އދ. މާމިގިލީ ރައްޔިތުންގެ ފަރާތުން ވިލާ ކުންފުންޏާ ދެކޮޅަށް ޕެޓިޝަނެއް މަޖިލީހަށް ހުށައަޅައިފިއެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށައަޅާފައިވަނީ ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް މާމިގިލިން ވިލާ ކުންފުންޏަށް ބިމެއް ދިން މައްސަލައެކެވެ. އެ ޕެޓިޝަންގައި ވަނީ ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ އެއާޕޯޓްގައި ފިއުލް ރައްކާކުރާ ތާންގީތަކެއް ބެހެއްޓުމަށްކަމަށް ބުނެ، އެ ރަށުގެ ބިމެއް ވިލާ އެއާޕޯޓްގެ ބައެއް ކަމުގައި ކަނޑައަޅައިފައިވާކަމަށެވެ. އަދި އެކަމަކީ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި ރަށުގެ ބިން ބިޑަކާއި ނުލާ ވަކި ފަރާތަކަށް މަންފާވާގޮތަށް ދޫކުރަމުން ގެންދާކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
މީގެއިތުރުން ޕެޓިޝަންގައި ވަނީ މާމިގިލީގެ ބިން ބިޑަކާއި ނުލައި ވިލާ ކުންފުންޏަށް ހަވާލުކުރަމުން އަންނަނީ މާމިގިލި ކައުންސިލްގެ މެމްބަރުން އިސްކޮށް ތިބެގެން ކަމަށާއި އެކަން ރަށުގެ ރައްޔިތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. ޕެޓިޝަން މަޖިލީހަށް ހުށައަޅާފައިވަނީ މަޖިލިސް މެދުވެރިކޮށް އެކަންކަން ހައްލުކޮށްދިނުމަށާއި މާމިގިލީ ރައްޔިތިންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް ކަމަށް ޕެޓިޝަނުގައި ވެއެވެ.
ވިލާ ކުންފުންޏަކީ މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މާމިގިލީ ގިނަ މީހުން ބޭނުމެ އް ނުވާނެ ތިބިން ގާސިމަށް ދޭކަށް
ގާސިމް އެއަރޕޯޓް ހިފައިގެން ހއ އަށް ވަޑައިގަންނަވާ.
ޢަހަރުމެން ވަޒީފާވެސް ބޭނުން.
ހެހެ ތީމަދުބަޔަކު މޑޕ ފަނާކުރަނިވި ފިކުރު!
މާމިނގިލީ ރައްޔިތުން ޝުކުރުވެރިވެބަލަ
ޣިނަ މީހުން ބޭނުންވާ ގޮތް އިނގޭނީ ވޯޓް އެއް ނަގައިގެން
އިޒުރޭރުން ފަލަސްތީނުގެ ބިންތައް ހިފާހެން މި ބުރުމާ މިދަނީ މާމިގިލީ ބިންތައް ހިފަމުން.. މިބުރުމާގެ ކައުންސިލަރުން ލައިގެން. މުޅި މާމިގިލީގެ ބޮޑެތި ބިންތައް ގަވައިދާ ހިލާފައް މީނާ ނަގަމުން އެދަނީ. ހަމަ މީ މާމިގިލިއަށް ޖެހިފަ ހުރި ބަލާއެއް. ސަރުކާރުން މިމައްސަލަ ބަލާފަ މީނާޔާ މީނާގެ ކައުންސިލަރުންނައް ބޮޑެތި އަދަބުތައްދީ ބަލަ. މީހާރުވެސް މީނާގެ އެޔާޕޯޓްގެ ޓަވަރާ ޓާމިނަލް އެހުރީ މާމިގިލީ ބިމުގަ. އެއީ މިކަލޭގެ ހިއްކި ބިމެއްވެސް ނޫން. މިހާރުވެސް އެޔާޕޯޓައް ބިން އިތުރު ކުރާންވެގެން ކަޑަ ޖަހާފަ އެހެރީ.....
