މާލޭގެ ގެއެއް ސުންނާފަތި ކޮށްލައި އެގޭގައި ހުރި ގަހަނާތަކެއް ވަގަށް ނަގައިފިއެވެ.

މިހާރު ފޭސްބުކުގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ ރޭ ބަޔަކު ވަދެ ސުންނާފަތި ކޮށްލާފައި ވަނީ މ.ފެންގަސްގޭ ފަސްވަނަ ފަންގިފިލާ ކަމަށާއި އެގެއިން ވަގަށް ގެންގޮސްފައި ވަނީ ގަހަނާ ތަކެއް ކަމަށެވެ.

އެގޮތުން ވަގަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވާ ތަކެއްޗަކީ، ފަށުގައިލާ ތިން ރަން ފުލާއި، ރަން ފަށަކާއި، ކަންފަތުގައިލާ ތިން އެހާއި، ފައިގައި އަޅާ ދެކެވެލިކޮޅާއި، ފައްޓަރުބައެއް އަދި އަތުގައި އަޅާ ރަންޕުލެޓު އުޅާތަކެކެވެ. އެ ޕޯސްޓް ކޮށްފައިވާ ފަރާތުން ބުނެފައިވާ ގޮތުގައި ވަގަށް ނަގާފައިވާ ތަކެތި ގެންގުޅޭ ކަން ނުވަތަ ވިއްކާކަން އެނގިއްޖެ ނަމަ އެފަރާތައް އެންގުމަށް އެދޭ ކަމަށެވެ.

ފޭސްބުކުގައި ހިއްސާކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި، އެގެއަށް ބަޔަކު ވަދެފައި ވަނީ ދޮރެއް ހަލާކޮށްލައިގެންނެވެ. އަދި އެގެއަށް ވަދެ ގޭގެ ހިފާ ގެންގުޅޭ ތަކެތި ހަލާކު ކޮށް، ގޭގެ ކޮޓަރިތައްވެސް ސުންނާފަތިކޮށްލާފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެއެވެ.

މިކަަމާއި ގުޅިގެން "ވަގުތު" އިން ފުލުހުންނާ ގުޅާލި ނަމަވެސް ފުލުހުންގެ ބަހެއްލިބޭގޮތް ވަނީ ނުވެފައެވެ.

މި ދުވަސްކޮޅަު ޗުއްޓީ ދުވަސްކޮޅު ކަމުން، މާލޭގެ ތަންތަނުގައި އުޅޭ ފަރާތަކުން މުދަލަށާއި، ފައިސާ އަދި ގެދޮރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބެލެހެއްޓުމަށް ކަމާބެހޭ ފަރާތަކުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކިނބޫ

  އެޖެންޑާ 19 ތަފާތުވާނެ... ދެން ރީނދޫ ކުދިން އަތިރިމައްޗަށް ޕުއްޕުލާން ތިބެގެން އަތްޖަހާ

  40
  7
 2. ާކިބުލުގެ އައްޕަ

  އަސްލު ބޮޑު ވަގު އިނީ ޖަލުގަ

  13
  53
  • އަނދިރި އަނިދިރިން

   ދެން ނަގުލީ ވަގުން ވެރިކަމުގަތިބެގެން ކު ދިވަގުން ހައްޔަރުކޮށް ޖަލަށްނުލެވިގެންއުޅެނީ މާވަގު ނަގުލީ ވަގަށް ބާރުނުދޭތީތަ...ލަ ދުހަޔާތްނެތުމުން ތިމާމެންގެ އައުރަ ފަލީހަތްވިޔަސް އަނެކުންގެ އައުރަ ދައްކަންތިބޭ...

   20
 3. Anonymous

  މިވެރިކަން އައިފަހުން ރައްޔިތުންނަށް ހާއުފާ

  32
  10
 4. ކެކެކެ

  ފުލުހުންނަށް ގުޅީއޭ! އެފަކީރުންނަކާ ބެހޭ ކަންކަމެއް ނޫން ތީކީ. ސޔއޫދަށް ގުޅާ.