އޭޝިއާގެ ގިނަ ގައުމުތަކުގައި އިސްލާމް ދީނުގެ މައުލުމާތު ދީ، އިސްލާމް ދީނަށް ދައުވަތު ދިނުމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ރާއްޖެ އަންނަން އުޅުނު ކަމަށާއި އެކަމަށް ސަރުކާރުން ހުއްދަ ނުދިނީ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ދިއްލީގައި އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވި ކަމަށް ބުނެ އެ ނޫސް ކޮންފަރެންސުގައި ހުރި އިންޑިއާގެ ނޫސްވެރިއަކު ވަނީ ޓުވީޓުކޮށްފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވަނީ ޗައިނާގެ ލޯނުތަކާ ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި އިންޑިއާގެ ޑިމޮކްރަސީއަށް އިތުބާރު ކުރައްވާ ކަމަށާއި އިންޑިއާއިން ކޮންމެ ކަމެއް ކޮނެމް ގޮތަކަށް ނިންމެވި ކަމުގައިވީ ނަމަވެސް އެކަމަށް ގިނަ ބަޔަކު އެއްބާރުލުން ދޭނެ ކަމަށް ނަޝީދުއާ ހަވާލާދީ އެ ނޫސްވެރިޔާ ވަނީ ޓްވީޓުކޮށްފައެވެ.

ޒާކިރު ނައިކު މިހާރު ދިރިއުޅެމުން ދަނީ މެލޭޝިޔާގައެވެ. ނަމަވެސް އެގައުމުގެ ސިޔާސީ ކަންކަމާ ބެހޭ ކަމަށް ބުނެ އެގައުމުން އޭނާ ބޭރުކޮށްލަން އެގައުމުގެ ސަރުކާރުގެ ކެބިނެޓުންވެސް ނިންމިއެވެ. އަދި އޭނާގެ ދަރުސްތައް ހުއްޓުވާނެ ކަމަށް އެގައުމުގެ ފުލުހުންވެސް ވަނީ ބުނެފައެވެ.

ޒާކިރު ނައިކު ރާއްޖެ ގެނައުމަށް ހުއްދަ ނުދިނީ ކަމަށް ނަޝީދު ވިދާޅުވި އިރު އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ޒާކިރު ނައިކު ވަނީ ރާއްޖެ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޢާއިޝާ

    ޢޭ ޑިމޮކްރަސީގެ އައްޕައޭ ކިޔަނީ ހަމަ މުނާފިގުވީމަ ދޯ.

    200
    4
    • ޒައި

      މި ވެސް ވާނީ ބުހުތާނު ދޮގަކަށް ޒާކިރު ނައިކް މިކަމާ ބުނާއެއްޗެއް ބަލަމާ.. ރަނގަޅަށް ވިއްޔާ އޭނާ މިތަނަށް އަންނަން ނުވެސް އުޅޭނެ އިންޑިއާ ރުއްސަން ގޭސްގަނޑެއް އަނބުރާލީ ދޮގާ މަކަރާ ހެދުމުގެ ވެސް އެއްވަނަ.. އިންޑިއާ މީހުންނަށް އެނގޭ ކަލޭ ވެރިކަމުގަކަން ޒާކިރުގެނެސް ރާއްޖޭގަ ދަރުސްދިނީވެސް

    • ގ

      ނަޝީދަކީ ދޮގު ވެރިއެއް

  2. ކަޅުބުޅާ

    ކަލޭ ކިތަންމެ ވަރެއް އެރުވިއަސް މި ޤައުމުން އިސްލާމްދީން ފޮހެނުލެވޭނެ. ކަލޭ މި ޤައުމށް މުސީ ބާތް ނުޖައްސަ މި ގައުމުން ރައްކާވެގެން ދާން އުޅޭ ..
    ވަގުތުކުދިން މި ކޮމެންޓް ޖަހާލަ ދޭތި

    267
    6
  3. ދޮގުބެ

    ދޮގުބެ

    134
    4
  4. ސުޢޫދު

    މިއޮތީކަންތަކާދިމާވެފަ މިސަރުކާރު ބަދަލުކުރަން ޖެހޭނެ ދެންއައްނަ އިންތިހާބެއްގަ މިވަރުން ދާނަމަ އެމެރިކާގެ ރައީސް މުސްލިމުން އެގައުމައްނުވަދެވޭގޮތައްހެދިހެންހަދާފާނެ މިވާހަކަތައް މުސްލިމްނޫންގައުމުތަކުގަ ތިބެއަބަދުޢިއުލާން މިކުރަނީ ބަޔަކުހިތްހަމަޖައްސާލުމައްޓަކާ.

