ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެެހޭ ޤައުމީ އިދާރާއިން ލަފާކޮށް، ހުދު ސަމާލު ނެރެފައިވަނީ ޅ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގައި ހުރި ހުރިހާ ރަށްތަކަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މި ހިސާބުތަކަށް ހުދު ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:15 އިން މިރޭ 19:00 އާއި ހަމައަށެވެ.

މިއަދު މުޅި ރާއްޖޭގެ މޫސުމަށް ބަލާލާއިރު، ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކެމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.

ރާއްޖޭގެ ރަށްތަކަށް 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށާއި، އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.