މަހާތުމާ ގާންދީގެ މަގުބަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުޢާ ކުރުމުން ގިނަ އިލްމުވެރިންނާއި އާއްމުންގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި ނަމަވެސް އެއީ ގޯހެއް ކަމަށް ގަބޫލުނުކޮށް މަހާތުމާ ގާންދީގެ މަގުބަރާގައި ދުޢާ ކުރުން ދިފާޢު ކުރުމުގެ މަސައްކަތް ނަޝީދު މީސް މީޑިއާގައި ކުރައްވަމުން އެބަގެންދަވައެވެ.

ނަޝީދު ގެންގުޅުއްވާ ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިން ގެންދަނީ މަގުބަރާގައި ދުޢާ ކުރުން ދިފާޢު ކުރުމުގެ ގޮތުން ޓްވީޓްތައް ކުރަމުންނެވެ.

ކާފަރުންނަށް ރަހުމަތް ލެއްވުން އެދި ދުޢާ ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެއް ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެމުން "އެލެކްސް އަހްމަދު" ކުރި ޓްވީޓެއްގައި ވަނީ އެހެން ބުނި މީހާ އަށް އެއްގޮތަކަށް ވެސް އިސްލާމް ދީން ނޭނގެނީތޯ ސުވާލު ކޮށްފައެވެ.

"ޙަރާމް ހަލާލް އެއީ ބޭފުޅުންގެ ސިޔާސީ ވިސްނުމަށް ނިމޭ ކަމެއް ނޫން. ސުވަރުގެ ދާނީ އަހުން ދެނެވޮޑިން ވަނީ މާތްﷲ. ހެޔޮ ކަންކަން ކޮށްފައި ވާނަމަ މީހުންނަށް ރަނގަޅަށް އެދި ކިޔަވާނީ އިބްރާހިމްގެފާނު ޞަލަވާތް." އެލެކްސް އަހްމަދުގެ ޓްވީޓްގައި ވެއެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އެކު ނަޝީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާންދީގެ މަގުބަރާއަށް ޒިޔާރަތްކޮށް މަގުބަރާގައި މާބޮނޑިއެއް ބޭއްވެވިއެވެ. މާބޮނޑިއެއް ބޭއްވެވުމަށް ފަހު ނަޝީދު ދުޢާ ކުރެއްވިއިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ދެއަތް އުފުލައިގެން ދުޢާ ކުރަން ހުރި މަންޒަރު ފޮޓޯއެއް ފެނެއެވެ.

ނަމަވެސް ނަޝީދު އަރިހުގައި ތިއްބެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ދުޢާ ކުރާ މަންޒަރެއް ނުފެނެއެވެ.

ބައެއް މީހުން މީސް މީޑިއާގައި ބުނެފައިވާ ގޮތުގައި ގާންދީގެ މަގުބަރާގައި މިގޮތައް މުސްލިމުން ދުޢާ ކުރަން ތިބި މަންޒަރު ދުވަހަކު ވެސް އެމީހުންނަށް ފެނިފައެއް ނުވެއެވެ. ހިންދޫން ވެސް އެތަނުގައި އެއްވެސް ބާވަތެއްގެ އަޅުކަމެއް ނުކުރާކަމަށް އެ މަގުބަރާ އަށް ޒިޔާރަތް ކޮށްފައިވާ މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ާަޕޮގުބާ

    ތަނެއް ދޮރެއް ނޭންގުނަސް ދީން އެނގޭކަމަށް ހަ ދާތި ނުކިޔަވާމީހާ މޮޅުވާނެ ވަރަށް މިޒަމާނުގަ

    139
    2
  2. ާފަތޭ

    މިކަލޭގެ ކޮންމެ ތާކަށް ދިޔަޔަސް ކޮންމެވެސް ހަޑިއެއް ހާވާނެ. ހަމަހޭވެރިކަންވަނީ މާފަހުން.

