އައްޑޫ ސިޓީގައި ސަރުކާރުން ތަރައްގީ ކުރަމުންދާ "އިކުއަޓޯރިއަލް ހޮސްޕިޓަލް" ހުޅުވައިގެން ޚިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ އިރު އޮއްސި 6 ޖަހަންދެން ކަން ހާމަވެއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 ޖެހުމުން ބަންދު ކުރާނެ އެވެ. އަދި ހޮސްޕިޓަލް ހުޅުވާއިރު ދޭނީ އޯޕީޑީއާއި ލެބޯޓަރީއާއި އެކްސްރޭ އަދި ފިޒިއޮތެރަޕީގެ ޚިދުމަތްތައް އެކަނިކަން މީގެ ކުރިން ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ހޮސްޕިޓަލް ހުޅުވާއިރު ބަލި މީހުން އެޑްމިޓް ކުރުމުގެ ޚިދުމަތެއްވެސް ނުދޭނެ އެވެ. މީހަކު އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ ގެންދަން ހަމަޖެހިފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އޭގެ އިތުރުން އައު ހޮސްޕިޓަލުން އެމެޖެންސީގެ ޚިދުމަތްތައްވެސް ނުދޭނެ އެވެ.

،މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ހޮސްޕިޓަލުން ފުރަތަމަ ދޭނީ ކްލިނިކަކުންވެސް ލިބޭ ޚިދުމަތްތައް ކަމަށެވެ. އަދި ހޮސްޕިޓަލް ހުޅުވާއިރު އެމްއާރުއައި ގެ ޚިދުމަތްވެސް ނުލިބޭނެ ކަމަށާއި، އެ މެޝިން އައްޑޫއަށް ގެންގޮސްފައިވާތާ މަސްތަކެއް ވެފައިވާއިރު އަދި އިންސްޓޯލް ނުކުރެވޭ ކަމަށްވެސް އެމީހާ ބުންޏެވެ.

ކުއްލި ގޮތަކަށް އާދީއްތަ ދުވަހު އެ ހޮސްޕިޓަލް ހުޅުވާއިރު އެމްއާރުއައިގެ އިތުރުން އޮޕަރޭޝަން ތިއޭޓަރުގެ ޚިދުމަތްވެސް ނުލިބޭނެ އެވެ. އަދި އެކްސްރޭގެ ޚިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވީ ނަމަވެސް އެ މެޝިންތައް އިންސްޓޯލްކޮށް ނުނިމެއެވެ. އަދި ހޮސްޕިޓަލުގެ ގިނަ މަސައްކަތްތަކެއް އަދިވެސް ވަނީ އެއްކޮށް ނުނިމިއެވެ.

އެ ސިޓީގައި ޓާޝަރީ ހޮސްޕިޓަލު ގާއިމްކޮށްފައިވަނީ އައްޑޫ ގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި ދަރުބާރުގޭގައެވެ. "އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު" ގެ ނަމުން ނަން ދެވުނު އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް މިހާރު ދީފައިވާ ނަމަކީ "އިކުއަޓޯރިއަލް ހޮސްޕިޓަލް" އެވެ. މި ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ.

މައުލޫމާތު އެނގޭ މީހަކު މައުލުމާތު ދިން ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދެތިން މަސް ތެރޭ ގިނަ ޚިދުމަތްތަކެއް ހޮސްޕިޓަލުގައި ފެށުމަށް ކަމަށެވެ.

އައްޑޫގައި ގާއިމްކޮށްފައިވާ އައު ހޮސްޕިޓަލަކީ މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލު އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މި ހޮސްޕިޓަލަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހަދާފައިވާ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދދދދދދ

  ހަހަހަހހަކެކކެކެކެކެކެ. ގޫބައްޑާމެންނަށް ރަނގަޅަވޭހެއް އެވަރަ. ތޭޔަސް މާގިނަވޭލަ. ދެތިންގަޑި ރަނގަޅަ ވޭހެއް. ކަކަކަކަކަ

  47
  7
 2. މާލެ ރާއްޖެތެރޭ މީހާ

  މަބެނީ ދެން ތިވަރުން ނުޙުޅުވިޔަސް އޯކޭ އޭ

  49
  1
 3. އަމީން

  ހެނދުނު 8 އަކުން މެންދުރުފަހު 2 ކަށް ރަނގަލުވާނެ. ސޭކުސްތާނުގައި ރަނގަޅުވާނީ މިގޮތް

  21
  3
 4. ސަޓޯ

  އައްޑޫ ސިޓީ ތަރަށްގީ ކުރީ ތިޔާ ދެއްތޯ

  18
  1
 5. ޖޯބެ

  އަމާބުނީ ފަރަށް ދާށޭ ދެއްތޯ އިބުރޭ !!