މާމިގިލި އެ އްވެސް މީހަކު ތިބިން ގާސިމްބެ އަށް ދޭކަށް ބޭނުމެ އް ނުވޭ. ޙުދު އެއ އްވެސް މީހަކު މާމިގިލި ޖޭޕީ އާ, ގާސިމްބެގެ ޢާ އިލާމީހުންވެސް ދެކޮޅު. 40 ފޫޓަށްވުރެ ފުޅާ 2 މަގާ އި އަދި އެ އްމަގު އޮންނަ ވަށަ އި މަގު ބޮޑު ތަނުން ހަނިކޮށް ރަށުގެ ބިމުން ބޮޑުބަ އެ އް އެ އަރޕޯޓަށް އިތުރުކޮށް މިހާރު އެ އްމެ މަގެ އްގެ ފުޅާމިން. ޣާސިމަށް ތާ އީދުކުރަން އަދިވެސް ކުރާނަން އެކަމަކު މިކަހަލަ ކަންކަން ބަލަޖެހޭ
މާމިގިލި ރަ އްޔިތުން ތިބިން އިތުރުކުރުމާ ދެކޮޅު. އެހެން ނަގާފަހުރި ހުރިހާ ބިމެ އް ނަގާ. ކުރީގެ ހެލިޕޯޓްް ބިމާ އި, އަދިވެސް ހެލިޕޯޓް ކުރިމަތިން ބޮޑުމަގުގެ ކޮޅުން އެ އްްތް ބިމާ އި, މިޔަރުފެންގަނޑުހިމެނޭ ވޯކްޝޮޕް ހިސާބުވެސް ނަގަންވީ
އެމް ޑީ ޕީ ގެބޮޑުން ތިބީ ގާސިމަ އް ވިކިފަ ތީސަރުކާރާ އެމް ޑީ ޕީ ގެ ބޮޑުން ނަ އް ލާރި ލިބޭ ގޮތަ އް ކުރި ކަމެ އް
ތިޔައީ ހަމައެކަނި ވަކި އާއިލާއެއްގެ ވަކިމީހަކުގެ ޒާތީ ހަސަދައެއް ކެނޑިނޭޅި ގާސިމް އަށް އުކަމުންދާ އޮއްގާ ތަކެއް ، އެވެސް ގާސިމް ކައިރިން ކަމަކައް އެދިގެން އެކަން ނުވުމުން މީގެ އެތައް އަހަރެއް ކުރިން ކުރަމުންދާ މަސައްކަތެއް. އެގޮތުން ކުރި ނޭރިގެން ދެން މާމިގިލިގައި ހުރި ދެވަނަ މުއްސަދި މީހާގެ ލާރިގެ ބޭނުމުގައި އޭނާގެ ދަރިޔާ އިނދެގެން ކުރިއެރުން ހޯދާ، މި ވެރިކަން އައިފަހުން އެމްޑީޕީ ގައި އާދޭސްކޮއް ގްރޭޓާ މާލޭ އިސް މަގާމަކައް އައިސް އެތާގަ ވެސް މިހުންނާ ޒާތީކޮއް ޖައްސާލާ ރިސްފަތުން ލާތި ހޯދާ އެންމެފަހުން އިތުބާރުކެޑިފައިވާ .ބޮލު ރޮދި ކިބޫ.
މާމިގިލީގަ ތިބެނީ ހުސް މޮޔައިން، މީހަކު އެމީހަކައް ފައިދާއައް ކުރިކަމެއް ވިޔަސް އޭގެން ގިނަ ފައިދާ ވަނީ މާމިގިލީ ކިތައް ރައްޔިތުންނައްބާ؟
މާމިގިލީ ކޮން ރައްޔިތަކައް ކާކުބާ އެހިވެދިނީ ގާސިމް ފިޔަވާ، އެކަން ވިސްނޭ ބައެއް އުޅޭބާ
މާމިގިލި މި ނަން ދިވެހި ރާއްޖެޔައް މަސްހޫރުވީ ހަމަގައިމުވެސް ގާސިމްގެ މިންނެތް މަސައްކަތުން. އެވަރު ދަންނާނެ ތިކިޔާ ހުރިހާ ރައްޔިތުންނަށް.
ގާސިމް ނެންނަމަ ތި މާމިގިލީގެ މީހުން ތިބޭނީ ސަލާން ޖަހަން މިއަދު އެކަން ހަދާން ނެތުނީދޯ ހަރާކޯރު ވިޔަސް ބޮޑު ވަރެއް.
"ޕެޓިޝަންގައި ވަނީ ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ އެއާޕޯޓްގައި ފިއުލް ރައްކާކުރާ ތާންގީތަކެއް ބެހެއްޓުމަށްކަމަށް ބުނެ، އެ ރަށުގެ ބިމެއް ވިލާ އެއާޕޯޓްގެ ބައެއް ކަމުގައި ކަނޑައަޅައިފައިވާކަމަށެވެ. އަދި އެކަމަކީ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި ރަށުގެ ބިން ބިޑަކާއި ނުލާ ވަކި ފަރާތަކަށް މަންފާވާގޮތަށް ދޫކުރަމުން ގެންދާކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ."
ދެން ބިޑުކޮށްގެން އިބޫސޯލިހަށް ބިންލިބުނީމަ ގާސިމަށް އޭގެން އޮތީ ކޮން ފައިދާއެކޯ؟ މިސާލަކަށް ތިޔަ ޕެޓިޝަނުގަ ސޮއިކުރިމީހުން ގެ ތެރޭން މީހަކު ދަނޑުހައްދަން ބޭނުންވެގެން ބިޑަކަށްގޮސް އެބިން އޭނަގެ މަސައްކަތަށް ނުލިބި އެހެން މީހަކަށް ވިންވީމަ އޭނަޔަށް އޮތީ އޭގެ ކޮންބޭނުމެއް؟
މާމިގިލީ ރައްޔިތުންގެ ފަރާތުން ގާސިމާ ދެކޮޅު ޕެޓިޝަނެއް މަޖިލީހަށް!
14 ގަޑިއިރު ކުރިން ( ޑިސެމްބަރު 13, 2019 )
ރައްޔިތުންގެ ނިންމުން 2018
ފިރިމީހާގެ ކުންފުންޏައް ބިިންދޫކުރުން އަނބިމީހާއަށް .
މަޖުލީހަކީ މިހާރު ސުޕުރީމް ކޯޓްތަ އަޅެފަހެ؟