އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއާއި އެމަނިކުފާނާއި ހުރިހާ ކަމެއްގައިވެސް ލޮލާއި، ލޯ ދިމާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ، ރައީސް ނަޝީދު ވަނީ މި ސަރަޙައްދުގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރު، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި މިއަދު ބައްދަލުކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު މިއަދު މޯދީ އާއި ބައްދަލުކުރެއްވުމަށްފަހު ނަގާފައިވާ ފޮޓޯ އެއް، އެމަނިކުފާނު ވަނީ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މޯދީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގިނަ ކަންތައްތަކަށް އަލިއަޅުވާލައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދޭދޭ ޤައުމުތަކުން ބައިވެރިވެގެން އުފައްދާފައިވާ 'ޕެރިސް ޓާގެޓް' އެގްރީމެންޓާއި އަދި މިނޫންވެސް ގިނަ ދާއިރާތަކާ ބެހޭގޮތުން ޙިޔާލު ބަދަލުކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވުނު އިޔާދަކުރަނިވި ހަކަތައާއި، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާއި، ފަރުތައް ރައްކާތެރި ކުރުމާއި، ވެށި ސަލާމަތް ކުރުމާ ބެހޭގޮތުންވެސް. އަޅުގަނޑުމެން ދެމީހުންނަށް ހުރިހާ ކަމެއްގައިވެސް ލޮލާއި ލޯ ދިމާވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    ދީންވެސްތަ؟ ޔަގީނުންވެސް ނަޝީދު ގެންގުޅޭ ކުލަ "ރީނދޫ ކުލަ" އަކީ ހިންދޫ ދީނުގެ ކުލަ

    97
    1
    • ރޮނޑާ

      އާދޭހޭ އާދޭހޭ މަގުބަރާގަ ކުރާ ދުއާވެސް ހަމަ މުޅިންމެ އެއްގޮތޭ. އެވާހަކައޭ މިދައްކަނީވެސް.

      13
      1
      • ޙައްގުބަސް

        ހުރިހާ ރައްޔިތުންނޭ މީނާއާ ދުރުވޭ ހެޔޮނުވާނެ!! އަބަދު ބުހުތާން ދޮގު ހަދަމުންދުވާ މީހެއް މީ!! މުނާފިގެކޭ ބުނާކަށް ނެތިން!! މީނާ ގެރި މޯދީ ބުނާ ކޮންމެ ކަމެއްކުރާނެ! ގެރި މޯދީ އަކީ އިންޑިޔާގެ މުސްލިމުންނަށް ނިކަމެތިކޮށް ހަދާ އަދި އިންޑިޔާގެ އެންމެ މުގައްދަސް މުސްލިމުންގެ މިސްކިތެއް ކަމަށްވާ ބާބުރީ މިސްކިތް ތަޅާލުމުގެ އިސް މޭސްތިރި!! ހަރުކަށި ހިންދޫއެއް!! މިފަދަ މީހެއްގެ ލޮލާ ލޯ ހުރިހާގޮތަކުންވެސް ތިމަންނަގެ ލޮލަަ ލޯ ދިވާވެއޭ މިބުނަނީ ނަޝީދު!! މީގެ މާނައަކީ ގެރި މޯދީގެ ވިސްނުމާ ފިކުރާ ޚިޔާލާ ކުރާ ކަންތަކާ އަދި އޭނާގެ ހުންނަ ހުރިހާ ޖައްބާރުކަމަކާވެސް ތިމަންނާ ޚިޔާލާ ފިކުރާ ވިސްނުމާ އެއްގޮތޭ!! މިއީ މިގައމުގެ އެއްބާރުގެ ވެރިއަކަށް ހުރި މީހާގެ ވިސްނުން ހުރިގޮތް!! މީނާ ދައްކާ ވާހަކައާ ކުރާ ކަންކަމަށް ދިވެހި އެއްވެސް ލޮބުވެތި ރައްޔިތަކު ތާއީދު ނުކުރަން ގޮވާލަން!! އަދި މީނާއާ ދުރުހެލިވޭ!!

        11
  2. Anonymous

    ދެހިތް ނުގުޅޭތަ؟

    77
    • Anonymous

      ދެމީހުން ހިތާވެގެން ކަނނޭނގެ އުޅެނީވެސް.

      11
  3. ފަޒީލާ

    ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އުޅޭފާޑެއް ދޯ.. ވެރިކަމުގަ ހުރިނަމަތާ.. އަހަރެމެންއް ކީެއ ކަލޭގެ ކޮންމެތަނެއް މޮދީގެ ކޮންމެތަނަކާ ދިމާވިޔަސް..