    159
    5
  3. ާައަސްލަމް

    މަހާތަމާ ގަންދީ އަކީ ﷲއަށް އަޅުކަން ކުރި މީހެއްނޫން ނަމާދު ކުރި މީހެއްނޫން އޭގެ މީހުންގެ މަށްޗަށް ކަށުނަމާދު ކުރުމެއް ހިނެވުމެއް ހިޔޮދުއާ ކުރެއްނެތް ވަރަށް ކުރުކޮން މިބުނީ ފައިސާގެ ބޭނުމުގަ އިސްލާމް ދީނާ ދެކޮޅަށް ވަކާލާތު ނުކުރެ

    158
    2
    • ޙަމޭ

      މަހާތުމ ގާން ދީ އަކީ ބު ދު ދީނުގެ މީހެއް ބާތިލް ދީނެއްގައި ﷲ އަށް ޝަރީކު ކުރާމީހާ ދުނިޔޭގައި ހުއްޓާ އޭނާ އަށް ތެ ދުމަގު ދެއްކުން އެ ދި ދުއާ ކުރެވި ދާނެ. ޝަރީކަކު މަރުވުމުން ދާނީ ނަރަކަކަން ގްރުއާނުން އެގެން އޮވޭ.

      17
  4. ާައަސްލަމް

    ނަމާދު ނުކުރާ މީހެއްގެ މަށްޗަށް ހިޔޮ ދުޢާ ކުރުމެއްނެތް ﷲ އަށް އަޅުކަން ނުކުރާ މީހާ ސުވަރުގެ ވަށްދާތޯ ދުޢާ ކުމެއްނެތް

    114
    2
  5. ވެރިން

    މީނަ ދީނުގެ ކަންތައްތައް އޮތްނަގޮތް ދަސްކުރީ ކޮން ޔުނިވާސިޓީ އަކުން ތޯ ހިތައް އަރާ.ވެދާނެ ކޮއްމެވެސް ކްރިސްޓިއަން ޔުނިވާސިޓީއަކުން ކަމަށް.އެހެންވީމަ މީނަޔަށް ދީނުގެ ކަންތައް އެގޮތަށް ވިސްނެނީ.

    103
    1
  6. މާމިގިލީ މީހާ

    ބަލަ ތިހެން މިރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅު ވާ އިރު. ބޭރުގައުމު ތަކުގައި ސަލާންޖަހާން މަގުމަތީގައި އުޅޭ މީހުންނަކީ މުސްލިމުންނެއް ނޫން. ކާފަރުން. އެކަމު މުސްލިމު މީހާވެސް އެމީހުންނައް ލާރިދޭ. ކާފަރަކު ވިޔަސް މުސްލިމަކު ވިޔަސް ޒައްރެއްގެ މިންވަރު ހެޔޮކަމެއް ކުރިޔަސް އެކަމެއް ދެކޭނޭ ގުރުއާނުގަ އަންގަވާފަ އެވަނީ. ޒިލްޒާލު ސޫރަތް ބަލާބަލަ.

    15
    93
    • Anonymous

      ޒިލްޒާލު ސޫރަތަކީ ކޮބާ؟ ޒިލްޒާލު ސޫރަތެއް ނޯވޭ. ޒަލްޒަލާ ކިޔާ ސޫރަތެއް މިއޮންނަނީ. ގްރުއާނޭ ކިޔާ ވާހަކަ ދައްކާއިރު އާލް އިމްރާން ސޫރަތުގެ 85 ވަނަ އާޔަތް، ފުރްގާން ސޫރަތުގެ 23 ވަނަ އާޔަތް ބަލާލަބަ. ކާފިރުން ކުރާ ހެޔޮ އަމަލުތައް ބާތިލްވެގެންދާ ވާހަކަ އެވަނީ. ކަލޭ ކޯއްޗެއް ކިޔާކަށް. އިސްލާމްދިން މާބޮޑަށް އެނގޭމީހަކަށް ހެދިގެން.

      27
      1
    • ޙަސަން

      ކަލެޔަށް ސޫރަތުގެ ނަންވެސް ރަނގަޅަށް ނޭނގޭ އިރު ކޮންވާހަކައެއް ތި ދައްކަނީ. އެއީ ސޫރަތުލް ޒަލްޒަލާ ޒިލްޒާލްއެއް ނޫން. އެސޫރަތުގައި އެ ބަޔާންކޮށްފައިވާ ނީ މުސްލިމުންގެ ވާހަކަ.

