ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިގޮތަށް ވިދާޅުވީ އިއްޔެ އިނގިރޭސިވިލާތުގައި ބޭއްވި އެޤައުމުގެ އާއްމު އިންތިޚާބުން ބޮޑުވަޒީރު، ބޮރިސް ޖޯންސަން ހޯއްދެވި ކާމިޔާބަށް އޭނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ރައީސް މިއަދު ކުރެއްވި ޓްވީޓުގައެވެ.

އިއްޔެގެ އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބު، "އެގްޒިޓް ޕޯލް" ގައި މިހާރު އެޤައުމުގެ ބޮޑުވަޒީރު ނިސްބަތްވާ ޕާޓީ، ކޮންޒަވޭޓިވް ޕާޓީ އިން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދައި، އިންތިޚާބުން ކާމިޔާބު ހޯދާފައެވެ. އިންތިޚާބުން ހޯދި ކާމިޔާބީ އަށް އިނގިރޭސި ބޮޑުވަޒީރު އަށް މަރުޙަބާ ދެންނެވުމަށްފަހު ރައީސް ވަނީ އިނގިރޭސިވިލާތަކީ ރާއްޖެއާއި ދެމެދު އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން އުފެއްދި ޤައުމު ކަން ފާހަގަކުރައްވައި، އެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވީ ޔޫކޭ އަކީ ދިވެހިރާއްޖެއާއި އެއްކޮށް އެންމެ ފުރަތަމަ 1965 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން އުފެއްދި ޤައުމު ކަމަށާއި، އޭގެ ފަހުން ދެޤައުމުން އަންނަނީ ދެޤައުމު ދޭތެރޭގައި ހުރި އެއްކަހަލަ ކަންތައްތަކާ ބެހޭގޮތުން ގުޅިގެން އެކުގައި މަސައްކަތް ކުރަމުން ކަމަށެވެ.

"އަޅުގަނޑު މިހުރީ ތައްޔާރަށް ރާއްޖެއާއި ޔޫކޭ އާ ދެމެދު މިހާރުވެސް މިއޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރަން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަޒީރާ ބޯއީ

    ރައީސް ސާލިހު އަކީ ލާދީނީ ފިކުރުގެ މީހެއް، ފަރަންޖީންގެ ޖީބުތަކުގެދަށުގައި ސަލާންޖަހާ ދެބޯގެރިއެއް.

    17
    1
    • ޙައަގުބަސް

      އިބޫ ސާލިހު!! ދަންނަވަންތޯ މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގުހުރީ -/65 އަށް!! މަނިކުފާނު އަޗާ ތަޅަމުން ބަދަލު ދެމުން އަދި ނުވިތާކަށް މަނިކުފާނުގެ ޚާރިޖީ ވަޒީރުވެސް އަބަދު ބޭރަށް ދަތުރުކޮށް ރައްޔިތުންގެ ޓެކްސް ފައިސާކޮޅު ހުސްކުރަނީ! ނުވިތާކަށް އެއްޗެހީގެ އަގު އުފުލި ރައްޔިތުން ހަނާވަނީ! އިތުރު ޓެކްސްތަކުގެ ބިލްތައް ފާސްކޮށް ރައްޔިތުންގެ އަތުން އިތުރު ޓެކްސް ނަގާ ހުރިހާގޮތަކުން ރައްޔިތުން ހަނާކުރަނީ! މަނިކުފާނު ވެރިކަމަށް އައިރު -/9 ގައި ހުރި ފިޔާކިލޯ -/65 ރުފިޔާއަށް މިއަދު ހުރިވާހަކަ މިދައްކަނީ! ކީއްތޯ ތިކުރައްވަނީ! ލޯނު ނުނަގާނަމޭ ބުނެ ވެރިކަމަށް އައިސް ފުރަތަމަވެސް 800 މިލިއަން ޑޮލަރުގެ ލޯނެކޭ ކްރެޑިޓް ފެސިލިޓީއޭ ކިޔާ އަދުން އަޅުވަމުން އިންޑިޔާއިން ތިނެންގެވީ! މުޅި އައްޑޫ ސިޓީ އާ ހުރިހާ ތަންތަނަށް އިންޑިޔާ ސިފައިން އެކި ނަންނަމުގެ އަޅާފަ އެއޮތް ފެންނަނީ! ގަމުގައި ތިބި އިންޑިޔާ ސިފައިން މިހާރު އައްޑޫ ސިޓީގެ ހުރިހާ ރަތްތަކުން ގެތައް ކުއްޔަށް ހިފައިގެން ބެހިގެންފަ އެވަނީ! ވާނުވާ ދޮންކަޅުމިން އެންމެ ނިކަމެތި ރައްޔިތު މީހާއަކަށް ނޭގޭ! ހޭވެރިކަންވެ ލޯ ހުޅުވާލާއިރު ކަމުދާކަށް ނޮއޮންނާނެ އެއްކަމެއްވެސް! މިނިވަންކަމާ އަމިއްލަވަންތަކަން އޮޔާދަނީ އޮޔާދަނީ އޮޔާދަނީ! ސަމާކުވޭ! ސަމާލުވޭ!!

      14
      1
      • މޮޔައެނޮނިމަސް

        ހާދަ ހިނި އާދެޔޭ ޕޕ ކުދިން އުޅޭ ގޮތުން .ކިޔާނެ ނު ކިޔާނެ އެއްޗެއް ނޭގިނގެން

        1
        4
        • Anonymous

          އެއަށްވުރެ މަޖަލޭ ލާދީނީ ކުދިން ކަމެއް ވާ އިރަށް ދެ އިރު ދެދަޅައަށް ކުރީ ސަރުކާރު ކުރީ ސަރުކާރު ގޮވާލަ ގޮވާލަ ތިބޭ ގޮތް

  2. ޢަންސާރު

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް އެއްޗެއް މީ

    14
    1
  3. ސޭޓު

    އަނެއްކާވެސް ފިޔާފަހާ ދުވަން ފަށައިފި ލ.ގަމު މީހުން ކިތަންމެވަރަކަށް ދުވިޔަސް ނެތްއެއްޗެ އްލިބޭތަ ސާބަހޭ ލ.ގަމުގައި އުޅޭ ރީދޫ ސޭޓުނަށް ނުކައި ނުބޮއެވެސް ލާދީނީ ސަރުކާރު ދަމަހަށްޓާތި

    10