ރާއްޖޭއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ކުރިއަށް ނުގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގައި އެގައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗައިނާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީތަކަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެގައުމުން ދޭ ލޯނު އެހީތަކަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްކަމުގައި ގަބޫލުނުކުރައްވާ ސަބަބަކީ ލޯނުތަކުގެ އަދަދާއި ބަލާއިރު އެ ލޯނުތަކުން ގާއިމްކުރާ ހަރު މުދަލުގެ އަގު ކުޑަވެގެންދިޔުންކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ޗައިނާގެ ލޯންތަކަކީ "ޑެބްޓް ޓްރެޕް" ނުވަތަ ލޯނު އަނބުރާ ނުދެއްކޭ ވަރަށް ލޯނު ދިނުމަށްފަހު ގައުމުގެ ހަރުމުދާ އަތުލަން ދޫކުރާ ލޯންތަކެއްކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ. އަދި ރާއްޖެ އަށް އެގައުމުން ދިން ލޯނުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި ބޮޑުވެ، ބޮޑު ދަރަންޏެއް އަދާކުރަން ޖެހިފައިވާ ކަމަށާއި، އެމަނިކުފާނު ވިދާޅުވާާ އަދަދު ޗައިނާއިން ދޮގުކުރާނެކަން އެނގިވަޑައި ގަންނަވާ ކަމަށެވެ.

އަދި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް ކުރިއަށް ނުގެންދާނެ ކަމަށްވެސް ނަޝީދު ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ރޮކް12

  މިކަހަލަ ޖާހިލެއް ބޮޑޔވަޒީރުކަށް ގެންނަށް ހެޔޮނުވާނެ!

  101
  1
  • މީކާކު

   މިކަލޭގެއަށް ވޯޓު ދޭނީ މިކަލޭގެ ކަހަލަ ބުރާންތިން މީވާ ބައްޔެއްމިޤައުމުގެހަލާކު

   87
  • ކަލޯ

   މޮޔަގެރިި

   68
  • ޙައްގުބަސް

   ދެން އިންޑިޔާއިން މިސަރުކާރުން ނެގި 800 މިލިއަން ޑޮލަރުގެ ލޯނަކީ ކޮންގޮތަކަށް އެމީހުން ދީފައިވާ ލޯނެއް!! އަދި ސަރުކާރުންނާ ސަރުކާރު ކޮންޓްރޯލް ކުރާ މީޑިޔާ ތަކުން ރައްޔިތުންނަށް އޮޅުވާލަންވެގެން ލޯނެކޭ ނުކިޔާ މިކިޔަނީ އިންޑިޔާއިން ދިން 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެކޭ!! އިންޑިޔާއިން ބޭނުންވަނީ މިގައުމު އަޅުވެތިކުރަން!! ފާޅުގަ އެގައުމުގެ ސިޔާސީ ވެރިން ޓީވީ ތަކުގެ ބުނެފަ އެބަހުރި!! ތިމަންނަމެންގެ ބެކްޔާޑޭ 3 ނޮވެމްބަރުގައި އައި ސިފައިން ބޭލީމައޭ ހުރިހާ ނުބައެއްވީ ކިޔާފަ!! މިހާރު އެތިބީ 2 ހެލި ކޮޕްޓަރު ދުއްވާ ނަމުގަ އައިސް 80 އިންޑިޔާ ސިފައިން މިރާއްޖޭގައި!! 40 ސިފައިން އައްޑޫގައި!! 40 ސިފައިން ލާމު އަތޮޅުގައި!! މިމީހުންގެތެރޭ ޖާސޫސުންވެސް އެބައުޅޭ!! އެހެންވީމަ އިންޑިޔާގެ ތައްޕާހަށް ވެއްޓިގެން މިގައުމާ މިގައުމުގެ މިނިވަންކަން މިދަނީ ބީވެގެން!! މިގައުމަށް ލިބޭ މުއްސަނދިކަން އެދަނީ ފޭރެމުން!!! މިގައުމުގެ އުމްރާނީ ތަރައްގީ ވިޔަނުދީ އަމިއްލަ ފައިމައްޗަށް ތެދުވަން މިގައުމުގެ ކުރަމުން ދިޔަ މަސައްކަތް ހުއްޓުވަމުން!! މިގައުމު ސިއްޙީ ދާއިރާވެސް ހަލާކުކޮށް އެގައުމަށް މިރާއްޖޭގެ ރައްޔިތުންގެ ހުރިހާ ސިއްޙީކަމެއް ބަރޯސާކޮށް މިގައުމުގެ ރައްޔިތުންގެ ފައިސާކޮޅުވެސް ފޭރެމުން!! މިނަޝީދާ މިރާއްޖޭގެ ރައްޔިތުން ދުރުހެލިވާންޖެހޭ !!