    72
    1
  4. އަބްދުބޭ

    މީގަ ނެތް ބުނާނެ އެއްޗެއް. އެއޮތީ ދިމާވެފަތާ!

    55
    1
  5. XD

    ?ލޮލާ ލޯ ދިމާވާ ގޮތުންދެން މަގޭ ޖާނުދޭނަށް?
    ?ފިދާވާށެ މިހުރީ ތިޖަޒުބާތުގާ އުމުރު ދަންދެން?

    47
    3
    • ހައްހައް

      ޒަރަރ ޕާސްއާ މުޖެ ކުޗް ކެހެނާހޭ ?
      ދޫރު ނެހީ އިކްޕަލް ރެހެނާހޭ ?

  6. ޢާއިޝާ

    އެހެންތަ؟ ތިހެން ހުންނަ އިރު ވަރަށް ގިނަ ތަންތަން ދެމީހުންގެ ދިމާވޭ ދޯ. ތިގޮލާ ގޭވީ ކަމުގެ ތަބައްވުރު އެބަފެނޭ.

    46
  7. ސަފީން

    މަގުބަރާ ނަޝީދު..

    46
    1
  8. މިހާރު

    ރައްޔިތުން ވެއްޖެ މިހަރުން މިހާރައް މަގުމައްޗައް ނިކުންނަ. މިހަރު ކަންތައްތައް މާމައްޗައް މިދަނީ

    63
  9. ސޑބެ

    ތިކަލޭގެ ބާބްރީ މިސްކިތް ތަޅާލި ގޮތަށް މިރާއްޖޭގެ މިސްކިތެއް ތަޅާލާ ފައްޅިއަޅާ!އޭރުން ރަގަޅަށް ދިމާވާނީ!

    35
  10. ހުސޭނުބެ

    ފިރިހެނަނު ތިގޮތަށް ފޮޓޯނަގާފައި ފިރިހެނަކާ ގުނަންތައް ދިމާވާކަމަށް ވާނަމަ ތިއީ ވަރަށް ބޮޑު މައްސަލައެއް! ކެކެކެކެކެކެ

    43
    1
  11. ާަބިޖޫ

    ތީވަރައްބޮޑުތެދެއް ގެރިއެއްބުންޏަސް ތެދެއްވާނީ ތެދަކައް ތިތިބީ މަސްފަލަ ގެރިޔަކާ ހިކި އަނަރޫފަވެފައިތިބި ދެގެރި
    ދެގެރީގެ ހުރިހާކަމެއްވެސް ދިމާވެޔޯ ޑޮންތުއްތުބޭގެބައިވެސް ދޯ ތީ އަސްލުވެސް ހަމަ ލާދީނީ ދެގެރި

    43
    1
  12. ގުއްލީ

    މޮދީބެ ގުއްލީދަނޑި ކުޅެން ގޭދޮށުގޮލައްކު އަތުލައިގަތީތާ.

    29
  13. އޭދަފުށީ މުހައްމަދު

    މޯދީއަކީ އެތައް މުސްލިމަކު މެރުމުގައި ބައިވެރިވި ބޮޑު ގާތިލެއް. މިއަދުވެސް އިންޑިއާގައި މުސްލިމުންނަށް ގޯނާ ކުރުމާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާ ތަކަކީ މޯދީ ހިންގާ ލާދީނީ އަމަލު ތަކެއް ކަމަށް ރިޕޯޓު ތައް ބުނޭ. މޯދީއާ ފިކުރު އެއްގޮތްވެގެންދޯ މީނަވެސް މުސްލިމުންނާ އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ.

    41
    1
  14. މާނިއު

    މޯދީ އަކީވެސް މުސްލިމުންގެ ޢަދު އްވެ އް.ނަޝީދަކީވެސް އިސްލާމް ދީނަށް ނަފްރަތު ކުރާ މީހެ އް. އެހެން ލަނޑަޔާ ވާނީ ލަނޑަޔާ. ދެން ލޮލާ ލޯ ދިމާވާނެ ނަތަންޔާހޫ އާވެސް. މުސްލުމުންނަށް އަނިޔާވެރިވާ ކޮންމެ މީހަކީ ނަޝީދު ގެ ގާތް އެކުވެރި އެޢް މި އީ ދިވެހި ރަ އްޔިތުންނަށް އެނގޭ ކަމެ އް

    35
  15. ޜީދޫ

    އެއީދޯމުސްލިމުންދެކެތިޔަހާރުޅިއަންނަކަމަކީ

    33
  16. Anonymous

    މުރުތައްދުން އަބަދުވެސް ކާފަރުންނާއި ހުރިހާ ގޮތަކައް ކަންކަން ދިމާވާނެ . ތިއީ އަހަރެމެން އަޖައިބުވާ ވަރުގެ ކަމެއް ނޫން

    35
  17. ކަމަނަ

    ދެން މޯދީ އާ އިނދެގެން ކަލޭ ދާން ވީނުން.. ކަލޭ ބޭނުމެއް ނޫނޭ އަަހަރުމެެއް..

