫލް ކުރިޔަސް ނުކުރިޔަސް މީ ޙަޤީޤަތެއް . އަހަރުމެންނަށް އެނގެ ފާސިޤް ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާނެކަންވެސް .
  والله لا يهدي القوم الفاسقين

  7
  8
 31. 🐠ރޮނޑާ

  ފައިޓު ކުރަން ތި ދިޔައީ ކާފިރުންނާތަ؟ ކީއްވެ އިޡުރޭލައް ނުދިޔައީ. އިޡުރޭލުގެ ބާރުގަދަ ލަޝްކަރު ކަލޭ ފުޑާލަން މަސައްކަތްކުރިނަމަ.. ސަލަފުގެ ފަރާތުން ދިން ބަޔާނެއްތަ؟

  6
  11
 32. ޢަދުރޭ

  ގާތްތިމާގެ ކަމުގެ ލޯބި ރަސޫލާޔަށް ދިނުމަށް ﷲ އަމުރުކުރެއްވި. ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰ. ( الشوري 23 )

  . މި އަމުރު ތަންފީޒެއް ނުކުރި ރަސޫލާ އަވަހާރަވީ ތާ 29 އަހަރު ފަހުން ބަޣާވާތަކުން ޚަލީފާކަން ހޯދި އުމަވީ ދަވުލަތުން. އުމަވީ ދަވުލަތުން ރަސޫލާ ރިޕްރެޒެންޓް ކުރާ ބަޔަކަށް ވާން ކީ ނަމެއް އަހްލުލް ސުއްނަތި މީ . ޝީޢީންނަކީވެސް ރަސޫލާގެ ސުއްނަތަށް އުޅޭ ބައެއް .އެމީހުންގެ އެންމެ ސައްޙަ ހަދީސް ފޮތަކީ އަލްކާފީ ކިޔާ ފޮތެއް . ސަޙީހް މުސްލިމް ލިޔުނު މުސްލިމް އެއީވެސް އީރާނުގެ ނީޝާޕޫރު އަވަށުގެ ބޭކަލެއް .. ސުއްނީން ޤަބޫލް ކުރާ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ޝީޢީ ޢިލްމުވެރިން ހިމެނޭ. އުމަވީން ރަސޫލާޔަށް ކާފަ ކިޔާ ހަސަން ހުސެން ގެ ކަރުބުރިކޮށް އަހުލުބައިތުން ގެންގޮސް އެ މީހުންގެ ގަނޑުވަރުތަކުގަ ރޭޕްކޮށް ހެދީ. އެއީ ތޯ ގާތްތިމާގެ ކަމުގެ ލޯބި ދޭ ގޮތަކީ ؟ އަހުލު ބައިތުންގެ ދިފާޢުގައި ނުކުތް މީހުން ކާފަރުންނަށް ހަދަން އެވެރިން ފެތުރި ބުހުތާނު ދޮގުވާހަކަތަޢް އެއީ ޢަލީގެފާނު އެއީ ރަސޫލެކޭ އެ މީހުން ބުނެޔޭ އއެ ކިޔަނީ . އީރާނުގަ ގޮވާ ބަންގި އަޑުއަހާލަބަލަ . اشهد الا اله الله واشهد ان محمد الرسول الله. . މިހެން ހަމަ ކިޔާނީ . ދެން އިތުރަށް ކިޔާނީ واشهد ان علي ولي الله . މާނަޔަކީ ﷲ ގެ ފަރާތުން ވަލިއްޔުލް އަމުރެއްގެ ގޮތުގައި ހުރި ބޭކަލަކީ علي އޭ . އޭގަ ކޮބާ މައްސަލަ އަކީ . އުމަވީންގެ ފުރަތަމަ ޚަލީފާ މުޢާވިޔަތަކީ ބަޣާވާތަކުން ވެރިކަމަށް އައި ޚަލީފާ އެއް . އޭތި އަދި އަދަށްވެސް ޝީޢީން ޤަބޫލް ނުކުރާ ކަން މީގެން ް .މީ ސުއްނީންނޭ މިކިޔާ އުމަވީ ފިކުރުގެ މީހުން ޝީޢީން ކާފަރުންނަށް ހަދާ ސަބަބަކީ

  2
  4
  • ނަން

   ޥ. ރަނގަޅު ވާހަކަތަކެއް .ފުތޫހާތުގެ ޒަމާނުގަ އުމަވީންގެ ދުއްޕާންވެފައިއޮތީ މިހާރު މިދެކޭ ސީރިޔާއަށްދާ ބައިގަނޑުހެން. މިބައިގަނޑަށް ދުވަހަކުވެސް ނސްރު ލިބުމެއްނެތް. މިއީ ހަވާރިޖުބައިގަނޑު. މިއީ ސަމާލުކަންހޯދުމަށް އިސްވިއާޔަތުގެ މާނަ ފޮރުވާފަ ފަހަތުން އަންނައާޔަތް ނަގާ ރަސޫލާ އަށް ގޮންޖަހާ ބައިގަނޑަކީ

