އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ޓިކެޓުގައި، ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކައުންސިލް އިންތިހާާބް އޮތީ އަންނަ އަހަރުގެ އޭޕްރިލް މަހުގަ އެވެ.

ޕީޕީއެމް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށެވެ. އެހެން ކަމުން އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައ ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕާޓީގެ މައި އޮފީސް ހ.ހުރަފައަށް ނުވެތަ [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށް މިއަދު ނެރުނު އިއުލާންގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ ޕީޕީއެމްެ ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00 ކަމަށެވެ.

އަދި އެޕާޓީގެ ޓިކެޓުގައި ކައުންސިލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ހ. ހުރަފައިންނާއި، އެޕާޓީގެ ސޯޝަލް މީޑިއާ (ފޭސްބުކް/ޓްވިޓަރ) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ޕީޕީއެމް އިން ކުރި އިއުލާންގައިވެއެވެ.

ކައުންސިލް އިންތިޙާބުގައި ޕީޕީއެމް އިން ހުރިހާ ގޮނޑިއަކަށް ވާދަ ކުރާނެއެވެ.

ކައުންސިލް އިންތިހާާބާއި ގުޅިގެން އެ ޕާޓީން ބާއްވާ ޕްރައިމަރީ އޮންނަނީ ޖެނުއަރީމ މަހުގެ 24 ވަނަ ދުވަހު އެވެ. ދި

އަދި ޖެނުއަރީ17 ގެ ކުރިން ޕީޕީއެމް ގެ މެމްބަރަކަށް ވާ ކޮންމެ ބޭފުޅަކަށްވެސް ޕްރައިމަރީގައި ވޯޓު ދެވޭނެ އެވެ.