      16
  7. އެލަކުސް

    އޭނާ ކޮންމެ އެއްޗެކޭ ކިޔަސް ހަމަ ތުބުޅިބަހައްޓައިގެން ދީން ވެރިވެގެން އުޅޭ މީހުންނާއި، ދީން ކިޔަވައިގެން ތިބި އެތައް ބަޔަކުވެސް ތިބީ އޭނާއާ އެކުގައި، އަދި ޢާއްމު ރަައްޔިތުންގެ ތެރެއިން ރާއްޖޭ އާބާދީގެ %70 މީހުން ތިބީ އޭނާ މި ގައުމުގެ އެއްމެ އިސް ލީޑަރަކަށް ގެނެސް އޭނާގެ އަތްމައްޗަށް ގައުމު ދޫކޮށްލައިގެން... ރައްޔިތުންގެ ވޯޓަކުން ހޮވާފައި ހުރި ރައީސަކު ހުއްޓަސް ގައުމު އެއްކޮށް ކޮންޓްރޯލްކުރާ ބާރުގަދަ މީހާއަކީ މި މީހާ. އެވަރުގެ ބާރެއް މީނާ އަށް ދިނީ މި ގައުމުގެ ރައްޔިތުން... އެހެން މީހުންނަށް އިސްލާމްދީން އެނގޭތޯ ސުވާލުކުރާއިރު ﷲގެ އެއްކައުވަންތަކަން ޤަބޫލުނުކޮށް މަރުވާމީހަކީ އިބްރާހީމްގެފާނުގެ ބައްޕަ ކަމުގައި ވީނަމަވެސް އަދި މުޙައްމަދުގެފާނުގެ ބޮޑުބޭބޭ އަބޫޠާލިބުގެފާނު ކަމުގައިވީނަމަވެސް އެމީހުންގެ މައްޗަށް ހެޔޮދުޢާކުރުން މާތް ﷲ ވަނީ މަނާކުރައްވާފައި، މިލިޔާ އާޔަތްތަކުގެ ތަރުޖަމާ ކިޔާލުން އެދެން مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ސޫރަތުލް ތައުބާ(113)، ( إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَئِكَ عَلَيْهِمْ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ ) البقرة / 161. ، وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ [الزمر:65]، ބޭނުންކޮށްމެކަމެއް ކޮއްފައި ބޭނުން އެއްޗެއް ދީނޭ ކިޔައިގެން ކިޔާފަ ދެން ދީން ހަތިޔާރަކަށް ހަދަނީއޭ ދީނީ މީހުން ސިޔާސީވަނީއޭ ބުނީމަ އެހިސާބުން އެ ނިމުނީ.... ޤުރުއާނާ ހާދީސް ނޫން އޯލްޓަނެޓިވް އެއް ބޭނުންމީހުން ޤުރުއާނުން ދަލީލު ދެއްކިޔަސް ޤަބޫލެއް ނުކުރާނެ..

    86
    6
  8. ހުސޭނުބޭ

    މި ބުއްޅަބެޔަކީ އަހަރެމެންޖެ މައްޗަށް ހުރި ބޮޑު ފިތުނައެއް! މީނައަށް ތާޢިދުކުރާ މީހުން އަދި މީނައަށްވުރެ ޖާހިލު!

    92
    1
  9. ޖަޒީރާ ބޯއީ

    ރައީސް ނަޝީދު އަކީ ސީދާ ލާދީނީ މީހެއް މިކަމުގައި ދައްކާނެ ހުއްޖަތެއް ނޯންނާނެ.

    84
    1
  10. ބަރުޖޯރާ

    ވުލޫކުރުމުގައި މޫނަށް ފެންލާން އޮންނަ ކަން އޮޅިވަޑައިގެންނެވި ބޭފުޅަކަށް ފަހަރުގައި މަގުބަރާ ދޮށުގައި ސަލާންޖަހަންވެސް ފަހެއްނުޖެހޭނެ.