 33. މައްސަލަ

  މުސްލިމުންގެ އެއްމެ ބޮޑު މައްސަލައަކީ އެކަކުއަނެކަކަށް ކާފަރޭލކިޔާ މައްސަލަ. އަބަދުވެސް އެއްމެ ރަގަޅީ ތިމާ. ދުވަހަކުވެސް ދަސްނުވާނެ ތިމާގެ ފިކުރާތަފާތު ފިކުރުގެ މީހަކަށް ގަދަރުކުރާކަށް ނުވަތަ ހަމްދަރުދީވާކަށް.

 34. ޢުފާ

  ﷲއަކުބަރު

 35. އިންސާނާ

  މަހަމަ 100% ތާއީދު ވާހަކައެއް

 36. ރާއިފު

  މީނަ ކީއްކުަަރަން ދިވެހިބަހުން ވާހަކަ މި ދައްކަނީ

 37. ދަންނަ ނުދަންނަ

  ބައްޝާރުލް އަަސަދު އަކި ނުޞައިރީއެއްސީދަ އެމީހުން އިނގެރޭސި ވިލާތަށް ލިޔުނު ސިޓީއެއްގައސިޓީއެއްގައި ތިމަން މީ އިސްލާމުންނެއް ނޫނޭ ބުނެފައޮވޭ. އެނގި ތިބެ ވާހަކަ ދައްކަބަލަ... އޭނާގެ ފޮޓޯއަށް ސަޖިދަ ނުޖަހައިގެން މީހުން މަރާ މީހެއް މުސްލިމަކަށް ވޭތަ ރޯނު އެދުރުންނޭ

 38. ޢަދުރޭ

  ރޯނު އެދުރުން މިތަނުގައި އެބަ ބުނޭ މިވެނި މީހަކީ . ނުސައިރީ އެކޭ. އަބާލީއެކޭ . ނަޒްދޫޤީ އެކޭ ޒައިދީ އެކޭ ޚަވާރިޖެކޭ ޢަލަވީ އެކޭ މުޝްތަޝްރިޤެކޭ ޝީޢީ އެކޭ . ތީ ކަލޭމެންނާ ކަލޭމެންގެ ކާބަފައިން މީހުންނަށް ދީފަ ހުރި ލަޤަބުތައް . ތީ ޤުރްއާނުގެ އެއްވެސް ނައްސަކުން ސާބިތުވާ ވާހަކައެއް ނޫން. ޤުރްއާނުގައި އޮތީ ލަޤަބު ތަކުން ނުގޮވާށޭ. ޙިސާބު ބެއްލެވުން އޮތީ ހަމަ އެކަނި ﷲ ޙަޒްރަތަށް. ނުސައިރީން ނާ ހުންސާއިންނާ ހޯޖާ އިން ނިންމަވާނީ އެފަރާތުން ﷲ ގެ އޮތޯރިޓީ އަތަށް ކަހާލަން ނޫޅޭ ރޯނު އެދުރުންނޭ . އިނގިރޭސިވިލާތަށް ފޮނުވި ސިޓީއެއްގައި ކަލޭމެންގެ ޚަލީފާ އަބޫ ބަކްރުލް ބަޣްދާދީ ލިއެފަ އޮތް ތިމަން މީ ޖިބްރީލް ގެފާނޭ ވެސް . ކަލޭ ދުށިންތަ މި ސިޓީ ؟

  3
  1
 39. ހުސޭނު

  ޔާހ ރައިޓް. އޯކޭ.

 40. ޑަމީ

  މީގެ ސޭކުން ތަށް މި ދިވެހިރާށްޖެ ދޫކޮށް ގޮސް ހުސްވެށްޖެޔާ ހާދަ ރަނގަޅޭ.

  1
  1
 41. ގގގގގ

  ނޫސްވެރިއަކު މީނަގެ އައިޑެންޓިޓީ ހޯދާ މީނައާއި މޑޕ އާއި އޮންނަ ގުޅުން ބެލުމަށްފަހު އެކަން މަޑިސީލަ ޓީމާ ހަވާލުކޮށްލަބަލަ. މަށަށް ހަމަ 100 % ގެރެންޓީ މީނައާއި މޑޕ އާއި ގުޅުންވާނެކަމާއި މިހާރު މިފެށިގެން އުޅޭ މިލިޓަރީ އޮޕަރޭޝަންތަކަކީ މީގެ ބޮޅެއްކަމަށް. މަގްޞަދަކީ އެއްމަޤްޞަދެއް! އިސްލާމްދީނަށް ދިވެހިންގެ ހިތުގައި ނަފްރަތު އުފެއްދުން.