 2. ޖައްލާދު

  ޢިންޑިއާ އަށް ގައުމު ދެން ދީ...މަމެން ވަންނާނެ ތަނެއް ނެތް

  59
 3. ޤައުމު

  ރައީސްއެވިދާޅުވީ ހަމަތެދައް ސާބަހޭރައީސް ހިތްތަކުގެ ރައީސް

  4
  97
 4. ޝޮންބެ

  ޙިއްނަވަރީ މިދެން ކީއްކުރާ ސޮރެއް

  74
 5. ހައްލު

  ހަޖަމް ވިޔަސް ނުވިޔަސް ރައީސްޔާމީންގެ ބުރުޖު ސަޅި 25ބުރީގެ ހޮސްޕިޓަލް އެހާސަޅި ތާރު މަގުތައް ހަމަ ހަބޭސް ސާބަހޭ ރައީސްޔާމީން އާއި ޗައިނާއަށް،

  100
 6. ރައްޔިތުމީހުން

  މީ ތަ ރައީސް އަކީ..

  64
 7. މޮޔަ

  ޗައިނާއިން ހުޅު މާލޭގައި ބޮޑު ސްޓޭޑިއަމް މިސަރުކާރުން ރޮއި ޢަދޭސް ކުޜީ ކަލޭގެ ރުުހުން ލިބިގެންނޭ...މިނިވަން ވިޔަފާރިން ޗައިނާއިން ރައްޖެ އެތެރެކުުރާ މުދާ ވާނީ އަގހެޔޮ ވަޑާންގެ އެއް ދަރުވާލި މީހަކަށް ކޮން ވިޔަފާރި އެއް އެނގޭނީ

  65
 8. ޢަބްދުއްލަޠީފު

  ކަލޭގެ މަކަރުވެރި ރޭވުންތަކުން ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވުން އެދިﷲ އަށް އަހަރުމެން ދުޢާ ދަންނަވަމު. އަދި އެކަލާނގެ ގަދަފަދަ ހިއްޕެވުމަކުން ކަލެއާ ކަލެއަށް އެހީތެރިވާ ބައިގަނޑު ހިއްޕަވާ ނެތިކުރެއްވުމަށްވެސް އަހަރުމެން ދިވެހިން ދުޢާދަންނަވަމު. އާމީން.

  78
  2
  • އަސަރުމަގޭ ޖާން

   ޗައިނާއިން ކުރަންވީ ކަމަކީ ބަދަލުގައި ޗައިނާއަށް ދޭންޖެހޭ ލޯނުގެ ފައިސާ އެެއްފަހަރާ މިސަރުކާރުން ދޭންޖެހޭ ގޮތަށް ނިންމުން ދެން އެއާއެކު މިގައުމަށް ދަތުރުކުރާ ޗައިނާ ފަތުރުވެރިން އެހެން ގައުމު ތަކަށް ޑައިވާޓް ކޮށްލަންވީ. އޭރުން ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފަ. އޭރުން ދަ ހިންދޫ ފަޑުއްކަ ރޭޕިސްތާނުގެ ފެންވަރު އިސާހިތަކު އެނގިގެންދާނެ.

   13
 9. އަނިޔާ

  ރާއްޖެ ދަރާފައޮތީ ރާއްޖެއައްނުދެއްކޭވަރުގެ ދަރަންޏެއްނޫން. މައްސަލައަކީ މިމީހުންގެ ރޭވުމަކީ ދިވެހިންގެ ޖީއެސްޓީގެ ލާރިކޮޅު މިމީހުންނައްބަހާލުން. އަޅެކެރެންޏާ ސިޔާސީމީހުންނައްދޭ މުސާރައާއި އެލަވަންސްގެ ތަފްސީލް ދިވެހިންނައްހާމަކޮއްދީބަލަ. އެއިރުން ދިވެހިންނައް ތިދައްކާވާހަކައިގެ މަކަރުވެރިރޭވުން ވަރައްރީއްޗައް ހާމަވާނެ. ކަލޭހީކުރީ ކަލޭތީ ވަރައްބޯރަގަޅުމީހެކޭ، އެކަމަކު ކަލެއައްވުރެ މަކަރުވެރި ދޮގުހަދާ ނުލަފާ ވަގުމީހެއް ދުނިޔޭގަ މަދުވާނެ.

