ތ.ބުރުންޏަށް މިއަދު ހަވީރު ގާތްގަނޑަކަށް 15:30 އެހާއިރު، ވަރަށް ބޮޑަށް ހޮނު އެޅުމުގެ ސަބަބުން، އެރަށު 25 ގެއެއްގެ ޓީވީ ހަލާކުވެ، އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އުޘްމާން ޢަރީފް ވިދާޅުވީ، ވަރަށް ބާރު ގުގުރިއެއް ޖެހުމަށްފަހު، ޖުމްލަ 4 ސަރަހައްދަކަށް ވަރަށް ބޮޑަށް ހޮނު އަޅާފައިވާ ކަމަށާއި، ގިނަ ގޭގޭގައި ބޭނުން ކުރާ އިލެކްޓްރިކް ސާމާނުތައް ހަވާލުވެފައިވާ ކަމަށެވެ.

"މިއަދު ހަވީރު ޖެހި ވަރަށް ބާރު ގުގުރި އަކާއި އެކު ރަށުގެ 4 ސަރަހައްދަކަށް ހޮނު އެޅީ. ހޮނު އެޅުމާއި އެކު އަޅުގަނޑުމެން ގޭގެއަށް ގޮސް ބެލިން ކިހާވަރެއްގެ ގެއްލުމެއް ލިބިފައި ހުރިތޯ. ބެލި އިރު، ގާތްގަނޑަކަށް 25 ޓީވީ ވަނީ ހަލާކުވެފަ. 12 ނޫނީ 15 ޑީކޯޑަރު ވަނީ ހަލާކުވެފަ. މިހެން ގޮސް ވަރަށް ގިނަ އިލެކްޓްރޯނިކް ސާމާނު ވަނީ ހަލާކުވެފަ. އޭގެ ތެރޭގަ ލެޕްޓޮޕް، އަވަން، ފަންކާ ފަދަ ތަކެތި ހިމެނޭ." ޢަރީފް ވިދާޅުވިއެވެ.

ޢަރީފް އިތުރަށް ވިދާޅުވީ، އެއް ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށާއި، އެ ގޭގައި ބޭނުން ކުރަމުންއައި ދެ މީޓަރުވެސް ހަވާލުވެފައިވާ ކަމަށެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރުވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ އިން ހުދު ސަމާލު ނެރެފައިވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑި އިރު މުޅި ރާއްޖެއް މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރައާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓު އޮފީހުން ބުނެއެވެ. އަދި ވައި ޖެހޭނީ އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއިއެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނޭ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އުތުރާއި މެދުތެރޭގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަންސާރު

    ކުން ފަޔަކޫން..ސުބްހާނަ ﷲ.. އަހަރެމެން ވަކީލު ކުރަނީ ﷲ އަށް....

  2. ބަދަލުދޭންވީނުން ދެން!

    ބަދަލުދޭންވީނުން ދެން!

    6
    2
  3. ތެދު

    ﷲގެކޯފާ..ދެންކިޔާ 2 މޫސުންބެދެނީޔޭ..!!
    މިވޫ 30 އަހަރުގެތެރޭގަ މިހާ މޫސުން ގޯސްވެ ދިގުލީކަމެއް ހަނދާނެއްނުވޭ..

  4. ާައަސްލަމް

    ނުލިބޭނެ ދޭކަށް