ނިރުބަވެރިންގެ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް މި ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިޙު އިމްރާން މިގޮތަށް ވިދާޅުވެފައިވަނީ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު އައި ފަހުން ނިރުބަވެރިންގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށް ބުނެ ސަރުކާރާއި، މަޖިލިސް ތެރެއިންވެސް އެތައް ޤާނޫނަކަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ޓެރަރިޒަމްގެ ތުހުމަތުގައި މިފަހުން މާލެއާއި، އައްޑޫ ސިޓީގެ ބައެއް ގެތަކާއި، ތަންތަން ފާސްކޮށްފަވެސް ވެއެވެ.
ޝެއިޙު އިމްރާން ވިދާޅުވީ ނިރުބަވެރިކަމާ ދެކޮޅަށް މި ސަރުކާރުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށާއި، ދިވެހިންގެ އެއްވެސް ބަޔަކު ނިރުބަވެރި ޙަރަކާތްތަކުގައި ބައިވެރިވެގެން ތިބޭ ތިބުން ބަލައި ނުގަންނާނެ ކަމަށެވެ. "ދިވެހިރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫ އަރާނެ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން،" ޝެއިޙު އިމްރާން ވިދާޅުވިއެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ޚައްތާބު މާލްދީފީ ނަމަކަށް ކިޔާ ދިވެއްސަކު ވަނީ ދާދިފަހުން ސީރިއާގެ ޚަބަރުތައް ދުރަށް ފޮނުވަމުންދާ އޮންލައިން މީޑިއާއަކަށް ދިވެހި ބަހުން އިންޓަވިއު އެއް ދީފައެވެ.
ނިރުބަވެރިކަމާ ގުޅޭގޮތުން ޝެއިޙު އިމްރާންގެ "އިންޒާރެއް" އައިސްފައިވަނީ މި އިންޓަވިއު ތިލަވުމާ ގުޅިގެން ކަމަށް ބެލެވެއެވެ. އެ އިންޓަވިއުގައި ދިވެހި ޒުވާނާ ވަނީ ރާއްޖޭގައި އޭތިޒަމް އާއި ސެކިއުލަރިޒަމް އޮތް މިންވަރާއި، އެކަމުގެ ސަބަބުން އިސްލާމްދީނަށް ނުރައްކާވެފައިވާ މިންވަރާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
ނިރުބަ ވެރިއަކައް ބވަނިި ތިބަ
ކޮން ފުރުސަތެއް ނުދޭނީ؟ ބޮޑު ޓެރަރިސްޓު ޗޯ ބާލަމުން އެއޮއް ދުވެ ނަގަނީ.
ފަހަރި ކައިރިއަކައް ދެން ނުވަދެވޭނެ
އިސްލާމް ދީން ނައްތާލަން ރާއްޖޭގަ އޮތް އެންމެ ނުބައި ދީނަށް ފުރައްސާރަ ކުރާ ޕާޓީން ފަހަރި ހުރީ ގަނެފަ. ސޫދު ލައްވާ ނެރުނު ދޮގު ރިޕޯޓެއްގެ ރައްޔިތުން ލޮލުގަ އަޅުވާފަ މުއުމިނުން ނައްތާލަން ކަލޭ ބައިއަތު ހިފީ. ނިރުބަވެރިންނެއް ނެތް މިހާރަކު މިގައުމުގަ މުއުމިނުން ބޮލުގަ ނުރުބަވެރިންގެ އިލްޒާމް އަޅުވާފަ ކަލޭ ތިއުޅެނީ ބައެއް ޝޭހުން ހިމެނޭހެން އެންމެން ނައްތާލަން. ސަލަފް އަކީ އައިއެސް އާ މުޅިން ދެކޮޅު ބައެއް އެކަމަކު ވެސް އެއީ ނިރުބަވެރިންނޯ. އެބަ އެނގޭނުން ނިރުބަވެރިންނޭ ހިތައް އެރި ކޮންމެ ރަނގަޅު ބަޔަކަށް ކަން. އެމްޑީއެންގެ ރިޕޯޓް ނެރުނީ ޓެސްޓަކަށް އެއީ އިސްލާމް ދީނަށް ލޯބި ކުރާ މީހުން ޖާސޫސް ކޮށް ލޭބަލް ކޮށް ނިރުބަވެރި ކޮށްލުން..