  22
  1
 6. Anonymous

  ޢައްޑޫމީހުން ތިބޭ ދެން ރާކަނިމަސްކާގެން، ޖަޒީރާވަންތަ ދިރިއުޅުމަށް ހަމްދާއި ޝުކުރުކޮށްގެން، ރުއްގަލުބޭސްކުރާ މީހުން ތިބޭނެ ފިލާބޭސް ހަދަން، 70އަހަރު ފަހަތަށް ގައުމުވަނީގޮސްފަ، މިގައުމުގާ ހިނގަހިނގާއޮތް ސްޕީޑީ ކޮލިޓީ ސަރުކާރު ބަދަލުކޮށް ފިނިހަކަ ސްޕީޑު ސަރުކާރު ގެންނަން އެއްމެބޮޑަށް މަސައްކަތްކުރީ އައްޑޫ ރައްޔިތުން، ވަރަށް އެމްޑީޕީވެފައިވާ ބައެއް، ލޯކަލް ކައުންސެލް ނިމުމާއެކު ތިހޮސްޕިޓަލުގެ އަޑުވެސް ކެނޑުނީ،

  25
  3
 7. މުހައްމަދު

  ބަލަގަ މިއުޅެނީ ވޯޓްހޯދަންވެގެން ރައްޔިތުން އޮޅުވާންވެގެންނޭ.
  ހަމަކުޑާކޮށް ހުންއައިސްގެންވެސް ދާއިރަށް އާސަންދަ "ނަމެއްކިޔާފާ" ޑީޕޯޓް ތައްގަނޑުޖަހާފާ ފޮނުވާލަނީ މާލެއަށް. އެމާލެ ކިޔާތަނުގާ ބަލިމީހާ ގޮވާއިގެންގޮސް މިޖެހެނީ ގަނަތެޅެން.

  24
  1
 8. 2023ރޔާމީން

  ތިހޮސްޕިޓަލުގެ ހު ރިހާ ރީތިނަމެ މިސަ ރުކާ ރަށް އައްޑޫމީހުންދީގެން އަތްޖަހަންތިބޭ...ތިހޮސްޕިޓަލު ރާއްޖޭގެ 1ވަނަ ހޮސްޕިޓަލުގެގޮތުގަ ހުޅުވާ ޙިދުމަތްދިނީސް ތިހޮސްޕިޓަލުގެ ބާނީ ރޔާމީން ވެ ރިކަމުގަހު ރިނަމަ...އިބު ރާހިމު ލަދެނުގަނޭ ރިބަންކަޑަން ޔާމީން ކޮއްފަހު ރި ތަ ރައްގީގެ ބިނާތަކުގެ...ކޮބާ އައްޑޫ މަޖުލިސް މެމްބަ ރުން...5އަހަ ރު ބަޖެޓަށް ވޯޓުނުދީ ރައްޔިތުންގެ ހައްގޭކިޔަން ބޮޑާބަސްބުނަންތިބީ މަގުމަތީގަ ފު ރައްސާ ރަކު ރުމުގަ....ރޮޒައިނާ ލައްވާ ރިބަންކަޑުވާ..އެއީވާ ހަޔާތެނެތް އަންހެނެއް....

  20
  4
 9. ރާޅު ބޯއީ

  އިރުއޮއްސުނީމާ އައްޑު އަތޮޅު މީހުން "ބަލި ފްރީ" ވާނެ. އެއްވެސް މީހަކު އޭގެފަހުން ބައްޔެއް ނުވާނެ. ހޮސްޕިޓަލް ކުދިން ބޯލާ ގަޑި އެއީ. ކޮންމެވެސް އުނދަގޫ ނުކުރާތި.

  19
  1
 10. ލޮލް

  ޔާމީނުގެ ކުދިން ކޮޅު މާ މަޖާ ވެގެން މިއުޅެނީ. މުޅި އައްޑޫ ވޯޓު ދިނަސް އޭނަ ހަމަ ނުހޮވުނީސް. އެއީ މުޅި ރާއްޖޭގެ ނިންމުމެއް.

  14
 11. Anonymous

  އިރު އޮއްސި 6 ޖެހީމާ ދެން ހަކުރު ގިނަވޭ...

  10
 12. ސަންދާނު މޮޔަމީހާ

  ދެން ކީތްކުރަން ހިދުމަތްް ނުދެވޭތަނެއް ހުޅުވަނީ ބަހައްޓާ މި ސަރުކާރުން 1 އަހަރު ކުރިކަންތައް ފަނޑިޔާރުން ބަދަލު ކުރުމާ ބަދަލު ހިފުމާ މަލާމާތް ކުރުމާ ވަނަން ގޮވުމާ ވަގައް ގޮވުމާ ވަތްކަންކުރުމާ މުރުތައްދުވުމާ ރަހުމަތްތެރިންނައް ބަދަލުދިނުމާ މިކަންތައް ކޮއްފަކާ އިތުރު ކަމެއްކުރާނެ ވަގުތެއް ނުލިބޭނެ

 13. ާހސނ

  ބުރޯ ޗިލް. އެއްކޮށް ނިމެންދެކަށް މަޑު ކުރޭ

 14. ކޮތަރުބިސް

  ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް އައްޑޫ ރައްއްޔިތުން އެއްވެސްކަަހަލަ ބައްޔެއްނުވާނެޔޯ

 15. ާއަހުމަދު

  ޙިދުމަތް ދެނީތަ ހުޅުވާލައްޕަނީތަ ތީއަމާބުނީމަ ފަރަށް ދިއުމާ ވައްތަރުގެ ކަމެއް