އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމަށާއި، އެސިޓީގެ 4 ޞަރަޙައްދެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް އިންޑިޔާގެ ދެ ކުންފުންޏަކާ، 7،107،915.00 (ހަތް މިލިއަން ސަތޭކަ ހަތްހާސް ނުވަސަތޭކަ ފަނަރަ ) ޔޫއެސްޑޮލަރަށް ހަވާލުކޮށްފައިވާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ޓްވީޓް ކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޝިޔާމް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ، މަގުހެދުމާއި، 4 ސަރަހައްދެއްގެ 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ޑިޒައިން ކުރުމަށް 7 މިލިއަން ޑިލަރަށް ވުރެ ގިނަ ފައިސާ އަށް ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ކުރުމަށް ތިން އަހަރާއި 4 މަސް ދުވަސް ދީފައިވާ ކަމަށެވެ.

"މިއީ 21 ވަނަ ޤަރުނު. އައްޑޫ ސިޓީގެ ރައްޔިތުންނަކީ ވަރަށް ރަނގަޅަށް ލޯހުޅުވޭ، ނިކަން ތަންދޮރު ފިލާފައި ތިބި ބައެއް. ޤަމާރުންނެއް ނޫން." ޝިޔާމް ކުރައްވާފައިވާ ޓުވީޓުގައި ވަނީ ވިދާޅުވިއެވެ.

މިމަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑިޔާގެ އެލް އެންޑް ޓީ އިންފްރާސްޓަރަކްޗަރ ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެއްކަމާއި، ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫ ސިޓީގެ އެކި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މިއީ 800 މިލިއަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށްގެންދާ ދެ ވަނަ މަޝްރޫޢެވެ. މީގެކުރިން 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ މި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހަންމަދޭ

    ޝިޔާމަށް ހީވާގޮތް ތީ. އައްޑޫ މީހުންނަކީ ގަމާރަޖަމުން ހައްދު ފަހަނައެޅި ބާކިޔަ. ބޮލަށް ގޫލިޔަސް ހައުދަހައި މީރިވަސް ދިވައިޔައު އެވެރިން ބެނާނެއި. އެއައްޓެއި ގަޅި ބާކިޔަ އުޑުދަށިތަސް ނިތިބޭށިޔަ. އައްޑޫގެ ދެބައިކޮށް އެއްބައި އިންޑިއާއަށް ހިބައިން ދެރެ ނިމެނެކަލަސް އަނގަ ގޫފާލައްހެން ހަދަގެން އެތިބީނުން. އަފިރިން ގަންނައި ލަދަ.

    33
    2
    • ާއަހުމަދު

      ގަމާރުކަމުން ތަރައްގީނުވެެެގެން އުޅެނީ

      15
      1
  2. ?ރޮނޑާ

    ކަލޭމެންގެ އާރާއި ބާރު އޮތަތީ ކަލޭ މެން ބޭނުންހާ ގޮތަކައް ކަންތައް ކުރަނީ. އައްޑޫ ގައި އަލައް ހޮސްޕިޓަލެއް އެޅުމުގެ ނަމުގައި އެތައްސަތޭކަ މިލިއަން ރުފިޔާގެ ލޯނެއްނަގާފަ އާ ހޮސްޕިތަލެއް ނާޅާ މުޅިން ފުރިހަމަ ކޮއްފައި ހުރި އިމާރާތެއްގެ ފާރުގައި ކުލަ ކޮޅެއް ހާކާލީ. ޝިޔާމައް ތިހީވީ އައްޑޫ މީހުން ގަމާރު ވީމަ ހެންތަ އައްޑޫ މީހުން ހިމޭނުންތިބެނީ

    6
    25
  3. އަމީން

    ސޭކުސްތާނުގެ އައްޑޫ މީހުން ހަމަ މޮޔަބައެއް. ބަލަންތިބޭތި ކައުންސިލް އިންތިހާބުގައި މިމީހުން ވޯޓުދޭގޮތް. ކަލޯ ޝިޔާމު، ކަލޭމެންނަށް ވޯޓު އެމީހުން ނުދޭނެ. ހެލްތު މިނިސްޓްރީގައި އެއުޅޭ އަމީނު ވެސް ތިޔަމީހިން ހައްދައަފި. އިއްޔެ އަސްލަންޓޭ ވެސް ތިޔަމީހިން މޮޔަ ހައްދައިފި. ހެހެހެހެހެ.

