ދީނީ އިލްމުވެރިޔާ ޑރ.ޒާކިރު ނައިކް ރާއްޖެ އަންނަން އުޅުމުން އެކަމަށް ހުރަސް އަޅާފައި ވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިތުރުފުޅު ހައްދަވައިފިއެވެ.
ޒާކިރު ނައިކް ރާއްޖެ ދަތުރު ކުރަން އުޅުމުން އެކަމަށް ދިވެހި ސަރުކާރުން ހުރަސްއަޅާފައި ވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ މެއި މަހު ޒާކިރު ނައިކް ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. އެދަތުރުފުޅުގައި މާލޭގައި ޒާކިރު ނައިކްގެ ދަރުސްއެއް ވެސް ކުރިއަަށް ގެންދިޔައެވެ.
"އޭނާ (ޒާކިރު ނައިކް) މަސައްކަތް ކޮށްފި ރާއްޖެ އަންނަން. ނަމަވެސް ރާއްޖެ އިން އެފުރުސަތެއް ނުދިން." ނަޝީދު މިއަދު އިންޑިއާ މީޑިއާ އާއި ބައްދަލުކޮށް ވިދާޅުވިއެވެ.
"އޭނާ ރާއްޖެ އައުމުގެ ހުއްދައެއް އަހަރެމެން ނުދިނިން. ޒާކިރު ނައިކް ރާއްޖެ އައުމާއި ބެހޭ ގޮތުން ރާއްޖެ އާއި މެލޭޝިއާ އިން މަޝްވަރާ ކުރެވުނު." ނަޝީދު ވިދާޅުވިއެވެ.
ޒާކިރު ނައިކް ރާއްޖެ އަންނަން އުޅުމުން އެކަމަށް ހުރަސްއަޅާފައި ވާނެ ކަމަށް ވިދާޅުވެ ނަޝީދު އިތުރުފުޅު ހެއްދެވިއިރު ޒާކިރު ނައިކް ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް އިންޑިއާ އިން ވަނީ ނެރެފައެވެ. އެހެންކަމުން ދިވެހި ސަރުކާރުން ޒާކިރު ނައިކް ރާއްޖެ އައުމަށް ހުރަސް އަޅާފައި ވާނެ ކަމަށް ވިދާޅުވެ ނަޝީދު ވާހަކަފުޅު ދެއްކެވީ އިންޑިއާ ރުއްސަން ކަމަށް ބެލެވެއެވެ.
އިސްލާމްދީނުގެ މައުލޫމާތު ފެތުރުމަށް ހާއްސަ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޒާކިރު ނައިކް އަކީ ޤާނޫނާއި ހިލާފު އަމަލުތައް ހިންގުމަށް ހިތްވަރުދޭ ބޭފުޅެއް ކަމަށް އިންޑިއާ އިން ތުހުމަތު ކުރެއެވެ.
ޒާކިރު ނައިކް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިއާގައެވެ.
މިޤައުމުގައި ހުރި އެންމެ ބޮޑު .... ކާކު ހެއްޔޭ އަހާފިނަމަ ޖަވާބަކީ ކޮބާ
މީހަމަ ފައްކާ މުނާފިގެއް އިސްލާމްދީނައް ފުރައްސާރަކުރަން މީނަ އިސްވެހުރެ މިގައިމުގަފުރުސަތު ދެމުންމިދަނީ ހެޔޮނުވާނެ މިމީހުނައް ކައުންސިލް އިންތިހާބު ކާމިޔާބުވެއްޖެނަމަ މިތަންފަސާދަކުރާނެ...