    86
    2
  11. ޟމ

    ގާންދީ ހިތާނު ކުރަންވީނުން ނަޝީދޫ، މީނަ ނޫން މީހަކަށް އެކައްޗެއްވެސް އެނގޭކަމަކަށް ނުވޭ ، އެކަން މަޖްލިސް ހިންގަވާ ގޮތުން އެނގޭ

    59
    2
  12. މާޅޮސްމަޑުލު

    ގާންދީ ހިނަވައި ކަށުނަމާދު ކުރި މުސްލިމަކު ނުހުންނާނެ. ސަބަބަކީ އެއީ ބޮޑު ކާފަރަކަށް ވާތީ ކަން އެލެކްސް އަށް ނޭގުނު. އެއްވެސް ނަފްސެއްގެ ފުރާނަ އެހަށިގަނޑާއި ވަކިވުމަށްފަހު ކުރެވޭނެ އެއްވެސް އަމަލެއް ނޯންނާނެ ކަންވެސް އެލެކްސް އަށް ނޭނގުނު. އިލްމުވެރިން އެބުނަނީ ކާފަރުކަންމަތީ މަރުވާ ކާފަރުންނަށް ދުއާކުރުމެއް ނެތޭ.! ދިރި ހުރިއިރު ނުކުރި ދުއާއެއް ނުކުރި ހެޔޮއަމަލެއް ގަބޫލު ނުކުރި ދީނެއް ވެލިތަކުގެ ދަށަށް ވަނީމަ އެމީހަކަށް ނުކުރެވޭނެ ކަން އަދި އެތާގައި ގިޔާމަތާއި ޖެހެންދެން ކަންކަން ހިންގަމުންދާކަމާއި އެފަދަ މީހަކަށް އެތަނުގައި ވާނޭގޮތް އަންގްވާފައިވާ ގޮތާއި މެދު އަމިއްލަ ނަފްސާއި ސުވާލު ކޮށްބަލަ. ދެންވެސް ރަނގަޅު މަގަށް އާދޭ! ތިޔަ ޖާހިލުކަން ދޫކޮށްލާ! ކަލޭ ޖާހިލްކަށް ވިޔަސް އަހަރެމެން ކަލެޔަށް ހެޔޮމަގު ދައްކަވާތޯ ދުއާ ކުރަނީ ކަލެއަކީ ވެރިންގެ ތެރޭގައި ހިމެނޭ މީހަކަށްވާތީ! ކަލެއަށް ތިމަގާމު ތާ އަބަދަށް ހިފެހެއްޓުމުގެ އަމިއްލަ ބާރެއް ނެތް. ކަލޭ ނިދާއިރު ކަލޭގެ ހިތް ހިނގަ ހިނގާ ހުންނަނީ އަމިއްލަ ބާރަކުން ނޫންކަމާއި އެ ހިތް ހިނގަނީ ﷲގެ އަމުރުފުޅާ އެއްގޮތަށް ކަން ވިސްނާ ފިކުރު ކުރާވަރަކަށް އެކަން އެނގޭނެ..

    58
    2
  13. ދަންސޫރަ

    ނަމާ ދު ނުކުރާމީހަކީ ބޮޑު ކާފަރެއް މުސްލިމުންނަށް ކާފަރުންގެ މަށްޗަށް ހިޔޮ ދުޢާ ކުރުމެއްނެތް ސުވަރުގެ ވަށް ދަވާނީ ﷲ އިރާ ދަ ކުރެއްވި މީހެއް

    43
    2
  14. އާމިނަތު

    މާތްﷲ ބާވާލައްވާފައިވާ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ނަން އަހަރެެމެން އިންސާނުންނަށް ބަދަލުކުރެވޭތަ؟ "ސޫރަތުއް ޒަލްޒަލާ" އެއީ... "ޒިލްޒާލު ސޫރަތެއް" ނޫން...

    33
    2
    • މާމިގިލީ މީހާ

      މިހާރުވެސް ބަލާބަ ސޫރަތުލް ޒިލްޒާލު ކިޔާނީ. ޗައިނާ މީހެއްތަ ތީ.