    149
    3
    • މޮޔައެނޮނިމަސް

      ޒާކިރު ނަޔަކު އަކީ ޓެރްރިސްޓެ އް.ދެން ހަގީގަތް ބުނީމާ ގަބޫލު ނުކުރަނީ ކީ އްވެ

      11
      179
      • މުސްލިމް

        މުސްލިމުންނަކީ ކަލޭމެނައް ޓެރަރިސްޓުން.

        65
        4
    • އެނޮނިމަސް

      މޮޔައެނޮނިމަސްގެ ބޯގޯސް ކަމާ .... ބޯގޯސް މޮޔައިން ދަށްކާ ވާހަކަޔަށް އަޅާލުމެއް ނެތް.... ދިވެހި ރާއްޖޭގަ ތިއުޅެނީ ކީއްކުރަން.... ދޭބަލަ އިންޑީއާގެ ފޫބުޑަގަ އޮނަން...

  5. ހުސޭނުބޭ

    އެހެންވިއްޔާ ގާނދީޖީ މާހަނަ މައްޗަށް މަޑިޔަށްޖެހެން އަވަހަށް ދަގަ!

    166
    6
  6. ޚަރޮ

    ޢިންޑިޔާއަށް ވިކި ހުސްވެފައި.

    132
    3
  7. ت

    ރަގަޅު ސަދޫމު ނަޝީދު އަކީ އެقوم މީހެ އްދޯ
    جيد جدا

    83
    3
  8. މީނާ

    މިކަލޭގެ މީ ދީނީ ޢިލްމުވެރިންނާ އިސްލާމް ދީޏަށްހުރި ވަބާއެއް

    116
    4
  9. ޙަސަނާ

    މިއޮތީވާ ދިވެހިންނައްޖެހިފަ އޮތް ބޮޑު ބަލާމުސީބާތެއް އިންޑިއާމީހުންނަކީ މީނަގެރައްޔިތުން ދިވެހިންނަކީ މީނަގެޢަޅުން

    110
    3
  10. ޓޭކަވޭ

    ކަލެއަށްހަލާކުހުރި .ޔެލޯވޯޓް ދިން ދިވެހިރައްޔިތުން މީނާއަށް ކުރުނީސް ކުރަނީ، ﷲއަށް ބިރުވެތިނުވެވޭތީ ...ތައްބައްލަކަ

    81
    4
    • شيخ

      وتب لك

      30
      1
  11. ޢިޒޫ

    ޢެއއ އީ އިންޑި އާއ އަށް ގަންނަ ބިރަކުން ދޮ އްތަ ، ކަލޭގެ ވެރިކަމުގަ އޭނަ އައ އިމަވެސް ސަރަގޭ އަށް އަންގަ އިގެން އޭނާގެ ތަގްރީރު ބޭ އްވިޔަ ނުދޭން ވެސް ކިހާ މަސަ އް ކަތެ އް ކުރިން ހަދާން އެބަހުރިބާ! ޖާހިލުވިޔަސް ބޮޑުވަރު

    60
  12. Anonymous

    މުރުތައްދު ކައްޒާބް

    66
    1
  13. އަލީބެ

    ބަލަގަ ނަޝީދުވެ ވެރިކަމުގަ ދޯ ޒާކުރު ނައިކް މިރާއްޖެ އައިސް ބޮޑު ޖަލސާއެއްވެސް ބޭއްވީ. މިކަލޭގެ މިކިޔަނީ ކީކޭބާ؟ 2010 ވަނައަހަރު ނަޝީދު ހުރީ ރައީސްކަމުގަ، ޒާކިރު ނައިކު ރާއްޖެ އައީ 2010 ވަނަ އަހަރު.

  14. ޭއަހަރުނު

    ޒަކީރު ނަައިކު ދިވެހި ރާއްޖެއަށް އަޔަނުދިނީ ...އިންޑިޔާ މީހުންނާ އޮއި ގުޅުން ކެޑިދާނެތީ ތޮ.
    🖕🖕🖕🖕👎👎👎👎👎

  15. ކިނބިދޫ

    އާން ކޮންމެހެން ސަލަފީ ވައްހާބީ މީހުން އިތުރަށް ގެންނާނެ ކަމެއްނެތް މިހާރުވެސް އެމީހުންނާ ހުރެ ކިތައް ދިވެހިން އާއިލާ ދޫކޮށް ސީރިޔާއަށް ޖިހާދޭ ކިޔައިން ދިޔައީ

  16. އިބުރޭ

    މީނާގެއަވައިގަޖެހިގެންއުޅޭ އެންމެހާމީސްތަކުން ﷲއައްބިރުވެތިވެ މީނާގެކިބައިންސަލާމަތްވޭ

  17. މޮޔައެނޮނިމަސް

    ގަބޫލް ނުކުރާސަބަބު ވަރަށްސާފް ދޯ ޓެރްރިސްޓެއްކަން އެނގޭނަމަ ދެކޮޅެއް ނުހަދާނެ ދެބޯގެރި ތަޅަންޖެހުނަސް ވވވ ސ ލ މ