    34
  18. ފާއިޒު

    އަޅުކަންވެސް ދޯ

  19. ބުއްސު

    ސޮކެޓާއި ޓޮޕް ދިމާވެދާނެ

  20. ހަސަންބެ

    ތިބުނީ ގެރިޔަށް އަޅުކަން ކުރުމުގައާއި ގެރިގޮރު ބުއިމުގައި ވެސް ހަމަ ލޮލާލޯ ދިމާވެޔޭތޯ

  21. އީވާ

    އިސްލާމް ދީނާ ދުރު ވިސްނުމުގެ ދެ މީހުން.

  22. މަކިނބޫ އެޓް ދުބާއީ

    ތިދެން ވަރަށް ދެރަ ކަމެއް?

  23. ރޯނު އެދުރު

    އަނގަޔާ އަނގަ ވެސް ވަރަށް ދިމާ ވޭ !

  24. ނާހަމަ

    ދެމީހުންގެ “ ޖަޒުބާތުތައް” އަނެއްކާ ނުގުޅޭބާ!! ހީވަނީ އެވެސް އޮންނާނީ ހުރިހާ ގުނަވަނަކުން މަތިން ތިރިޔަށް ގުޅިލާމެހިފައެއް ! ބޯހަލާކު !

    17
  25. ޙިޔަޅު

    ތޫޖޯ މިލާ ތޯ ހޯގަޔާ މޭ ކާފިރު

  26. ދޮން ކޮއްކޮ

    މިލޯސަވިޗް އާއި ލޯ ދިމާވީމަ މިހާރަށް ފުރިހަމަ ވީ، މޮޔަގޮވަނީ

  27. ޡ

    ޒިޔައްޓޭ ވަރަށް ދެރަވާނެ...

  28. ކަލޭނޭ...

    މީ ލައްކަ ވާހަކަ، ސަމާލުވޭ ދިވެހިންނޭ ޤައުމެއްވާ ނެތޯތް!! މި ހިށާބުން މިކަން ދަންޏާ ދާދި އަވަހަށް މިޤައުމުގެ ނަން "މޯދިޔަ ޕްރަދޭޝް" އަށް ބަދަލުވެގެން ހިނގައިދާނެ، ކަލޭނޭ!!!!!

  29. މޯދީ

    މަގޭ މަސް ނުކައިބަލަ ތިވަރަށް. މަގޭ ނުހުރޭ އެއްވެސް ތަނެއް ދިމާ ކުރާކަށް ހުރިހާ ދޮރުތަކެއް ބަންދު

    2
    1
  30. ފޮޓޯ

    އެއަށްވުރެ ގައިގޯޅިވެގެން ފޮޓޯނަގަން ފޮޓޯގްރާފަރު ދެކޮޅުހެދީހެން ހީވަނީ.

  31. ވަގުބިޓު

    އެންމެންވެސް ހެކިވާ ކަމެއް މޯދީ ދިމާ ކުރަނީ އޭނަގެ ގެރިންގެ ލޮލާ އެކަނިކަން. ކެކެ

  32. މަކިނބޫ

    ކިނބޫ ގޮޓް ރެޖެކްޓެޑް

  33. Anonymous

    ޢެހެންވިއްޔާ އެނާނގެ ކަނލާންގެވެސް ވާނީ އެކަކައްތާ! ތިތާނގައި މަޑުކޮށްލާ. މިތަނަން އަންނާނެ ކަމެއް ނެތް!

  34. މިއަދު

    މިބަހުގެ މާނަޔަކީ ރާއްޖޭގެ މުސްލިމުންތަކެއްގެވެސް އައިޑެންޓިޓީ ގެއްލުވާލާނަމޭތަ

  35. ކޮންމެވެސް މީހަކު

    މޯދީ އަކީ ފާޅުގައި އިސްލާމްދީނާއި ޚިލާފު މީހެއް. ލޮލާއި ލޯ ދިމާވާކަން އިނގެއެއްނު.