  15. ފަޓާސް

    ނަޝީދު ދައްކާވާހަކަ އަހައި އެނާއަަށް ތަބަޢަވާ ބަޔަކުސްތިބޭނެ. ދީނުގެ ޢިލްމު ލިބިފައިތިބި އަދި ތިބާވަތުގެ ކަންކަމުގައި ދީނުގެހުކުމް ގެނގިހުރިމީހަކު ތިމީހުންނަކާ ތަބަޢައެއް ނުވާނެ.

    28
  16. އެލެކްސް ޕެރޭރާ

    ތިސޮރުގެ ބޮލުރޮދި ކެނޑިފަހުރީމާ ވާނުވާ ނޭނގެނީ އަނދުން ހުސެން ހީކުރަނީ ކާރުގަރާޖަކައް ދެވުނީކަމައް

    39
  17. ޕޮގުބާ

    ކެނެރީގެ ނަސީ ދު އެއީ ބޮޑު ކާފަރެއް އަޅާނުލާ އޭނާ ދުޢާ ކުރިޔަސް ދުޢާ ޢިޖާބަ ނުކުރަށްވާނެ ކާފަރުން ކުރާކަންތަށް ކުރާނީ ކާފަރެއް

    28
  18. ޒައީރު

    ބޯގޯސް.. ބަލަގަ ޣައިރް މުސްލިނުން މަރުވީނަ އެމީހުންނައއ ދުއާ ކުރުމެއް ކަށުނަމާދެއް ނޯވޭ..ކަލޭ ބުޝް އަށާއި ޝެރޯނައްވެސް ދުއާ ކުރަންވީނުން..

    30
  19. ފަޒީލް

    މީނާއަކީ ސުންނީ މުސްލިމެއް ނޫންދޯ.. ؟ އެހެންވިއްޔާ ރާއްޖޭގެ ރަށްވެހިކަން ގެއްލިފަ އޮންނާނީ..

    37
  20. ސަޒީމާ

    މޮޅުކަމެއް ކޮއްލާނަމޭ ހިތާ އުޅެގެން އަތައް ގޮވާފަ ތިޔައޮތީ..

    38
    1
  21. Anonymous

    މުރުތައްދު ގަންޖާ އައް ނޭގޭ ކުފުރާއި ޝިރުކުގެ ތަފާތު

    30
  22. މަ

    ކީއްްކުރަން މީނަ ކުރާ ކަންތަކާ ބެހެން އޭނަދޫކޮށްލާ މި ސޮރަަށް ﷲ ކޯފާއެއް ނުފޮނުއްވާ ހާ ހިނދަކު އިސްލާހުނުވާނެ...

    25
  23. ގޯހެއްނޫން

    ދީނޭ ކިޔާފަ ވާހަކަދައްކާ މީހުންގެހާލު ނިކަން ދެކިބަލަ.އެލެކްސް އަހުމަދު އެއީ ނަސީދު ބޭނުންކުރާ އެކައުންޓްކަން ހަމަ ޔަޤީން ވެގެންތޯ ހެއްދެވި ނުހެއްދެވިއަށް ތިގޮވަނީ؟ ނަޝީދު ޓުވީޓްކުރާނީ ނަޝީދުގެ އަމިއްލަ އެކައުންޓުން.

    2
    26
    • ކެނެރީގެ މާފަތް އެދުރު

      ކަލެއަށް މާބޮޑަށް އެނގެނީ ! ކީއްތަވާނީ ގާންދީ ދުނިޔެ ދޫކޮށް ދިޔައިރު އިންޑިއާ މިނިވަންކުރި ގޮތައް އިންޑިއާގައި ގަބޫލުކުރާ ދީނަކީ އިސްލާމް ދީންކަމުގައި ހަމަޖައްސާފަ ނުދިޔައީ؟ އަދި އޭނާގެ ދީނަކީވެސް މާތްވެގެންވާ އިސްލާމް ދީންކަން އިއުލާން ނުކުރީ ؟ އެހެން ނަމަ ރަނގަޅު އޭނާއަށް ހެޔޮ ދުޢާކުރަން