  18. އަލިބެ

    އަހަރެމެނައް އެނގޭ ކަލޭ ހުއްދަ ނުދޭނެކަން މުސްލިމަކައްވީޔަކާ

    40
  19. އެލެކްސް

    މި ނާސިރު އަވަހާރަ ކޮއްލަން ފިސްތޯލަ އެތެރެ ކުރި މީހާގެ ދަރި ކެނެރީގޭ ބުއްޅަ ހޮއްކޮ އަށް ނޭގި ނަމަވެސް މީނާގެ ވެރިކަމުގައި ޒާކިރު ނާއިކް ރާއްޖެ ޒިޔާރަތް ކުރި އަދި މި ބުއްޅަބެ ބުނެގެން “އަހަރެން އެއްވެސް ދީނެއް ގަބޫލު ނުކުރަން” މިހެއް މީހަކު ލައްވާ ބުނުވި

  20. އެންދެރި

    ރާއްޖެ ބަދުނާމް ކުރަން ރާއްޖެއިން ބޭރުގަވކޮންމެ ވާހަކަ އެއް ވެސް ދައްކަފާނެ އެވެ.

  21. ދަވްތޫރް އަބުދުލް އަޒީޒް

    ބަލަ މާލޭގެ ހިއްކިބިމުގައި ތިޔަބުނާ ޒާކިރުނަޔަކު ކިޔާމީހަކު ތަގުރީރުދިނީ ތިޔަބުނާމީހެއްގެ ވެރކަމުގައި މާމޮޅުމީހަކު ޒާކުރުނައިކު ކައިރީގައި ސުވާލްކޮއްބުނި ތިމަންނަޔަކީ މުސްލިމެއްނޫނޭ އެއީ މިނިކާއްރާއްޖޭގް ބޭއްވި ދީނީދަރުސެއްތޯ އެޒާކިރުނަޔަކް ހީހީހަލާކް މިޔޮއްގައުމެއްދޯ

  22. Anonymous

    ޒާކިރު ނައިކް ކީއްވެ ރައްޔިތުން ގެ ސަމާލުކަމަށް އެކަން ނުގެނައީ

  23. ކުސުމް

    މީނަ މީ ކާކުތަ މާ ބޮޑޭ ވެގެން ގައުމުގެ ވާހަކަ ތަންތަނުގަ ދައްކަން. ހީވަނީ މީނަހެން މި ރައީސަކީ! ބެހެއްޓި ހިސާބުގަ ހުރެބަލަ. ކިހާ ދެރަވެއްޖެ ކަމެއް! މުނާފިގު!

  24. ނުރަބޯ

    ފައްޅިއެއްގެ ފާދިރީއެއް މިގައުމުގައި ނަޞާރާ ދީނުގެ ތަގުރީރެއް ދޭން އަންނަން އުޅެފިއްޔާ ކެރަފާ ގަންޖާބޯ އެކަން ލޮލުން ބޮލުން ގަބޫލުކޮށް އެކަން ކުރެވޭނެ ގޮތް ހަމަޖައްސާ މަގުފަހި ކޮށްދޭނެ. ވީމާ ދިވެހި އިޚްލާޞް ތެރި ރައްޔިތުން ތިޔަކަމާ ޙައިރާނެއް ނުވޭ.

  25. ޢަހްމަދު

    ވަރަށް ބޮޑަށް އޮޅިއްޖެ މިހާރު. މާދަން އުއްތަމަ ފަނޑިޔާރު ވެސް އަރާ ބޭނުން ވާހަކައެއް ދައްކަންވީ. ރައީސް އޮފީހެއް ހުރުމުގެ ބޭނުމެއް ނެތެއްނުން މަޖިލީހުގެ ރައީސް ގައުމު ހިންގަންޏާމުން.

  26. ކަލާ123

    ޒާކިރު ނަޔަކް ރާއްޖެ އަޔަ ނުދޭން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށް ދެކެމެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި ބޭނުންވަނީ ތަފާތު ދީންތަކާއި މަޒުހަބުތަކުގެ މެދުގައި
    ދެނެގަތުމާއި އެއްގާނިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުމުގެ ރޫހެއް އުފެއްދުމެވެ. ޒާކިރު ނައިކުގެ ވާހަކަތައް ހުންނަނީ މިރޫހާ ދިމާ އިދިކޮޅަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން
    ޒާކިރު ނައިކަށް މަރުހަބާ ނުކިޔަނީ މިހެންވެގެންނެވެ.

  27. ޖައިލަމް

    އިންޑިއާގެ ފޫބުޑުގަ އުޅޭ މޮޔައިން މި ކަހަލަ ބޯގޯސް ވާހަކަ ގޮވާނެ