  12
 10. ޓެސްޓްކުރޭ

  ދިވެހިން ދުވަހަކުވެސް ރައީސް ސާލިހުއާ ނަޝީދު އަދި މިސަރުކާރުގެ އިސްވެރިންނަށް މަޢާފެއްނުކުރާނެ. ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ނަގާލާފި. މުސްތަޤުބަލުގެ ދިވެހިދަރީން މިޤައުމު ﷲ ގެ ވާގިފުޅާއެކު މިނިވަންކުރާނެ. ޔާމީން 5 އަހަރުތެރޭ ޗައެނާއިން ނެގިލޯނަށްވުރެ މިސަރުކާރުން 1 މަސްދުވަހުގެ ތެރޭގައި އިންޑިޔާ އިން ނެގިލޯނުބޮޑު އަދި އެލޯނުގެ ފައިސާގެ ބޮޑުބައެއް ތިހޭދަކުރަނީ މަޖްލިސް މެމްބަރުން އިންޑިޔާއަށް ދަތުރުކުރުން ކަހަލަ ރިކަރެންޓް ޚަރަދަށް. ލޯންގެ ޓާރމްސްވެސް މާގޯސް. ޢިންޓްރެސްޓްބޮޑު.މިޤައުމު ފުޑުފުޑު ނުކޮށް އިސްތިޢުފާދީ.

 11. އޮޅިއްޖެ

  މީނަތަ ރައީސްކަމުގެ ހުވާކުރީ ހުރިހާކަމެއް އޮޅުވާލާބީދައިން އެކަންވެސްއޮޅުވާލާފަދޯ މިއޮތީ އެހެންޏާ މީނައައްކިހެނެއްތަ ސަރުކާރުގެކަންކަމާ ބެހޭގޮތުންބަސްބުނެވެނީ މީކީރައްޔިތުން ސަރުކާރުގެކަންތަކާބެހޭގޮތުން ބަސްބުނުމައް އިންތިޚާބުކޮއްފަހުރިވެރިއެއްނޫނޭ ބަސްބުނަންހުންނާނެވެރިއެއް އޭނައައްނުވްނާއިސްތިއުފާދީ

 12. ސުޢޫދު

  ޢޭރުންތާ ފިޔާކިލޯއެއް 💯 ވިއްކާލެވޭނީ 2023 ގައެމްޑީޕީއައް ވެރިކަމެއްނުލިބޭނެ އެހެންމީ ހަކުނެރެގެން ނޫންގޮތަކައް އިންޑިއާގެ ތަނަކައްމިގައުމު ހެދިއަނުދޭނެ ދިވެހިން

 13. ސަންދާނު މޮޔަމީހާ

  މަކަލޭގެޔާ ހުރެ ރާއްޖޭގެ އަގުވެއްޓި ނިމިތްޖެ ކިހާދެރަކަމެއް ބޮޑު ނުފުތްސެވި ބަލާއެތް

 14. އަސީ

  މީކީކޭ ކިޔާމީހެއ އްތަ ޗަ އިނާ އިންލޯނުދީފަ މަސަތްކަތްހަވާލުކީ ޗަ އިނާކުންފުނިތަކާ އޭކިޔާއިރު ނިމިދިޔަ ހަފްތާގަ އިންޑިޔާ އިންދޭ 800މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީތެރެއިން 200މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓް އެ އް އިންޑިޔާ ކުންފުންޏަކާ ހަވާލުކުރީ. އަބަދުހިންދުކޮޅުގަ ހުންނަވާތީ ވާގޮތްކަންނޭގެ.

 15. މިއަދު

  ހީލަތްތެރިރޭވުމެއްގެދަށުން މިގައުމުގެރައިސްކަމަށްއައިސްހުރު ސޯލިހުއަށް މިނަސީދުގެވާހަކަތަކަށް ބަސްބުނަން ނުކުރޭނަމަ ރައިސްކޟުން އިސްތުޢުފާދިނުމަށްގޮވާލަން

 16. 🐠ރޮނޑާ

  އިންޑިއާ އުޅޭނީ ޗައިނާ އައްވުރެ މާބޮޑައްވެސް ފަހަތުގަ
  ޗައިނާގެ ފްލޢިޓުތައް ހަމަ ޖައްސަންވީ ދިވެހިން ބޭސްފަރުވާގެ ކަންތައް ޗައިނާ އިން ހަމަ ޖައްސަން ދާން.