ތައްބައްލަކަ
ތެދެއް ނުހަދާތާ ދޮގެއްވެސް ހަދަން ނޭނގޭ ސޮރެއް ތި ނަޝީދު ތީ
މުސްލިމުންދެކެހާދަރުޅިއެކޭމިއަންނަނީ
ނަޝީދު އެހެރީ ސްޕާރީ އަކަށް އިންޑިޔާއަށް ވިކިފާ. ހާދަ ދަށުދަރަޖާގެ މީހެކެދޯ؟
މި އަބޫޖަހުލު
ޒާކިރު ނައިކާއި ބެހޭގޮތުން ނަޝީދު އިތުރުފުޅު ހައްދަވައިފި
2 ގަޑިއިރު ކުރިން ( ޑިސެމްބަރު 13, 2019 )
اللهم يهلكه كما هلك أبو جهل
ތިމީހުން ނުހަދާނެ އިތުރުފުޅެ އް، ތިމީހުން ހަދާނި ބުހުތާން ދޮގު. އަދި އިތުރު ފިޅޯ. ބޯހަލާކު. މި ކޮމެންޓް ޖަހާލަދޭތި. ސަލާމް.
ތިޔަބޭފުޅުންނައް އޮޅިވަޑައިގަތީ ކަމައް ތިވާނީ އެޒާކިރުނަޔަކަ އައީ މިގައުމަކައް ނޫން މިނިކާރާއްޖެއައް ކަމައްވެދާނެ އެރާއްޖޭގެމީހަކު މަސްއޫރު ވާންވެގެން ޒާކިރުނައިކު ކައިރީގައި ބުނި ތިމަންނަ މީމުސްލިމެއްނޫނޭ އެވެސް މިނިކާއްރާއްޖޭގަ ހިނގިކަމަކައްވެދާނެ ލަވައިގަ އެކިޔަނީނު މިނިކާރާއްޖޭ ގަސްކަރަ ބަލާފައަންނަންދާން
މި ރަންނަމާރިއާއި ހެދި މުޅި ޤައުމު ފަނާވަނީ.
ކޮން އިތުރުފުޅެކޭ ކިޔާކަށް.އޭނަ އާާއި އެކަށީގެންވާ ގޮތަށް ބުނޭ.ހުސް ދޮގޭ ބުނޭ.މާ ރީތި ބަހުން މުޚާތަބު ކުރަން ޖެހޭ ވަރު އިންސާނެއް ނޫން އަންނި އަކީ.#ގައުމުގެ ހަލާކު
މީނާ ހާދަވަރަކަށޭ ބުދު ދީނުގެ މީހުންނާ ގުޅެންވެގެން މިއުޅެނީ ...... އަހަރެމެން މުސްލިމުން ނަށްވެސް އުޅުނަދިޔަދެއްޗޭ !
މި ނަޝީދު މީދެން ކާކުތަ؟ ބަޔަކަށް ކަލޭ ތީ މާ މަތީ މީހަކަސް ހަޤީޤަތުގައި ކަލެޔަކީ ހަމަ "ގޮރެއް" މީނަގެ މި ނުބައި ޢަމަލުތަކުގެ ޙައްޤު އަދަބު މި ދުނިޔެމަތިންވެސް މީނައަށް ދެއްވާށި
އާމީން!
ކެނެރީގޭ ބާއްބަ ފިތުނަ ފާސާދަ އުފައްދާ މެސިން
އަބަދުވެސް މަޝްހޫރު ވާން އުޅޭމީހެއް.
އަންނި އަކީ ދިވެހި ރާއްޖޭގެ ހަލާކު..... މީނަ އުޅޭ ދިވެހި ރާއްޖެ ހަލާކުކުރަން.... އަމިއްލަ އެދުމަށް.... މި އަންނިގެ އާއިލާ މީހުން ސަރުކާރު ހިސޯރުކޮށްގެން.... މައުމޫނެކޭ އަންނި އެކޭ އެއްކަހަލަ .... އާއިލީ ވެރިކަމެއް އެމްޑީޕީން ކުރަނީ
ދޮގުވެރި އަންނި.... އާޢިލި ވެރިކަން ކުރާ އަންނި
މީނަ މީ ހާދަ ނުބައި ނުލަފާ ދައްޖާލެކޭ
އޭނާ އެދައްކަނީ މިސަރުކާރު އައި ފަހުން ޒާކިރު ނައިކް ރާއްޖެ އަންނަން އުޅުނު ވާހަކަ ހެން ހީވަނީ.