    24
    3
  4. ޙުސެންމައު

    ޢެއީ ތާކުން ތާކުޖެހޭ ބައެއްކަމަކައް ނުފެނެ އަބަދުވެސް އަމިއްލަ ބޮނޑި ބަންނައް އުޅޭބައެއް މާލެ ކޒަނުލެވިގެން

    15
    1
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮން ލައިން އޮފް ކްރެޑިޓީއެކޭ ކިޔާކަށް. ތިފައިސާ ދެނީ ފަހުން އަނބުރާދޭގޮތަކަށް ނޫންތަ؟ އެހެން ވެއްޖެނަމަ ތިވާނީ ދަރިންގެ ބޮލުގަ އެޅުވޭލޯނަކަށް ނޫންތަ؟ ރައްޔިތުންނަށް އެތިވާއެއްޗެއް އެނގޭގޮތަށް ދެފުން ފެންބަގޮތަށް މި ހުރިހާކަމެއް ރަނގަޅުކުރުމަށް އައިސަރުކާރުން ކަންތައް ނުކުރަނީ ކީއްވެހޭ؟

    12
    2
  6. ހޭޖެހޭ މީލައްކަވާހަކަ

    އާ އެމީހުންނައް ހެޔޮތާ މިހާރުވެސް ކިޔާއަޑުއިވޭ އިންޑިޔާގެ މިލިޓަރީބޭހެއްހަދަން އައްޑޫއިންބައެއް އިންޑިޔާއައްދިންވާހަކަ އެހެންކަމައްވެއްޖެއްޔާ ދުވަސްކޮޅަކުން ދިވެހިންގެބާރުގެދަށުން އިންޑިޔާގެބާރުގެެދަށައް އައްޑޫވެސްދާނެ އެހެންވީމަ އައްސަތޭކަމިލިއަންޑޮލަރެއްނޫން އެއްބިލިއަންޑޮލަރުގެ ކުރެޑިޓްފެސިލިޓީވެސްދޭނެ މިފަހަރު މިކަންކަމައްނުވިސްނައިފިނަމަ ފަހުން ހިތާމަކުރިޔަސް ކުރާނެކަމެއްނޯންނާނެ އެއިރު ވަޤުތުއޮންނާނީ ފާއިތުވެފަ

    7
    1
  7. ޚަސޭން

    ތިބުނާ އެއްވެސް ކަމެއް ތިކިޔާ އައްޑޫގަ ހިގާފިއްޔާ ތިވާނީ
    މިސަރުކާރު ހިންގަންތިބިމީހުން މޮޔަވީކަމައް
    އަޅޫގަނޑު އައްޑުއައް ނިސްބައްވާ މީހަކައްވެހުރެ އެއްގޮތަކައްވެސް ތިއިން އެއްވެސް ކަމެއް ކުރެވިދާނެ ކަމަކައް ގަބޫލެއް ނުކުރަން.
    1980 އަހަރު ތަކުންފެސިގެން ލައްކަ ޕްރޮޖެކުޓުގެ އަޑުއިވޭ
    އަދިލިއެ ބަޖެޓުވެސް ފާސްކުރޭ ...

    7
    1
  8. ގަމާރު

    އައްޑޫ ގައުޅެނީ ހުސްގަމާރުން މަވެސްހިމަނައިގެން

  9. ސާމިރާ

    ތިއައްޑު އަށްވުރެ އަމިއްލަ އެދުން ބޮޑު ޤަމާރު ބަޔަކު މިހާރު މިރާއްޖޭގައި ނެތް. މިރާއްޖޭގައި މިހާރު އެއްމެ ކަޑަ ކަމަށް ބުނާ އަތޮޅުތަކުގެ މީހުން އެއްމެ ލޯހުޅުވެނީ.އެއްމެ ތަންދޮރު ފިލަނީ. ތީ ހީވާގޮތް. ޝިޔާމް ހީކުރަނީ އެހެން ކަމަށްތަ؟މިރާއްޖޭގެ ސަރުކާރުގެ ބަޖެޓް އޮްންނަންވާނީ ހުރިހާ އަތޮޅުތަކަށްވެސް ހަމައަށް. މިރާއްޖޭއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ މިރާއްޖޭގެ ހުރިހާރއްޔިތުންގެ ޙައްޤެއް. އައްޑޫގެ އެކަނި ޙައްޤެއްނޫން.