  4
  1
 17. މުހައްމަދު

  މި ނަސީދު މީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ބތާއެ މި މރކޮސ އަކައް ނޭޢްގޭތަ މިގައުމުގެ މައި ލޭނާރު ބޮނޑު ބައެއް ހިއްސާ ކުރަނީ ޗާއިނާ ފަތުރުވެރިން ކަމެއް... ފާޑު ފާޑުގެ ބޭކާރު ވާ ހަކަނުދައްކާ މިނިމަން ވޭޖު އަވަސް ކޮއްބަލަ

  27
  • ގދށއވބލ

   ވާނުވާ ނޭނގުނަސް ސިޔާސީ ވެގެން އުޅޭ މީހުނަށް ވަރިހަމަ ލޮލަށް ވިދާތަން ފެނުނީމަ ރަންކަމަށް ދެކިގެން އުޅޭއިރު މިމީހުންގެ ދަރިންގެ ދަރިންނަށް ދަންދެން އުޅެންޖެހޭނެ ހާލެއް..ތިމާ ތާރު މަތީ ދުއްވާލަން ލިބޭތީ އުފަލުން އުޅޭއިރު ފޫޓަކުން ފޫޓަކުން ބަޔަކު ގައުމު ގެންގޮސް މިމީހުންނަށް މިދޭއެއްޗަކީ މިމީހުންގެ ވޮލެޓުން ވަގަށްނަގައިން ދެއެއްޗެއްކަންވެސް..ވިޔަފާރި ކުރަނީ އޭކިޔާަފަ މަކަރުގަ ޖައްސާފަ ބައިތިއްބާއިރުވެސް ބިއްލޫރިގަނޑެއްގެ ބިއްދޮށުގަ އިން މެއްސެއްހެން ތެޅިލަ ތެޅިލަ.. އަދިވެސް މިގޮވަނީ މުސާރަބޮޑުކޮށްދޭން ބުނި ވަޢުދު ފުއްދާށޭ..އޭރަކު ނޭގުނު މުސާރަބޮޑުކުރަން ވަޢުދުވާން ބުނަންވެސް...ވަގުތު މީ ވަކިބަޔަކަށް ހުސްވެފަ އޮތް ނޫހެއް.. ވަރިހަމަ ކޮމެންޓު ނުޖެހިޔަސް.

   1
   4
 18. ތަކުރު

  މިގައުމުދެކެ ލޯބިވާނަމަ މިކަހަލަ ސޮރަކަށް ބާރުދޭން ހެޔޮނުވާނެ! މޮޔަޔަކު އަތަށް ކަނޑިއެއްދިނުންފަދަ ކަމެއް!

 19. ނަސީދު

  މިޙާރު ކިހިނެއްބާވިވަނީ އިބޫސޯލިހައް މަވޯޓްދިނީ އެކަމަކު ނަސީދު މިލަވަކިޔަނީ ކިހިނަކުންވާކަމެއްބާ.އަޅުގަނޑައް ހީވަނީ ނަސީދު އައްހީވެފައި އޮންނަނީ ނަސީދޭ މިގައުމްގެ ރައިސް އަކީ ސޯލިހަކީ އަދިވެސް މަޖިލިސް މެމްބަރޭ މިކަން އިބޫސޯލިހުއެބަޖެހޭ ރައްއިރުންނައް އޮޅުންފިލުވައިދޭން ޗައިނާ ރުޅިއައުމުގެކުރިން

 20. ކަޅުބުޅާ

  މި ނުލަފާ މީ ހާގެ ފަރާތުން މި ޤައުމު ސަލާމަތް ކޮށްދެއްވާ ފާނދޭވޭ... މި ކަލޭގެ އަށް ބޮނޑިބަތް ގަނޑެއް ހިލާހެން މި ޤައުމު ހިލަން ދިން މީހުނަށް ހެޔޮ ވިސްނުން ދެއްވާ މި ނުލަފާ ޖައްބާރު ކަލޭގެ އަށް ކުޅަދުންވަންތަ އިލާހުގެ ވަރުގަދަވެގެން ވާ ކޯފާ އެއް ނުފޮނުއްވަނީސް މި ކަލޭގެ މައިތިރި އަރަން ވެއްޖެނު ..