ނިރުބަވެރިން ތި ކިޔަނީ ކޮން އެއްޗަކަށްތަ! އިސްލާމްދީނަށް ހަޖޫޖަހާ ވަގުތު ކަލޭގެ ތި ލާމަސީލު ދޫ ގުޑާނުލައި އޮންނަނީ ކީއްވެތަ؟
ނިރުބަވެރި، އެއ އީ ދޮންރުކު ކުރުނބާޔާށް ދިވެހިން ކިޔާނަންތަ؟ އަޅޭ އިމްރާންބެ ބުނެދީބަލަ
މޭޑޭ މުޒާހަރާތެރެ އިން ފުލުހަކަ އް ހަމަލާދިނުމަ އްފަހު ފިލަ އިގެން ރާ އްޖެ އިންބޭރުގައުޅުމަ އްފަހު މިވެރިކަން އަ އުމާ އި އެކު ރާ އްޖެ އަ އިސް އުޅޭ މެންބަރ ފަލާގުގެ ކޮ އްކޮ އެހަރަ އުޅެނީ މިނިވަންކަމާ އެކު އިމްރާންގެ ހި އްވަރެ އްހުރީ އްޔާ ނިކަން އޭނަ ހައްޔަރުކޮ އްބަލަ.
އިމްރާން ތިމަގާމުގަ ހުރެވޭނީ ގިނަވެގެން 5 އަހަރު އިތުރުފުރުސަތެއް ދިވެހިންނުދޭނެ ސަބަބަކީ އެއްބަޔަކު ދައްކާވާހަކަގޯސްވަނީ އަދިތިވަރުމަގާމެއް ދަހުރިކަންތަކައް ގާބިލްމީހެއްވެސްނޫން
އިމްރާނު ޢަދާލަތު ޕާޓީގެ ލީޑަރުންގެ ސަފުގައިހުރެ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކުރުމަށް ބާރު އަޅައިދޭން ޖެހޭ މިހާރު ޒާކިރު ނައިކުއަށް މިޤައުމަށް އަޔަނުދޭނެވާހަކ ގޮވަމުން އެދަނީ މީހުނޭ މިޤައުމު ސަލާމަތް ކޮށްދީ
ކެނެރީގޭ ބުއްޅަބޭ ފަހަތުން ދާކޮންމެ މީހަކީ އިސްލާމް ދީން ނަށްތާލާން މަސައްކަތް ކުރާމީހެކޭ ބުނިމީހާ ތިދަނީ ކާކުގެ ފަހަތުންތަ މުނާފިގުއިމްރާން ﷲގެ ނިއުމަތުން ކަލޭހިމެނޭ ތިބައިގަނޑު މަޙުރޫމް ކުރަށްވައި ބޭޒާރުކޮށް ނިކަމެތި ކުރަށްވާށިއެވެ. އާމީން
ފަހަރިއަށް ބޮނަކުއާ ފެން ފުޅި އެއް ދީބަލަ
އިމުރާނު ގެ ލީޑަރު ކަމުގައި ޕާޓީ އިތުރަށް ބޮޑު ނުކުރެވުމުން ހިތާމަ ކުރަން. ދީނަށް ލޯބި ކުރި ގިނަމީހުން ޕާޓީ ދޫކޮށް ހިނގައްޖެ.. އިމްރާން އަކީ އަސްލު ލީޑަރެއްނޫން. އެތަނަށް އާދެވުނީ ދީން ދެކެލޯބިވާ އިޚްލާސްތެރިން ގެ ހެޔޮކަމުން،.. މީނާގެ މޮޅުކަމުން ނޫން..
ނިރުބަވެރިއެއްކަމުގެ ލަގަބު އެމްޑީޕީ އިން މިސޮރަށް ލިބިފައިވާ ބައިވަރު ހަބަރުތައް ކިޔުނު. ނިރުބަ ވެރިއަކަށް ނިރުބަ ވެރިކަމެއް ނުހުއްޓުވޭނެ ނުސީދާ ކޮށް ހުއްދަ ކުރެވޭނީ. ފަހަރިންނާއި ގުޅުމެއް ބާއްވަން ބޭނުންނަމަ އެކަން ޖެހޭނީ ހުއްދަ ކުރަން.