ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންނުވާ ފަރާތްތަކަށް އެ ފުރުޞަތު ލިބޭނީ، މަދުވެގެން 100 މެމްބަރުން އެ ޕާޓީއަށް ވެއްދުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު، ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި އެ ޕާޓީން ވާދަކުރުމާއި ގުޅޭގޮތުން ކޮށްފައިޗާ ޓުވީޓެއްގައި ބުނެފައިވަނީ، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް ކައުންސިލުން ވަނީ ނިންމާފައި ކަމަށާއި، ޓިކެޓު ދިނުމުގައި ބެލޭނީ، މަދުވެގެން 100 އާ މެމްބަރުންގެ ފޯމު ހުށަހެޅުމާއި އެކު ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

ޑީއާރުޕީން އަންނަ ކައުންސިލް އިންތިޚާބަށް ތައްޔާރު ވަމުން އަންނަ އިރު، ސަރުކާރު ހިންގާ އެމްޑީޕީންނާއި، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އިންވެސް ވަނީ ކައުންސިލް އިންތިޙާބުގައި އެ ޕާޓީތަކުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

އެގޮތުން ޕީޕީއެމް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށެވެ. އެހެން ކަމުން އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައ ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕާޓީގެ މައި އޮފީސް ހ.ހުރަފައަށް ނުވެތަ [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށް މިއަދު ނެރުނު އިއުލާންގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ ޕީޕީއެމް ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00 ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޯރަ ބޭ

    ހެހެހެ ބޯހަލާކް

  2. ޢަލީކޮއި

    މޮޔަ އަކާ ޕާޓީ ހަވާލުކުރީމަ ވާނެގޮތްތީ.

  3. ކެކެކެ

    މޮޔަވެގެން އުޅެނީ ކާކު؟