  24. Anonymous

    ހުސްފިތުނަގަބޫލުކުރާމީހުންވެސްތިބޭނެ

    11
  25. ?ރޮނޑާ

    އޭނަ ދެ އަތް މައްޗައް އުފުލާ ދުޢާ ކުރީ ބައި ބޯ އިންޑިޔާގެ މީސްތަކުން ގާނދީ ހެން ނުވުމައް އެދި ދުއާ ކުރީ ކަމެއް ކާއްކައްތަ އެގެނީ. މަގުބަރާ އައް ދަނީ މަރު ހަނދާން ކުރަން. އަމިއްލައް އައް ސުވަރުގެ ދެއްވާތޯ ދުއާކުރީ ކަމައްވެސް ވެދާނެ. ޔަގީނުން ވެސް ވައްކަން ކުރުމާ މީހުން މެރުމާ ބޮޑެތި ހަރާމް ކަމައް އަރައިގތުމައްވުރެ ކުޑަ ކަމެއް.

    2
    5
  26. ޣފފ

    ތިވަރުގެ ބަޔަކު ފިރުޢައުނަށް ވެސް ހެޔޮ ދުޢާ ކޮށްފާނެ ދެ އަތް ނަގައިގެން

    12
  27. ލަބީބު

    މަހާތުމާ ގާންދީއަކީ ސިއްރިޔާތުގައި އިސްލާމް ދީން ގަބޫލުކޮށް ނަމާދުކޮށް ރޯދަހިފި މީހެއް ކަމުގައި ބުނެވޭ.

    1
    10
  28. ޢާއިޝާ

    ޢޭ ކަލޭ އިސްލާމް ދީން ގަބޫލުކުރަންތަ؟

  29. ސޯލިހު ސަރުކާރު

    މީގަ ހަމަ ބޮޑީ ޖާހިލުކަން. ކޮންމެ ތަނެއްގަ ވެސް ޖާހިލުން. މަވެސް ޖާހިލު އޭނަ ޖާހިލު މީނަ ޖާހިލު.. ގިޔާމަތުގެ އަލާމާތްތައް. ދެން ކިޔާނެ އެއްޗެއް ނެތް

  30. މާ

    ދެން ކަލޭމެން މި މައުލޫ ޕެންޑު ކުރަންވީ ނުން މަހުޝަރުގެ މައިދާނުގަ ބަހުސް ކުރަން.. އެއިރުން އެނގިދާނެ ވާނުވާ

  31. ދިވހިން

    މަގޭ ދީނާ މަގެ ގައުމާ މަގެ އަމަބާ ނުކުޅެއްޗޭ....

  32. މީނާ

    މިކަލޭގެ ނުވާނެ ތަނަކަށް ފޮނުވާކަށް މިއީ އުޑެއް ބުޑެއް އެނގޭ މީހެއްނޫން، ތިޔަ އިންޑިޔާއަށް ކުޑަކުއްޖެއް ފޮނުވިނަމަވެސް މަ ރަނގަޅުވީސް ލަދުން ބޯހަލާކުވެއްޖެ

  33. ައަޙްމަދު

    އަންނި ލާދީނީ މީހަކަށްވާ ސަބަބު މިއޮތީ އަމިއަލަޔަށް އިޢްތިރާފްވެފަ، ބައްލަވާލައްވާ: https://images.app.goo.gl/seVUT8AzZoTdWSdV8

  34. ހުސެން

    مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
    ނަބިއްޔާއަކަށްވެސް، އަދި إيمان ވި މީހުންނަކަށްވެސް مشرك ންނަށްޓަކައި ފާފަފުއްސެވުންއެދި دعاء ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهل ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ.

    It is not for the Prophet and those who have believed to ask forgiveness for the polytheists, even if they were relatives, after it has become clear to them that they are companions of Hellfire.
    ކަލޭ ނަބިއްޔާ އަށް ވުރެން މާމަތިވީތަ؟
    އިބުރާހީމް ސަލަވާތު ކިޔަވާނީ ފަހު އައްތަހިއްޔާތުގައި އެކަމަކު ހުސޭނާ ބުނާނެ މިމީހާ ދީނާ ފޮތާ ގޮތާއި ދެކޮޅަކަށް ބަހެއް ނުބުނާނެ،
    އެލެކްސް އަހައްމަދު މުހައްމަދު ނަޟީދު ތައުބާ ސޫރަތުގެ 113 ވަން އާޔަތް ބަލާބަލަ އިނގޭ