އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުން އެޤައުމުގެ ބޮޑު ވަޒީރު، ބޮރިސް ޖޯންސަންގެ ޕާޓީ އިން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ނަޝީދު، ބޮރިސް އަށް މަރުޙަބާ ދަންނަވައިފިއެވެ.

އިއްޔެ އިނގިރޭސިވިލާތުގައި ކުރިއަށް ދިޔަ "އެގްޒިޓް ޕޯލް" ގައި މިހާރުވެސް އެޤައުމުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީ އިން ވަނީ 368 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ލޭބަރ ޕާޓީ އަށް ކަށަވަރުވެފައިވަނީ 191 ގޮނޑިއެވެ. މިއީ އިނގިރޭސި ރައްޔިތުން ވިލާތުން ވަކިވުމާ މެދު ގޮތެއް ނިންމުމާވެސް ގުޅިލާމެހިފައި އޮތް އިންތިޚާބެކެވެ. ބޮޑުވަޒީރު ބޮރިސް ކެމްޕޭން ކުރެއްވީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ރައްޔިތުން ކުރިން ނިންމާފައިވާ ގޮތަށް ވިލާތުގެ އިއްތިހާދުން ވަކިވާށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ އިންތިޚާބުގައި ބޮރިސް އާއި އޭނާގެ ޕާޓީ، ކޮންޒަވޭޓިވް ޕާޓީ އިން ހޯދާފައިވާ ބޮޑު ކާމިޔާބީ އަށް މަރުޙަބާ ކިޔާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް އަލުން ކޮމަންވެލްތުގެ މެންބަރަކަށް ވުމުގެ ހުއްދަ ލިބުނު ދުވަހަކުން، އިނގިރޭސިވިލާތާ އެކު ގުޅުންތައް އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ، އެނބުރި ކޮމަންވެލްތުގެ މެންބަރު ޤައުމަކަށް ވުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އިނގިރޭސިވިލާތާ ކައިރިން މަސައްކަތް ކުރަން ބޭނުންވޭ އަޅުގަނޑު، ޚާއްސަގޮތެއްގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލްތަކުގެ ތެރެއިން ހޫނުމިނަށް އަންނަ ބޮޑު ބަދަލާ ގުޅޭގޮތުން،" ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަބީބު

    ރާއްޖޭގެ ދައުލަތުގެ އެންމެ އިސް ވެރިޔަކީ ކާކުކަން ނަޝީދުއަށް އޮލިފައި އޮތަސް ދިވެހި ރައްޔިތުންނަށް އެކަމެއް އަދި ނޯޅޭ. ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ ރައްޔިތުންގެ ބިޔަބޮޑު އަޣްލަބިއްޔަތުން ރައީސަކު އިންތިޚާބު ކޮށްފައި. ދިވެހި ރައްޔިތުން ވަނީ ޤާނޫން އަސާސީ އަކުން ދައުލަތް ހިންގުމުގެ ބާރުތައް ވަކިކޮށް ރިޔާސީ ނިޒާމެއް ޤާއިމުކޮށްފައި. ނަޝީދު ކިތައްމެ ހިތްދަތިވިއަސް ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައީސް ސާލިހު ކަމީ ޝައްކެއް އޮތް ކަމެއް ނޫން. ނަޝީދު ދައުލަތުގެ އެހެން ބާރުތަކުގެ މައްޗަށް އަތްގަދަކޮށް ނިޒާމު އޮޅުވާލާ ގަޑުބަޑު ކުރަން ތިކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ. ނަޝީދު ހިންގާ ބައިނަލް އަގްވާމީ ޑިޕްލޮމެސީއާއި ބީރައްޓެހި ނާތަހުޒީބު އަމަލުތައް އަހަރެމެން ކުއްވެރިކުރަން. އަދި ދައުލަތް ހިންގުމުގެ ކަންކަން ޗާޓުންބޭރުން ހިންގުމަށް ނަޝީދު ތިޔަ ހިންގާ ޚުދުމުޚުތާރު އަމަލުތަށް އަހަރެމެން ކުއްވެރިކުރަން. ބޮޑުވަޒީރު ހެދިގެން ނުބެހޭ ކަންކަމާއި ބެހި ބަރުލަމާނި ވެގެން އުޅޭނެ ކަމެއް ނެތް. ތިޔަ ބޭނުންވާގޮތަށް ނިޒާމުވެސް ބަދަލެއް ނުކުރެވޭނެ. އެކަމަށް އެޓެމްޕްޓް ކުރިއަސް ރައްޔިތުން ނުކުމެ އެއްލަކިން ފެއިލް ކޮށްލާނެ ވާހަކަ ދުރާލާ ހަނދާންކޮށްލަދެން. ވަރަށް ސަލާމް.

    12
  2. ޢަންސާރު

    ކެނެރީގެ ވަގު ސޮރު ވަރަށް ފެންވަރު އޮޅިފަ އެހެރީ ބަހައްޓާ އޭނަ މައިތިރި ވާނެ...

  3. މޫސަބެ

    އެހެންވިއްޔާ ކީއްވެ އެއްލަކިންފެއިލްކޮއްލަން ނުނިކުމެވިގެންއުޅެނީ ތިހެންކިޔަކިޔާތިއްބާ ހަދާނެއެއްޗެއްހަދާނެ މިހާރުވެސް ވެރިމީހާއައްވުރެން އޭނާގެބާރުގަދަަ ވެރިމީހާއެހުންނަނީ އަނގައިންވެސްބުނަންނުކެރިފަ މުސްކުޅި ހަރުބަހެއްއޮވޭ ބުނެފަ އިހައްނުވިރައްކަލެއްފަހަކުންނުވެވޭނެޔޭ ނިކަން ކެރެންޏާ ނިކުމެބަލަ އެއްލަކިން ފޭލްކޮއްލާނަން އާންދޮގޭ