ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ހާއްސަ ރަން މެޑަލް ކަމަށްވާ ޑިސްޓިންގުއިޝް ސާވިސް އެވޯޑް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސަށް މި ރަން މެޑަލް އެރުވީ ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގައިވެސް މަސައްކަތްކުރައްވަމުން އަންނަ ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު އެވެ.
ޑިސްޓިންގުއިޝް ސާވިސް އެވޯޑަކީ ދުނިޔޭގެ ޤައުމުތަކުގައި ބޮޑީބިލްޑިން ކުޅިވަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެ އެސޯސިއޭޝަނުން ދެއްވާ ޚާއްސަ އެވޯޑެކެވެ. މިއީ ޤައުމެއްގެ ރައީސަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު، އަހްމަދު މަހުލޫފްގެ އިތުރުން ރާއްޖޭގެ ބޮޑީ ބިލްޑިން ބައެއް އެތުލީޓުންވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ ރާއްޖޭގެ ބޮޑީބިލްޑަރުންނަށް ހުރި ދަތިތަކާ ބެހޭގޮތުން އޮޅުންފިލުވައި، އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ކުޅިވަރުން މިހާތަނަށް ލިބިގެންދިޔަ ޝަރަފްވެރި ކާމިޔާބީގެ ލިސްޓުގައި ބޮޑީބިލްޑިން އިން ވެސް ވަނީ ފަޙުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބޮޑީބިލްޑިން މި އަހަރުގެ ދުނިޔޭގެ މުބާރާތުން ވަނީ ދެ ލޯ މެޑައްޔެއް ހޯދައިފަ އެވެ. އަދި މި އަހަރު ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ މުބާރާތުން ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ.
އަންނަ އަހަރު ބާއްވާ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އޮންނާނީ ރާއްޖޭގަ އެވެ. މިއީ އޭޝިއާގެ ބޮޑު ބޮޑީބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. އޭޝިއާގެ 54 ވަނަ ބޮޑީބިލްޑިން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. މާފުށީ ގައެވެ.
މުޅީން ކުޅިވަރުގަ ދެއްތޮ...
ރަން މެޑައްޔެނޫން ސެލްފީ މެޑަލް
މަކަރު ވެރި ކަމުގެ މެޑެލް...
މި އަޅެ ބޮޑު ޖޯކެއްތަ ރިޔައީ ނާސިރާއައްވެސް ދިނީ ދެވޭ އެއްޗިހި ދޯ ތިކުޅިވަރު ހުއްޜާފަ ތަންކޮޅެއް ހަރުދަނާވުން ރަނގަޅު
ރައީސްވެރިކަމާ ހަވާލުވިތާ އެއްއަހަރު ގިނައަހަރުތަކެއްވަންދެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއްގައިއްނެވީ އެތަނުންކުރިއަރުވާ ކުޅެހެދީ ދުއްމާރިފުމެ އެކަކުއަނެކަކައް ހަޅޭއްލެވުމާ ކޯދޮވެފެންޖެހުން ބޮޑީބިލްޑް ކުރާތާއެތައްއަހަރެއް ވެއްޖެ ތިކުޅިވަރައް އެއްމެ އެހީވީބޭފުޅަކީ ނާއިބުރައީސް ވަހިއްދީން ތީސިޔާސީހަރަކާތެއް ޕިޔާކިލޯއެއް ނަމަރައަގަޅު
ބޮޑު ގުދެއް މައިބަދައިގެ މަތީބައިންލާފަ ހުންނަ މީހަކަށް ކޮށް ސްޕޯރޓްސް މެޑެއްޔެއް ދޭކަށް!
މިސަރުކާރަށް ރަންމެޑަލް ލިބިއްޖެ މާކުރިން އެމްޑީއެން ދިފާއުކުރުމުންނާއި އިސްލާމްދީނަށް ނަސްރު ނުދިނުމުގަ.
ތިހެންވީމަ ކިޔާނީ އަތްނުލާ އައްދޮކިޔުމޭ.ހާދަމަސައްކަތެއްކުރެވުނީމަ އޭ ދޯ އަހައްރެއްތެރޭ ރަންމެޑަލް ހައްގުވާނީ.އަހަރެން ނަމަ ލަދުންވެސް ހަވާލު ނުވީސް
އެެެއްމެ ލާ ދީނީ މީހުންގިނަ ސަރުކާރަށް ދޭ ރަންމެޑެލް
އިބްރާހިމް މުހައްމަދު ސޯލިހުއައް ތި މެޑަލް ހައްގެއްނުވާނެ،ނޫން ދިވެހި ރާއްޖޭން އެކަމެއްކުރި އަރުވަން ކުރާމަސައްކަތަށް ދިން އެއްޗެއް ރާއްޖޭގަ ރައީސްގެ ހައިސިއްޔަތުން ހަވާލު ވުން ހައްގު
ރައީސްޔާމީން ފައްޓުވާފަ ހުރި ބޮޑެތި ޕްރޮޖެކްޓް ތަކުގެ ރިބަން ކަނޑާފަ މެޑަލް ޖެހިހެން މިކަމުންވެސް މެޑަލް ޖަހާލީ ދޯ.ގަދަމީހެއް ސޯލިހްއަކީ.???
ކޮން ނަމެއް ކޮއްގެން ބާ
މަޖިލީހުގަ ހުރި އިރު ކުރި ޖެއްސުން
ބަޖެޓަށް ވޯޓު ގަނޑުވެސް ނު ދޭ
ރައީސް ސޯލިހު "އަށް" ރަން މެޑެލް ކިތައް ދާއިރާއިންތޯ "އަށް" މެޑެލް ލިބުނީ. ނޫސްތަކުގައި ލިޔާ މީހުން ވެސް ބަހަށް ތަންކޮޅެއް ބޮޑަށް އަހުލުވެރި ވާން ވެއްޖެ. ރަނގަޅު ގޮތަކީ "ރައީސް ޞާލިހަށް"
ސަންގޯރުންނަށްވެސް ރަން މެޑެލް. ޤިޔާމަތުގެ ޢަލާމާތްތައް މި ފެންނަނީ
ކޮންގްރެޓްސް
މަމީ ރައީސްހެދިފަ
ދެން އަހަރުން ރައްޔިތުން އައް ވީ ފައިދާ އަކީ ކޮބާ. ހަމަ އެކަނި ވެރިން އައް ކަމެއް ވީމަ ނިމުނީ ދޯ. ވެރިކަން ކުރަން ނޭންގެން ޔާ ޓުވިޓާރ އަ ފޭސްބުކް ގަ ވެރިކަން ކޮއްލީމަ ފުދޭނެ. ހުސް ކަރާ އޮއް ބުރަނީ. އެއްޗިސް އަގުތައް ވެސް ހެޔޮކަމުން ގެވެސް ފުރާލާފަ މިތިބީ. ޝުކުރިއްޔާ!!
އިސްތިއުފާ !!!
ސްލޯލިސް ކަމުގެ ރަން މެޑެލް.
ބޮޑުސިއްކަލައްވާ މެޑެއްޔެއް އަރުވަންވީނޫން؟
ރާއްޖޭގެ މިހާރުގެ ރައީސަކީ އިލްމީ ބޭފުޅަކަށްނުވިނަމަވެސް ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށްޓަކައި އެމްޑީއެންގެ ފައުންޑާ މެންބަރުންނާއި މެދު ފިޔަވަޅު އުޅުމުގެ ބަދަލުގައި މިޖައުއިއްޔާގެ މެމްބަރުންނަށް ސަރުކާރުގެ މުއައްސަސާތަކުގެ މަތީމަގާމުތަކުން ފުރުސަތު ހުޅުވުމުން ހުޅަނގު ގައުމުތަކާއި އެކުވެރި އަވަށްޓެރި ގައުމުތަކުން މިބޭފުޅާއަށް ތާއީދުކޮށް ނަހައްގު ލަގަބު ދެމުން ދާކަމީ އެންމެންދަންނަ ހަގީގަތެކެވެ. މިކަންނޭގޭނެ ނޭގެނީ އެމީހުންނަށެވެ.
ރަންމެޑަލް ދީގެންވެސް ބަޖެޓް ދީފިއްޔާ ރަގަޅު ، ބޯޑީބިލްޑީންގ އޮފިޝަލުން ފަރާތުން ޔޫތު މިނިސްޓްރީގެ ދޯހަޅިވާހަކަ އަޑުއިވެނީ މިނިސްޓަރުގެ އޮއްނަނީ ފޮޓޯނެގުން އެކަނިކަމައް މުޅިންވެސް އަގައިން ކަމައް ކަންކަން ނިންމަަނީ
މިކުދިންނައް ފައިސާނުލިބޭވާހަކަ ވަރައް އިވޭ ޖިމްތެރޭގަ ކިޔާއަޑު އަހަނީ ތެދެއް ދޮގެއް ނޭންގެ މިނިސްޓަރުގެ މަސްކެއުން
މެޑަލްއާ ނުލާ ބަދަލް ނުކުރީސް ވިއްޔާ މިމީހުންނައް މިނިސްޓްރީއިން އަޅާނުލާވާހަކަ ވަރައް ގިނައިން އަޑުއަހަން
މިނިސްޓްރީގެ ކަންކަމުގެ ސަކުވާ އެބަހުރިކަމައް ނުބުނޭތޯ
ސަރުކާރުން މިކުދިން ހޯދާ ކާމިޔާބީގެ އަގުވަޒަން ނުކުރާވާހަކަ ބޯޑީބިލްޑިންގ ގެ އިސް އޮފިސަލުން އަބަދުވެސް ދައްކާ އެކަމައް ހައްލު މިނިސްޓްރީއިން ނުލިބޭތީ ތިޔަގޮތައް ތި އެޕްރޯޗް ކުރީ މިއީ އަސްލު ހަޤީގަތަކީ
މިނިސްޓަރު ހިތްޕުޅާނުވިޔަސް ދައްކަންޖެހޭ ވާހަކަ ދައްކަންޖެހޭނެ ދޯ
ާޢަދިވެސް ހޮވަ
މި ކަލޭގެއަށް ރަން މެޑަލް ލިބުނީ ޝޯޓް ބުރި ލުމުގެ މުބާރާތަކުން...